ކުރީގެ ރައީސަކު މުޅި ގައިގާ “އިންޑިޔާ އައުޓް” ޖަހައިގެން އިންތިޤާމުގެ ހުޅު ރޯކުރުވަން އުޅުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.
ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކުރީގެ ރައީސަކު މުޅި ގައިގަ އިންޑީއާ އައުޓް ޖަހައިގެން ދިވެހިރާއްޖޭގެ އެންމެ ޒަމާންވީ، އަދި އެންމެ އަވަށްޓެރި ގައުމާ ދެކޮޅުވެރިވެގަތުމުގެ އިންތިޤާމުގެ ހުޅު ރޯކުރުވަން އުޅުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ.
ކުރީގެ ރައީސަކު މުޅި ގައިގާ ‘އިންޑިޔާ އައުޓް’ ޖަހައިގެން، ދިވެހިރާއްޖޭގެ އެންމެ ޒަމާންވީ، އެންމެ ގާތް، އެންމެ އަވައްޓެރި ޤައުމާ ދެކޮޅުވެރިވެ ގަތުމުގެ އިންތިޤާމުގެ ހުޅު ރޯކުރުވަން އުޅުމަކީ ވަރަށް ދަށުދަރަޖައިގެ ކަމެއް. pic.twitter.com/dwqWZpjNN0
— Waddey (@waddey_) December 17, 2021
ވައްޑެ އިތުރަށް ވިދާޅުވީ، ޒަމާނުއްސުރެ ދިވެހީންގެ މައިގަނޑު ކެއުމުގެ ބާވަތްތައް ކަމަށްވާ ހަނޑު ހަކުރު ފުށް މިއީ ރާއްޖޭގައި ހެއްދޭ ބާވަތްތަކެއް ނޫން ކަމަށާއި، މައިގަނޑު ގޮތެއްގައި އަވަށްޓެރި އިންޑިޔާއިން ގެންނަ ބާވަތްތައް ކަމަށެވެ. އަދި މިއީ ދިވެހިންނާ އަވަށްޓެރިންގެ އެތައް ހާސް އަހަރުވީ ގުޅުމުގެ ކުޑަ މިސާލެއް ކަމަށްވެސް ވައްޑެ ވިދާޅުވިއެވެ.
ވައްޑެ މިހެން ވިދާޅުވެފައިމިވަނީ، އިންޑިއާ އައުޓް ގެ ނަމުގައި އިދިކޮޅުން ކުރިއަށް ގެންދާ ހަރަކާތްތައް، އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމިން މިނިވަންވެވަޑައިގެންނެވުމާ ގުޅިގެން ވަރުގަދަ ކޮށްފައިވާ ދަނޑިވަޅެއްގައެވެ.
އެގޮތުން އިދިކޮޅު ލީޑަރު އިސްވެ ހުންނަވާ އަތޮޅުތަކުގެ ރަށްރަށުގައި އިންޑިއާ އައުޓް ކެމްޕޭންގެ ހަރަކާތްތައް މިހާރު ވަނީ ފަށާފައެވެ.
ތީ މީހުންގެ ވާހަކަ ދައްކަން އެންމެ ރަނގަޅު މީހާ.. މުޅި ރާއްޖެ ހަލާކު މިވަނީ މި ފެލޭ ވައްޑެ އާއި ހުރެ