ފެންޑާ
އަންހެނަކު ކުޑަކުއްޖަކު އުރައިގެން ނެގި ފޮޓޯއަކުން އާދަޔާޚިލާފު ބިރުވެރި ހިޔަންޏެއް

އަންހެނަކު ކުޑަކުއްޖަކު އުރައިގެން ނެގި މަންޒަރުން ބިރުވެރި ހިޔަންޏެއް ފެންނަ ފޮޓޯއެއް ސޯޝަލްމީޑިޔާގައި އެތަށް ބައެއްގެ ސަމާލުކަމަށް ވަނީ އައިސްފައެވެ.

އަރްލެއިން ކިޔާ އަންހެނަކު، އަލަށް އުފަންވީ، އޭނާއަށް ބޮޑުދައިތަ ކިޔާ ތުއްތު ކުއްޖެއް އުރައިގެން ނަގާފައިވާ ފޮޓޯއަކުން ބިރުވެރި ހިޔަންޏެއް އަރާފައި ހުރިކަން ފާހަގަކުރެވި، ހައިރާންވެ އެފޮޓޯތައް ވަނީ ސޯޝަލް މީޑިޔާގައި ޕޯސްޓް ކޮށްފައެވެ. ސޯޝަލް މީޑިޔާގައި މިފޮޓޯތައް ހިއްސާކުރުމާއެކު ސޯޝަލް މީޑިޔާ ބޭނުންކުރާ ގިނަ އަދަދެއްގެ މީހުންގެ ސަމާލުކަން މިފޮޓޯތަކަށް ވަނީ ހުއްޓިފައެވެ.

އަރްލެއިން ބުނެފައިވާ ގޮތުގައި، މިއީ އޭނާގެ ބޭބެގެއަށް ދިޔަ ފުރަތަމަ ފަހަރަށް ވުމުގެ އިތުރުން، ބޭބެގެ ދަރިފުޅު އުފަން ވުމާއިއެކު، ބޭބެގެ ދަރިފުޅު އުރައިގެން ނެގި ފުރަތަމަ ފޮޓޯއެވެ. އަދި ފޮޓޯ ނެގީ ބޭބެ ކައިރީ ބުނެގެން އަރްލެއިންގެ މޯބައިލް ފޯނުންނެވެ. އަރްލެއިން ބުނެފައިވާގޮތުގައި، މިފޮޓޯތަކަކީ އޭނާގެ އަމިއްލަ ފޯނުން އެއްވެސް ފިލްޓަރއެއް ބޭނުންކުރުމެއް ނެތި ނަގާފައިވާ ފޮޓޯތަކެވެ. މިފޮޓޯތަކުން ކުރިން އެއްވެސް އާދަޔާ ޚިލާފުކަމެއް ފާހަގަކުރެވިފައި ނުވީ ނަމަވެސް ފަހުން ރަނގަޅަށް ބަލާލުމުން، އޭނޭގެ ފަހަތުން އާދަޔާ ޚިލާފު ބިރުވެރި ކަޅު ހިޔަންޏެއް ހުރިހާ ފޮޓޯތަކުން ފާހަގަ ކުރެވުނެވެ. ފޮޓޯ އަރްލެއިން ހުއްޓި ހުރީ ބޭބެގެ ދަރިފުޅު ދެއަތުން އުރާލައިގެން ނަމަވެސް، ފަހަތުން ފެންނަ ހިޔަނި ފެންނަނީ އަތް ތިރިކޮށްގެން ހުންނަ މަންޒަރެވެ.

ފޮޓޯ އަށް ހުއްޓިގެން އަރްލެއިން ހުރިގޮތާއި މުޅިންތަފާތުކޮށް ހިޔަނި ފެންނަނީ މުޅިން އެހެން މީހެއްގެ ގޮތުގައެވެ. ފެންނަ ފެނުމަށް ރޫހާނީ އެއްޗެއްގެ ސިފަ އެ ހިޔަނިން ފެނެއެވެ. އަރްލެއިން ވަގުތުން އެގެ ދޫކޮށް އަމިއްލަ ގެޔަށް ދިޔުމަށް ފަހު، އަޅުކަމުގައި މަޝްއޫލު ވިއެވެ. ލަފާކުރެވޭ ގޮތުގައި އެ ފޮޓޯއަށް އަރާފައި ހުރީ ކޮންމެވެސް ރޫހާނީ އެއްޗެއްގެ ހިޔަންޏެވެ.

މިދުނިޔެމަތީގައި އިންސާނުންގެ ލޮލަށް ނުފެންނަ ތަފާތު ޖިންނި ޝައިޠާނުންނާއި ތަފާތު މަޚުލޫޤުން ﷲތަޢާލާ މިބިންމަތީގައި ލައްވާފައި ވެއެވެ. ޖިންނި ޝައިޠާނުންނަކީ، ތަފާތު ސޫރަޔަށް ބަދަލުވުމުގެ ބާރު ލިބިގެންވާ ބަޔަކަށް ވުުމުން، އިންސާނުންގެ ސޫރަ ނުވަތަ އެނޫންވެސް ތާފާތު ސޫރައިގައި އިންސާނުންގެ ލޯކުރިމައްޗަށް ކަޝްފުވެ، ވަންހަނާވެ އުޅުތެވެ ނަމަވެސް މިފޮޓޯތަކުން ފެންނަނީ އެފަދަ ޖިންނި ޝައިޠާނެއްގެ ސޫރަކަމެއް ޔަޤީން ކުރެވޭނެ ގޮތެއް ނެތެވެ.

އަރްލެއިން އޭނާގެ ފޭސްބުކްގައި ހިއްސާކޮށްަފައިވާ މިފޮޓޯތަކަށް 11 ހާހަށްވުރެ ގިނަފަރާތް ލައިކް ދީފައިވާއިރު، މިފޮޓޯތަކަށް 15 ހާސް ޝެއަރ ލިބިފައި ވެއެވެ.

  1. Rannamaari

    Rangalhah foto nubalaa myhakah hyvaane fhuraytha ekeyves. Hahahhahahahahahah. Liuu meehaa maa gamaaru…