ޚަބަރު
އަރަބިއްޔާ ސްކޫލްގެ ދަރިވަރުން އިއްޒުއްދީން ސްކޫލަށް ބަދަލުކުރަން މިނިސްޓްރީއިން ނިންމި ނިންމެވުން ކުށްވެރިކުރަން – ޕީޓީއޭ

އަރަބިއްޔާ ސްކޫލްގެ ބެލެނިވެރިންގެ ނިންމުމާ ޚިލާފަށް އެސްކޫލުގެ ދަރިވަރުން އިއްޒުއްދީން ސުކޫލަށް ބަދަލުކުރުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ނިންމާފައިވާ ނިންމުން، އެސްކޫލްގެ ޕީޓީއޭއިން ކުށްވެރިކޮށްފިއެވެ.

މިކަން ކުށްވެރިކޮށް ޕީޓީއޭގެ ނައިބު ރައީސާ ސޮއިކޮށް ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، އަރަބިއްޔާ ސްކޫލްގެ ބެލެނިވެރިންނާއި މެނޭޖްމަންޓުގެ ފުރިހަމަ އިއްތިފާގުން އެއްބަސްވެ، ޢިއްޒުއްދީން ސުކޫލަށް އަރަބިއްޔާގެ ދަރިވަރުން ގެންގޮސްގެން ކިޔަވައިދިނުމަކީ ކުރެވޭނެ ވަރުގެ ކަމެއް ނޫން ކަމަށާއި، އެކަން އެހެން ކޮށްފި ނަމަ ދަރިވަރުންގެ ކިޔެވުމަށާއި ސްކޫލަށާއި އެންމެހާ ކަންކަމަށް ބޮޑެތި ނުރައްކަލާއި ފޫ ނުބެއްދޭ ވަރުގެ ގިނަގުނަ ގެއްލުންތަކެއް ވާނެ ކަމަށް ބެލެނިވެރިންނަށް ޔަގީން ކުރެވޭ ކަމަށެވެ.

އެބަޔާނުގައި ބުނެފައިވާ ގޮތުގައި، އަރަބިއްޔާ ސްކޫލް ހިންގާ އިމާރާތް ހަލާކުވެ، އެ އިމާރާތުގެ ތަނބުތައް ފަޅައިގެން ގޮސް އޭގެ ބައިތައް ވެއްޓި ކުރިންގެ ހަށްޓަށާއި ފުރާނައަށް ނުރައްކާވާ ހިސާބަށް ތަނުގެ ހާލަތު ގޮސްދާނެ ކަމަށްޓަކައި، 2018 ވަނަ އަހަރުން ފެށިގެން ސްކޫލުން އެކަންތައް އެޑިއުކޭޝަން މިނިސްޓްރީއަށް އަންގަމުންދާ ކަމަށެވެ.

ނަމަވެސް އެއިން އެއްވެސް ކަމަކަށް މިނިސްޓްރީއިން އިޖާބަދިނުމެއް ނެތި، އެސްކޫލްގެ އިމާރާތް މަރާމަތު ކުރުމަށް ބަޖެޓު ނެތް ކަމުގެ ބަހަނާ ދެއްކެވުމަށްފަހު، މިއަދާ ހަމައަށްވެސް މިނިސްޓްރީއިން އަރަބިއްޔާގެ އިމާރާތް މަރާމާތު ނުކުރައްވައި ލަސްކުރައްވަމުން ގެންދެވިކަމީ އަރަބިއްޔާ ސްކޫލަށް މިނިސްޓްރީއިން ގަސްތުގައި އިހުމާލުވެފައިވާ ކަމުގެ ސާފު ހެއްކެއް ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.

“އަރަބިއްޔާ ސްކޫލްގެ ދަރިވަރުންނަށް މިވަގުތު އެއްވެސް ނުރައްކަލެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގައި، ދިވެހި އެންމެހާ ރައްޔިތުންގެ ކުރިމަތީގައި އެޑިއުކޭޝަން މިނިސްޓަރ ވަނީ ވިދާޅުވެފައި. އަދި ހަމަ އެދުވަހު ހަވީރު އަރަބިއްޔާގެ ޕީޓީއޭގެ އެކްސްކޯ އާ ބައްދަލު ކުރައްވައި އެޖަލްސާގައި، މިހާރުން މިހާރަށް ވެސް އެސްކޫލްގެ ދަރިވަރުން ސްކޫލްގެ އިމާރާތުން ނުކުންނަން ޖެހިދާނެ ކަމަށާއި، އެކަމަށްޓަކައި އިއްޒުއްދީން ސްކޫލުން ޖާގަ ހައްދަވައިދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި. އެގޮތަށް ބަދަލުކުރެވޭނީ ބެލެނިވެރިންނާއި މަޝްވަރާ ކުރެއްވުމަށްފަހުގައި ކަމަށް އެދުވަހު މިނިސްޓަރ ކައިރީ ވިދާޅުވެފައިވާނެ” – އެބަޔާނުގައި ބުނެފައިވެއެވެ.

މިނިސްޓްރީއިން ދެންނެވި ގޮތަށް އަރަބިއްޔާ ސްކޫލްގެ ދަރިވަރުން އެހެން ސްކޫލަކަށް ބަދަލުކުރުމަށް ގޮތެއް ނިންމޭނީ ބެލެނިވެރިންނާއި މަޝްވަރާ ކުރުމަށްފަހުގައި ކަމަށް ބުނުމުން، މިނިސްޓްރީއިން ނިންމަވާނީ ބެލެނިވެރިންވެސް އެދޭ ގޮތަށް ކަމަށާއި، ބެލެނިވެރިންގެ މެދުގައި މަޝްވަރާ ކުރުމަށޤ ފުރުސަތު ދެއްވާނެ ކަމަށް ވިދާޅުވުމަށްފަހު ދިމާ އިދިކޮޅަށް މިނިސްޓްރީން އަމަލުކުރައްވާފައިވާ ކަމީ، އެޑިއުކޭޝަން މިނިސްޓަރު ދައްކަވާ ވާހަކަފުޅުތަކުގެ ތެދުވެރިކަމާއި އަމާނާތްތެރި ކަމެއް ނެތްކަން ވަރަށް ރަނގަޅަށް ސާފުވެގެން ދިޔަ ކަމެއް ކަމަށްވެސް އަރަބިއްޔާ ސްކޫލްގެ ޕީޓީއޭއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

“އެޑިއުކޭޝަން މިނިސްޓްރީން ނިންމަވާފައިވާ ގޮތަށް، އިއްޒުއްދީން ސްކޫލްގެ އިމާރާތަށް އަރަބިއްޔާގެ އެއްވެސް ދަރިވަރަކު ކިޔަވަން ގެންދެވެން ނެތް. މިމައްސަލައަށް ހަމައެކަނި އޮތް ހައްލަކީ، އަރަބިއްޔާގެ ދަރިވަރުންނާއެކު އެހެން އެއްވެސް ސުކޫލެއްގެ ދަރިވަރުން މައްސުނި ނުވާނެހެން މާލޭގައި ހުރި އެތައް ބައިވަރު ބިންތަކާއި އިމާރާތްތަކުން ކޮންމެވެސް އެއްތަނެއްގައި، އަރަބިއްޔާ ސްކޫލް ވަގުތީ ގޮތުން ނަމަވެސް ހިންގޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވުންް.” އަރަބިއްޔާ ސްކޫލްގެ ޕީޓީއޭއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އެބަޔާނުގައި އިތުރަށް ބުނެފައިވަނީ، އަރަބިއްޔާ ސްކޫލްގެ ދަރިވަރުންގެ ކިޔެވުމުގެ ހައްގަށް ހުރަސް އެޅި، އެކުދިންގެ އަރަބި އިސްލާމީ މަންހަޖުގެ ތައުލީމު އެކީއެކަށް ފުނޑުފުނޑުވެގެން ދާނެހެން އެޑިއުކޭޝަނުން ނިންމާފައިވާ ނިންމުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި، އެފަދަ އަނިޔާވެރި ބޭއިންސާފު ނިންމެވުމަކަށް ކިޔަމަންވެ އަޅުގަނޑުމެންގެ ޅަދަރިންގެ އަރަބި އިސްލާމީ ތައުލީމު ފަނާވެ ދިއުމަށް ޖާގަ ދެވެން ނެތް ކަމަށާއި، އެނިންމެވުމާ އެއްގޮތަށް އަމަލު ކުރެވެން ނެތް ކަމުގައި ދަންނަވާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!