ޚަބަރު
ދަރިވަރުންނާއި ބެލެނެވެރިން ދޮށީގެ މަސްވެރިކަން ތަޖުރިބާކޮށްލަން މަހަށް

ތ. ޤުރައިދޫ ސްކޫލްގެ ދަރިވަރުންނާއި ބެލެނެވެރިން ދޮށީގެ މަސްވެރިކަން ތަޖުރިބާ ކުރުމަށްޓަކައި މަސްވެރިންނާއެކު މަސްބޭނުމުގައި އަމަލީ ގޮތުން ބައިވެރިވެއްޖެއެވެ.

މިދިޔަ އަންގާރަ ދުވަހު ތ. އަތޮޅު ސްކޫލްގެ ގްރޭޑް 9،10،11،12 ގެ ދަރިވަރުންނާއި އެކުދިންގެ ބެލެނެވެރިން މަހަށް ދިޔުމަށްފަހު އެނބުރި ރަށަށް އައީ އިއްޔެގެ ވަގުތެއްގައެވެ.

މިދަތުރާއި ބެހޭގޮތުން ތ.އަތޮޅު ސްކޫލްގެ ޕްރިންސިޕަލް ހުސައިން ޝާކިރު ވިދާޅުވީ މަސްވެރިކަމަކީ ޒަމާނުއްސުރެ ދިވެހިންގެ ލޭނާރުކަމަށް ވާތީ މިފަދަ މަސައްކަތެއްގެ ތަޖުރިބާ އެކުދިންނަށް ލިބިފައި ހުންނަން ޖެހޭނެ ކަމަށް ޤާބޫލުކުރާ ކަމަށާއި ސްކޫލް ނިންމުމަށްފަހު އެދާއިރާގައި ކުރިޔަށް ދާން ބޭނުންވާ ކުދިންނަށް މިއީ ވަރަށް ފައިދާކުރުވަނީ ދަތުރަކަށް ވެގެން ދިޔަ ކަމަށެވެ.

ޝާކިރު އިތުރަށް ވިދާޅުވީ މުސްތަޤުބަލުގައި މަސްވެރިކަމުގެ ދާއިރާއަށް ނުކުންނަން ބޭނުންވާ ކުދިން އެކަމުގެ ތަޖުރިބާ ނުލިބި، މަސްވެރިކަމާ ގުޅުންހުރި ކަންތައްތަކުގެ އިތުރުން ދޯނިފަހަރުތަކުގައި ބޭނުންކުރާ ވަސީލަތްތަކުގެ މައުލޫމާތު ނުލިބި އެދާއިރާއަށް ނުނެރެވޭނެ ކަމަށެވެ.

އަދި މިއީ މިއަހަރު މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ރޭވުނު ހަރަކާތެއް ކަމަށާއި ކޮންމެ އަހަރަކުވެސް މަސްވެރިންގެ ދުވަހާ ގުޅިގެން މިފަދަ ދަތުރެއް ބޭއްވުމަށް ވިސްނާ ކަމަށް ޝާކިރު ވިދާޅުވިއެވެ.

މި މަސް ދަތުރުގައި ދަރިވަރުން ގޮވައިގެން މަހަށް ފުރާފައިވަނީ އެރަށު އާއިލާ، މަލާފަތް-4، އޯޝަން ލައިފް އަދި ޔުނިޓީ ދޯންޏެވެ. މި ދަތުރުގައި އެ ސްކޫލްގެ އަންހެން އަދި ފިރިހެން ދަރިވަރުން ހިމެނޭހެން 41 ދަރިވަރުންވަނީ ބައިވެރިވެފައެވެ.

Comment

  1. އަމްޖޭ

    މި އަހުތަރު ކިޔާ ގޮލާ ފޮނުވަބަ މަހަށް