ޚަބަރު
ބަދަރުގެ މައްސަލައިގައި ވިލިނގިލީ ކައުންސިލް މެންބަރުން ނުކުމެ އިހުތިޖާޖްކޮށްފި
ގއ.ވިލިނގިލީ ބަނދަރުގެ މަސައްކަތް ނުނިމި އޮންނަތާ 5 އަހަރަށްވުރެ ގިނަދުވަސްވެފައިވާތީ ވިލިނގިލީ ކައުންސިލް މެންބަރުން ނުކުމެ ހިމޭން އިހުތިޖާޖެއްކޮށްފިއެވެ.
ވިލިނގިލީ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތަކީ އެމްޓީސީސީން ފޭސްތަކަށް ބަހާލައިގެން ވިލިނގިލީގައި ތަރައްޤީކުރާ ބަނދަރެއް ކަމަށާއި އެބަނދަރު ނުނިމި އޮންނަތާ މިހާރު 5 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށް ވިލިނގިލީ ކައުންސިލްގެ ރައީސް ވިޝާލް މުހައްމަދު ހުވަދޫ ނިއުސްއަށް މައުލޫމާތު ދެއްވިއެވެ.
ވިޝާލް ވިދާޅުވާ ގޮތުގައި މިބަނދަރު މިވަނީ އަތޮޅުގެ ރައްޔިތުނަން ވޭނަކަށް ވެފައެވެ. އަދި މިޕްރޮޖެކްޓާއި ބެހޭ ގޮތުން ވަރަށް ގިނަ ކަންބޮޑުވުންތައް އެބަހުރިކަމަށާއި މިއީ ސަރުކާރު ޒިންމާދާރު ކުރުވުމުގެ ގޮތުން ކައުންސިލުން ކުރި އިހުތިޖާޖެއް ކަމަށް ވިޝާލް ވިދާޅުވިއެވެ.
މީގެ އިތުރުން ބަނދަރުގެ މަސައްކަތް ލަސްވުމާއި އަދި ބަދަނރު ތަރައްޤީކުރަން ސަރުކާރުން ނިންމާފައިވާ ގޮތްތަކަށް އިތުރު ބަދަލު ތަކެއް ގެނައުމަށް ރައްޔިތުންގެ މަޝްވަރާއާއި އެކު ސަރުކާރުގެ ކަމާއި ބެހޭ ވުޒާރާތަކަށް ކައުންސިލުން ދެންނެވުމުން ޖަވާބުގައި ވިދާޅުވެފައިވަނީ އެގޮތަށް ބަދަލު ގެނެވެން ނެތްކަމަށް ކައުންސިލުން ވަނީ ހާމަކޮށްފައެވެ. އެހެންކަމުން ކައުންސިލްގެ 4 ވަނަ ދައުރުގެ 30 ވަނަ އާއްމު ޖަލްސާއިން 7 މެމްބަރުންގެ އަޣުލަބިއްޔަތުން ނިންމާފައިވަނީ ކައުންސިލުން ހުށަހެޅި ބަދަލުތައް ވިލިނގިލީ ބަނދަރަށް ނުގެނެވޭ ކަމުގައިވާނަމަ އިތުރަށް ބަދަރުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް އެމްޓީސީސީއަށް ފުރުސަތު ނުދޭވޭނެކަމަށް ވިލިނގިލީ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.
މިބަދަލުތައް ނުގެނެވޭނެނަމަ ބަނދަރުގެ މަސައްކަތް ވަގުތުން ވަގުތަށް ހުއްޓާލުމަށް ގޮވާލާ ކައުންސިލްގެ 7 މެންބަރުން ނުކުމެ މިއަދު ހިމޭން އިހުތިޖާޖެއް ކޮށްފިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!