ޚަބަރު
އަރަބިއްޔާ ސްކޫލްގެ އިމާރާތަށް ލިބިފައިވާ ގެއްލުންތަކަށް އަވަސް ހައްލެއް ހޯދުމަށް މިދަނީ މަސައްކަތް ކުރަމުން – އެޑިއުކޭޝަން

އަރަބިއްޔާ ސްކޫލްގެ އިމާރާތަށް ލިބިފައިވާ ގެއްލުންތަކަށް އަވަސް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ވިދާޅުވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓްރީއިން ވިދާޅުވީ، އަލް މަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއަކާީ ސަރުކާރުން ހިންގާ 213 ސުކޫލުތެރޭގައި ހިމެނޭ ހާއްސަ ސިފަތަކެއް އެކުލެވިގެންވާ އަދި އެސުކޫލަކަށް ހާއްސަ ސަމާލުކަމެއް ދެވިގެން ހިންގާ ސްކޫލެއް ކަމަށާއި އެސްކޫލަކީ ދިވެހިރާއްޖޭގެ ތައުލީމު ފޯރުކޮށްދިނުމުގައި އިސްލާމީ ވަޙުދަތު ރަމްޒުކޮށްދޭ އެންމެ މުހިންމު މުއައްސަސާ ކަމަށެވެ.

އަދި އަރަބިއްޔާ ސްކޫލުގައި ފޯރުކޮށްދެވޭ ތައުލީމީ މަންހަޖާއި ދަރިވަރުން ހަދާ އިމްތިހާނުތަކަކީވެސް މިސްރުގެ އަލް އަޒުޙަރު ޔުނިވަރސިޓީ ގަބޫލުކުރާ އިމްތިހާނެއް ކަންވެސް ފާހަގަ ކުރާ ކަމަށާއި، އަރަބިއްޔާ ސްކޫލަކީ އަރަބި މީޑިއަމަށް ތައުލީމު ހޯދުމަށް ބޭނުންވާ ދަރިވަރުންނަށް ތައުލީމު ފޯރުކޮށްދިނުމަށް އަބަދުވެސް ސަރުކާރުން ޚާއްސަ ސަމާލުކަމެއް ދީގެން ހިންގާނެ ސްކޫލެއް ކަމަށްވެސް މިނިސްޓްރީއިން ވިދާޅުވިއެވެ.

އޭގެ އިތުރުން އަރަބިއްޔާ ސްކޫލުގެ އިމާރާތަށް މިވަގުތު ދިމާވެގެން އުޅޭ މައްސަލަ ބަލާ ޙައްލުކުރުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށާއި، ކޮންމެ ސްކޫލެއްގެ ދަރިވަރުންނާއި މުދައްރިސުންގެ ސަލާމަތާއި ރައްކާތެރިކަމަކީ ދެވޭ ތައުލީމާއި އެއްހަމައަކަށް މުހިންމު ކަމެއް ކަމަށްވެސް މިނިސްޓްރީއިން ވިދާޅުވިއެވެ.

“އަރަބިއްޔާ ސްކޫލުގެ އިމާރާތުގެ ހާލަތު މިވަގުތު ހުރިގޮތުން އެތަނުގައި ދަރިވަރުންނަށް ތައުލީމު ފޯރުކޮށްދިނުމަކީ އެންމެ ރައްކާތެރި ކަމެއް ނޫން. އިމާރާތަށް ލިބިފައިވާ ގެއްލުންތަކަށް އަވަސް ހައްލެއް ހޯދުމަށް މިނިސްޓްރީއން މިދަނީ މަސައްކަތް ކުރަމުން. މިފަދަ ހައްލެއް ހޯދެންދެންވެސް ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދިއުމަކީ އަޅުގަނޑުމެންގެ އެންމެންގެ މައްޗަށް ލާޒިމުކަމެއް.” – މިނިސްޓްރީއިން ވިދާޅުވިއެވެ.

މިނިސްޓްރީއިން އިތުރަށް ވިދާޅުވީ، 700 އަށްވުރެ ގިނަ ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދެވޭނީ ސްކޫލެއް ހިންގުމަށް އިމާރާތްކޮށްފައި ހުރި ތަނެއްގައި ކަމަށާއި، އަދި އެފަދަ އިމާރާތަކީ ކިޔަވައިދިނުމަށް ޚާއްސަކޮށް ފަރުމާކުރެވި އެކަމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރެވިފައިވާ ތަނަކަށް ވާންޖެހޭ ކަމަށެވެ.

އެފަދަ ކަންތައްތަކަށް ރިއާޔަތްކޮށް މިނިސްޓްރީއިން ކުރުމަށް ނިންމާފައިވާ ކަންތައްތައް:

  • އަރަބިއްޔާ ސްކޫލުގެ ދަރިވަރުންގެ ކިޔެވުން ވަގުތީގޮތުން އިއްޒުއްދީން ސުކޫލަށް ބަދަލުކުރުން
  • މިހާރު ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ސްކޫލްތަކުގެ ތެރެއިން، އެއް ސްކޫލް އަރަބިއްޔާއަށް ހާއްސަކުރުން
  • ސްޓްރަކްޗަރަކް އެސެސްމަންޓް ނިމުމުން، އެ އެސެސްމަންޓްގެ ރިކޮމެންޑޭޝަނާއި އެއްގޮތަށް، އެ އިމާރާތަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުން

އެގޮތުން އަރަބިއްޔާއަށް ހާއްސަ ކުރާ އިމާރާތަކީ އަބަދުވެސް އަރަބިއްޔާ ސްކޫލަށް ހާއްސަކުރެވިފައިވާ އިމާރާތެއް ކަމަށްވެސް މިނިސްޓްރީއިން ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!