ޚަބަރު
މަޑަވެލީގައި ޢޭޓީއެމްގެ ޚިދުމަތް ގާއިމް ކުރުމަކީ، ޕްލޭނެއް ނޫން : ބީއެމްއެލް

ހުވަދު އަތޮޅު ދެކުނުބުރީ މަޑަވެލީގައި ބޭންކް އޮފް މޯލްޑިވްސް ގެ އޭޓީއެމް އެއް ބަހައްޓައި، ޚިދުމަތް ދިނުމަކީ، އެ ބޭންކުގެ ޕްލޭނުގައި ހިމެނިފައިވާ ކަމެއް ނޫން ކަމަށް ދިވެހިންގެ ބޭންކު ކަމަށް ބުނާ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.

ބީއެމްއެލް އިން މިހެން ބުނެފައިވަނީ، ގދ.މަޑަވެލީގައި، އޭޓީއެމްގެ ޚިދުމަތް ލިބެން ނެތުމުން، އެރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ވަރަށް ބޮޑު ދަތިތަކާއި ކުރިމަތިލާން ޖެހޭތީ، މަޑަވެލި ކައުންސިލުން އެކަމަށް ހައްލެއް ހޯއްދެވުމަށް ބީއެމްއެލް އަށް ފޮނުވި ސިޓީ ގެ ޖަވާބުގައެވެ.

އެގޮތުން ބީއެމްއެލް އިން ފޮނުވި ސިޓީގައި ބުނެފައިވަނީ، ގދ.މަޑަވެލިގައި މިވަގުތު ބީއެމްއެލް އެޖެންޓްގެ ޚިދުމަތް ފޯރުކޮށްދެމުން ދާކަމަށާއި، އެ ބޭންކުގެ އަމާޒަކީ ޑިޖިޓަލް ކުރުން ކަމަށް ވުމުން، ޑިޖިޓަލް ޚިދުމަތްތަކަށް ރައްޔިތުން އަހުލުވެރި ކުރެވިއްޖެނަމަ ނަގުދު ފައިސާ ބޭނުން ކުރުން މަދުވެ ބްރާންޗް ތަކާއި، އެޓީއެމް ތަކަށް ދާންޖެހޭ ދިޔުން މަދުވާނެ ކަމަށެވެ.

މީގެ އިތުރުން އެ ސިޓީގައި އިތުރަށް ބުނެފައިވަނީ، މަޑަވެލީގައި އޭޓީއެމްގެ ޚިދުމަތް ގާއިމު ކުރުމުގެ ވިސްނުމެއް ނެތަސް، ޒަރޫރީ ޚިދުމަތްތައް ގާއިމުކޮށް ފުޅާކުރުމުގައި، އަބަދުވެސް މަޑަވެލި ކައުންސިލާއި އެކު ބީއެމްއެލް އިން މަސައްކަތް ކުރާނެ ކަމަށެވެ.

ގދ.މަޑަވެއްޔާއި އެންމެ ގާތުން އޭޓީއެމްގެ ޚިދުމަތް ލިބެން ހުންނަނީ، ގދ ގެ ވެރިކަން ކުރާ ރަށް ތިނަދޫ ގައެވެ. އެގޮތުން ބޭންކުގެ ޚިދުމަތް ހޯދުމަށް މަޑަވެލިން ތިނަދޫ އަށް ދަތުރު ކުރާ މީހުންވެސް ވަރަށް ގިނަ ފާހަގަ ކޮށްލަން ޖެހެއެވެ.

Comment

  1. ިޖހތ

    ކޮމެންޓް ބަދަލުކޮށްލާފަ އަރުވާކަން ވަރަށް ބޮޑަށް ފާހަގަ ކުރެވޭ

    • ކިޔުންތެރިން ފޮނުވާ ޚިޔާލު ޝާޢިއު ކުރުމުގައި “ހުވަދު ނިއުސް” އިން ބަލާ މިންގަނޑު ތަކަށް ފެތޭނަމަ އުނިއިތުރެއް ނުގެނެސް ޝާޢިއު ކުރާނެ ވާހަކަ ޔަގީން ކަމާއި އެކު ދަންނަވަން. އަދި، މިންގަނޑު ތަކަށް ނުފެތޭ އިބާރާތް/ބަސްތައް ބޭނުންކޮށްފައިވާނަމަ، އެ އިބާރާތް/ބަސް އުނިކޮށްފަ ޝާޢިއު ކުރުމަކީ ރާއްޖޭގައި ހިންގާ އެހެނިހެން ނޫސް މަޖައްލާތައް ފަދައިން “ހުވަދޫ ނިއުސް” އިންވެސް ކަނޑައަޅާފައި އޮންނަ އުސޫލާއި އެއްގޮތަށް ކުރަމުންދާ ކަމެއް. ޝުކުރިއްޔާ
      -ހުވަދޫ ނިއުސް ޓީމް-

  2. ވަތަނީ

    ޑިޖިޓަލް ކުރާނަމަ އެންމެ ފުރަތަމަ ތިނަދޫ އަދި އެހެން ރައްތަކުގައި ހުރި އޭޓީ އެމްތައް ބަންދުކޮށްފައި އެނަމޫނާ ދައްކަންވީ. ތިނަދޫ ބޭންކުގެ ނުފޫޒުން މިންޖުވާކަށް ނެތް. މަޑަވެލި ހޯޑެއްދޫ އެއްފަސް ކުރުމަށް އެންމެ ބޮޑަށް ފަނި ހަދަނީ ތިނަދޫ އިން. ހުވަދޫ ނިއުސް އަކީ ތިނަދޫ ނޫހެއްބާ ؟ މިކޮމެންޓް ޖަހަާނެކަމާމެދު ވެސް ޝައްކު. މަޑަވެލީގައި ގްރޭޑް 8 އުފެދުނަ ނުދޭން ތިނަދޫ މީހުން ކުރިމަސައްކަތް ވެސް ހަނދާން ނުނެތޭ. މަޑަވެލި ހޯޑެއްދޫ މީހުން ކުރިއެރުމަށް ހުރި ހުރަހަކީ ތިނަދޫގެ ނުފޫޒް. ނަމަވެސް އެކަން ބަދްލުކުރެވޭނީ މަޑަވެލި ހޯޑެއްދޫ އެކައްޗެއް ކިޔާގެން . އެކުވެރިވެގެން.

    • 🤣🤣🤣🤣

    • ވަގު ބޭންކް

      ވ ރަގަޅު ވާހަކައެއްތީ! ވ ތާއީދު! ހަމަތެދު ހަޤީގަތް ތީ!

    • ރަޓު ދިޔެ

      ތެނަދޫ ބައިކޭ އެހެން ބައިކެންނަޓެ ހެވަކައް ނުވެދެންނެއި ……ބޮޑިއާ ބޮޑެކެރަންނަ ވޮންނާ ބައިކެންނެތީ

      • ފަގުޑި

        ތިކަން ހޯޑެއްދޫ މީހެންނަލް ނުވިސްނެއި. އެހެލާނެ ވިސްނަންނޫ ދަޑެމައްތާ ހިސާބަލް. ކޯޒްވޭގެ ސަބަބުން އަސް ފާއިދާ ވެންނޫ ހޯޑެއްދޫ ފިހާރަތަކަލް އަދި ހޮޓާތަކަލް.