ޚަބަރު
ދިވެހިރާއްޖެއާއި ސިންގަޕޫރާއި ދެމެދު ވެކްސިނޭޓެޑް ޓްރެވަލް ލޭނެއް ގާއިމްކޮށްފި

ދިވެހިރާއްޖެއާއި ސިންގަޕޫރާއި ދެމެދު ވެކްސިނޭޓެޑް ޓްރެވެލް ލޭނެއް ގާއިމުކުރުމަށް މަޝްވަރާކޮށް ދެގައުމުގެ ދެމެދުގައި އެއްބަސްވެއްޖެއެވެ.

ހެލްތު މިނިސްޓްރީން ވިދާޅުވީ، އެމިނިސްޓްރީއާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އަދި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން އިސްވެ ސިންގަޕޫރުގެ މިނިސްޓްރީ އޮފް ޓްރާންސްޕޯޓާއި ސިވިލް އޭވިއޭޝަން އޮތޯރިޓީއާ ކުރެވުނު މަޝްވަރާތަކަށްފަހު، ދިވެހިރާއްޖެއާއި ސިންގަޕޫރާއި ދެމެދު ވެކްސިނޭޓެޑް ޓްރެވެލް ލޭން (ވީ.ޓީ.އެލް) އެއް ގާއިމު ކުރުމަށް ދެގައުމުގެ ދެމެދުގައި އެއްބަސްވެވިފައިވާ ކަމަށެވެ.

މިއެއްބަސްވުމުގެ ދަށުން 09 ޑިސެމްބަރ 2021 އިން ފެށިގެން ދިވެހިރާއްޖެ މަގުން ސިންގަޕޫރަށް ދަތުރުކުރުމަށް ބޭނުންވާ ފަރާތްތަކަށް ފޯމު ހުށަހެޅުމަށް ހުޅުވާލާފައިވާ ކަމަށާއި، މި ވީޓީއެލްގެ ދަށުން 16 ޑިސެމްބަރ 2021 އިން ފެށިގެން ދަތުރުތައް ފަށާނެ ކަމަށްވެސް ހެލްތު މިނިސްޓްރީއިން ވިދާޅުވިއެވެ.

ދިވެހިރާއްޖެއާއި ސިންގަޕޫރާއި ދެމެދު ގާއިމުކުރެވުނު ވީޓީއެލް އިން ކަރަންޓީނުވުމަކާއި ނުލައި ދިވެހިންނަށް ސިންގަޕޫރަށް ވައިގެން މަގުން ދަތުރުކުރުމަށް މަގުފަހިވެގެންދާނެއެވެ. އެގޮތުން މިނިސްޓްރީ އޮފް ހެލްތުގެ ކޮވިޑްސޭފް ޕޯޓަލް މެދުވެރިކޮށް ލިބޭ ރަސްމީ ކޮވިޑް-19 ޑިޖިޓަލް ވެކްސިން ސެޓްފިކެޓެއް އޮންނަ ކޮންމެ ދިވެއްސަކަށްވެސް، ޝަރުތު ފުރިހަމަވާ ކަމުގައިވާނަމަ، ކަނޑައެޅިފައިވާ ވީޓީއެލް ފްލައިޓްތަކލުން ނެގަޓިވް ޕީސީއާރ ކޮވިޑް-19 ޓެސްޓުގެ ނަތީޖާއާއެކު ދަތުރުކުރެވޭނެ އެވެ. އަދި ވެކްސިން ނުޖަހާ 12 އަހަރުގެ ނުވަތަ 12 އަހަރު ނުފުރޭ ކުޑަކުދިންނަށް ވީޓީއެލް އިން ދަތުރު ކުރެވޭނީ އެކުދިންނަށް ކަނޑައެޅޭ ޝަރުތުތަކަށް އެއްބަސްވުމާ އެކު ވެކްސިންގެ ޑޯޒުތައް ފުރިހަމަކޮށްފައިވާ ބޮޑު މީހަކާއެކުގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!