ޚަބަރު
އެކަނިމާ އެކަނި 4 ކޮއްކޮ އަދި ބަލި މަންމަ ބަލަހައްޓާ 8 އަހަރުގެ ކުޑަ ކުއްޖެއް

އުމުރުން އެންމެ 8 އަހަރުގައި، ހަގަށް ތިބި އެއްބަޑު އެއްބަފާ 4 ކޮއްކޮ އަދި ބަލި މަންމަ ބަލަހައްޓަމުން އަންނަ އިންޑޮނޭޝިޔާއަަަށް ނިސްބަތްވާ ކުޑަ އަންހެން ކުއްޖެއްކަމުގައި ޖެނީ ވެއެވެ. ޖެނީ އަކީ މި 4 ކުދިންގެ ދެވަނަ މަންމަ ކަމުގައި ބުނެވިދާނެއެވެ.

ޖެނީގެ މަންމަޔަށް ކުރިމަތިވެފައިވާ ބަލިމަޑުކަމެއްގެ ސަބަބުން މަންމަ އެއްވެސް ގޮތަކަށް ހަރަކާތެރިވެ އުޅުން އުދަނގޫވެ، ނުކުޅެދޭ މީހަކަށް  ވަނީ ބަދަލުވެފައެވެ. ގޭގެ ހުރިހާ މަސައްކަތެއްގެ އިތުރުން 4 ކުދިން ބެލެހެއްޓުމުގެ އިތުރުން، މަންމަޔަށްވެސް ކާންދީ ބަލަހައްޓަން ޖެހިފައިވަނީ ޖެނީ އަށެވެ.

މިއާއިލާ ދިރިއުޅޭ ގެއާއި ކައިރި ސަރަޙައްދެއްގައި ހުންނަ ފިހާރަޔަކުން ކާން ބޯން ބޭނުންކުރާ ކާތެކެތި ލޭންދޭނަށް ޖެނީ ހޯދާއިރު، އެފިހާރައިގައި މަސައްކަތް ކުރާ ފަރާތްތަކުން ބުނާގޮތުން، ޖެނީގެ ބައްޕަ، ގެކައިރިން އަދި ގޭގައި އުޅޭތަން އެމީހުންނަށް ފެނިފައިވަނީ ވަރަށް މަދުންނެވެ.

ފިހާރައިގައި މަސައްކަތްކުރާ މީހުން ބުނެފައިވާގޮތުން، ޖެނީގެ ބައްޕަޔަކީ މަސްވެރިކަން ކުރާ ފަރާތެއް ކަމަށާއި، އަދި އެ އާއިލާ ކައިބޮއި އުޅެނީ މަސްވިއްކައިގެން ހޯދާ އާމްދަނީއިންނެވެ. އާމްދަނީ ހޯދުމުގެ މަސައްކަތުގައި ބައްޕަ އުޅޭތީ، މަންމަ އަދި ކޮއްކޮމެން ބެލުމުގެ މަސައްކަތުގައި އުޅެންޖެހެނީ ޖެނީ އެކަނިއެވެ. އާމްދަނީގެ ގޮތުގައި މާގިނަ ލާރި ނުލިބުމާއި، އަދި ބައެއް ދުވަސްތަކުގައި އެއްވެސް މަހެއް ނުބޭނޭތީ، ކާންބޯން ބޭނުންކުރާ ތަކެތި ކައިރި ފިހާރަައަކުން ލޭންދޭނަށް ޖެނީ ހޯދައެވެ.

ޖެހެނީގެ ދިރިއުޅުމުގެ ހާލަތު ފެނުނު ފަރާތަކުން ފިހާރައިން ޖެނީ ލޭންދޭނަށް ނަގާފައިވާ ހުރިހާ ތަކެއްޗެއްގެ ފައިސާ ހަމަޔަށް ދެއްކުމަށްފަހު 5 ބަސްތާ ހަނޑުލާއި، އެހެނިހެން ކާބޯތަކެތި އަދި ކޮންމެވެސް މިންވަރެއްގެ ފައިސާ ޖެނީގެ އާއިލާއާއި ހަވާލުކުރެއެވެ. އަދި މިފަރާތުން ޖެނީގެ މަންމަޔާއި ބައްދަލުކޮށް ޖެނީ ކުރަމުން އަންނަ ހިތްވަރުގަދަ މަސައްކަތައް ތަޢުރިފް އަދާކުރިއެވެ.

ޖެނީގެ މަންމަގެ ލޯ ކަރުނުން ފުރިފައިވާ ހާލު އެހީތެރިވި ފަރާތަށް ޝުކުރު އަދާކޮށްފައިވެއެވެ. އަދި މިއެހީތެރިކަން ފޯރުކޮށްދިން ފަރާތް، ސޯޝަލް މީޑިޔާގއި، ޖެނީގެ ވާހަކަ ހިއްސާކޮށް، ގިނަ ބަޔެއްގެ އެހީތެރިކަމާއި، ދީލަތި އެހީތައް އެއާއިލާއަށް ހޯދައި ދީފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!