ޚަބަރު
މާފުށީ ކައުންސިލްގެ ކުރީގެ ރައީސް އަށް، މިހާރުގެ ކައުންސިލްގެ ރައީސްގެ ކޮއްކޮ ހަމަލާދީފި

ކ. މާފުށީ ކުރީގެ ކައުންސިލްގެ ރައީސްއާ، މިހާރު އެރަށު ކައުންސިލް ރައީސްގެ ކޮއްކޮ މާރާމާރީ ހިންގައި އަނިޔާކޮށްފިއެވެ.

ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން މާފުށިން މަންޒަރު ދުށް މީހަކު ބުނިގޮތުގައި، މާފުށީ ކައުންސިލްގެ ކުރީގެ ރައީސް  އުސްމާން ރަޝީދު ގައިގަ ތަޅާ މާރާމާރީ ހިންގާފައިވަނީ އޭނާ ސައިކަލުގައި ދަނިކޮށް މޭގައި ޖަހާ ވައްޓާލައިގެން ކަމަށެވެ.

ފުލުހުން މިހާރު އެމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި، މާފުށީ ކައުންސިލްގެ ކުރިގެ ރައީސް އުސްމާން އަށް އަނިޔާކޮށްފައިވަނީ މިހާރު ކައުންސިލްގެ ރައީސްގެ ކޮއްކޮ ކަމަށްވާ ރިޒްހާން ނަމަކަށް ކިޔާ މީހެއް ކަމަށްވެސް ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން މާފުށިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އަދި މިމާރާމާރީގައި އުސްމާން އަށް އަނިޔާ ލިބިފައިވާއިރު އުސްމާން ގެ ސައިކަލަށްވެސް ބޮޑެތި ގެއްލުން ދީފައިވާ ކަމަށްވެސް އެމީހާ ބުންޏެވެ.

މިކަމާ ގުޅޭގޮތުން ފުލުހުންގެ ބަހެއް ލިބޭ ގޮތެއްވަނީ ނުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!