ޚަބަރު
މަހްމޫދުގެ ގާތިލްގެ މައްޗަށް ދެދައުވާއެއް އުފުލައިފި

އޮކްޓޯބަރ 14 ވަނަ ދުވަހު އދ. ދަނގެތީގައި ތޫނު އެއްޗެއް ބޭނުންކޮށްގެން އެރަށު މަހްމޫދު އަބޫބަކުރު މަރާލުމަށްފަހު ފެންވަޅަށް ވައްޓާލާފައި އޮއްވާ ފެނުނު މައްސަލައިގައި ހައްޔަރުކޮށްފައިވާ ބަންގްލަދޭޝްގެ ރައްޔިތެެއް ކަމަށްވާ ޝާ އަލޮމް މިއާ (ސާލިމް) ގެ މައްޗަށް ދެދައުވާއެއް ދައުލަތުން އުފުލައިފިއެވެ.

ޕީޖީ އޮފީހުން ވިދާޅުވީ، ބަންގްލަދޭޝް މީހާގެ މައްޗަށް އުފުލާފައިވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނާއި ހަވާލާދީ ގަސްދުގައި މީހަކު މެރުމުގެ ދައުވާއާއި ގާނޫނުލް އުގޫބާތާއި ހަވާލާދީ މައްޔިތާގެ ހަށިގަނޑު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ ކަމަށެވެ.

މަހްމޫދު މަރާލާފައި ވަނީ ސާލިމް ދިރިއުޅެމުން ދިޔަ ގެއަށް މަހްމޫދު ގެންދިއުމަށް ފަހުއެވެ. ސާލިމް، މަހްމޫދު މަރާލީ ފައިސާގެ ބޭނުމުގައި ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ސާލިމް ވަނީ މަހްމޫދު މަރާލި ކަމަށް ފުލުހުންގެ ތަހްގީގާއި އަދި މުއްދަތު މަޖިލީހުގައި ވެސް އިއުތިރާފް ވެފައެވެ.

ފުލުހުން ވިދާޅުވީ، ގިނަ ތޫނު ހަތިޔާރުތަކެއް ބޭނުން ކޮށްގެން ސާލިމްވަނީ، މަހްމޫދުގެ ހަށިގަނޑުގެ ތިރީހަށްވުރެ ގިނަ ތަންތަނަށް ހަމަލާދީފައި ކަމަށެވެ.

Comment