ޚަބަރު
ތާރީޚަށް ބަލާލުމުންވެސް ހަމަނުޖެހުން ހިންގަމުން ގެންދާ ބަޔަކީ އެމްޑީޕީކަން އެނގޭނެ – ޕީޕީއެމް

ޕީޕީއެމް އަކީ އެއް އިރެއްގައިވެސް ހަމަނުޖެހުން ހިންގަން ނުވަތަ އެފަދަ ކަމަކަށް ފުރުސަތު ދޭނެ ޕާޓީއެއް ނޫން ކަމުގައިވެސް ދަންނަވާ ކަމަށާއި، ތާރީޚަށް ބަލާލުމުންވެސް އެފަދަ ކަންކަން ކުރަމުން ގެންދާ ބަޔަކީ މިވަގުތު ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީ ކަން ދިވެހި އެންމެހާ ރައްޔިތުން ހެކިވާނެ ކަމަށް އިދިކޮޅު މައި ޕާޓީ ޕީޕީއެމް އިން ބުނެފިއެވެ.

ދިވެހި ސަރުކާރުގެ ފަރާތުން، ދިވެހިރާއްޖޭގެ ފަސްގަނޑުގައި އިންޑިއާ ސިފައިން ޤާއިމުވެ ތިބެވޭ ގޮތަށާއި، ޤައުމުގެ ދާހިލީ މަސްލަހަތުގެ ތެރެއަށް އިންޑިއާގެ ނުފޫޒު ވައްދާ، ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް ގެއްލުންވާ ގޮތަށް ކުރަމުން ގެންދާ ކަންކަމާއި ދެކޮޅަށް ޝުއޫރުފާޅުކޮށް އަޑު އުފުލުމަށް ދިވެހި ޒުވާނުން އިސްނަގައިގެން ކުރިއަށް ގެންދަން މަސައްކަތް ކުރި ވެހިކަލް ބުރު ކުރިއަށް ގެންދިއުމަށް ހުރަސްއަޅާ ހުއްޓުވާފައިވާތީ އެކަމުގެ ކަންބޮޑުވުން ޕީޕީއެމްގެ ޒުވާނުންގެ ފަރާތުން ފާކޮށްފައިވެއެވެ.

ޕީޕީއެމް އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ސުލްހަވެރިކަމާއެކު ފުލުހުންގެ މުއައްސަސާއާއި މަޝްވަރާ ކުރެވި އެއްބަސްވެފައިވާ ގޮތުގެ މަތިން ސުލްހަވެރިކަމާއެކު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މިވެހިކަލް ބުރު ކުރިއަށް ގެންދިއުމުގެ ހުއްދަ ސަރުކާރުގެ ފަރާތުން ލިޔުމުން ދީފައިވާ ކަމަށާއި، ނަމަވެސް އެހުއްދަ ދީފައިވަނިކޮށް، އިންޑިއާގެ މުށުތެރޭ ދިތިފައި ހުރި ސަރުކާރު ހިންގާ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ކުރެއްވި ޓުވީޓަކާއި އެކު، އެމްޑީޕީގެ އިސް ލީޑަރު އިބްރާޙިމް މުހައްމަދު ސާލިހުގެ ޢައިރު ގާނޫނީ އަމުރެއް ތަންފީޒު ކުރުމަށްޓަކައި ފުލުހުން ހިންގަމުންދާ ނާތަހުޒީބު އަމަލު ކުށްވެރި ކުރާ ކަމަށެވެ.

އަދި ރާއްޖޭގެ ދާޚިލީ ކަންތައްތަކުގެ ތެރެއަށް ބޭރުގެ ފަރާތްތަކަށް ވަނުމުގެ ފުރުސަތު ނުދިނުމަށާއި، ރާއްޖެއިން އިންޑިއާގެ އަސްކަރިއްޔާ ބޭލުމަށް ތަކުރާރުކޮށް ސަރުކާރަށް ގޮވާލާ ކަމަށާއި، އަދި ގާނޫނު އަސާސީން ދިވެހި އެންމެހާ ރައްޔިތުންނަށް ލިބިދީފައިވާ އަސާސީ ހައްގުތަކަށް އަރައިގަނެ، ފުލުހުންގެ މައްޗަށް ސަރުކާރުގެ ފަރާތުން ކުރަމުންގެންދާ ޣައިރު ގާނޫނީ އަމުރުތަކުގެ މައްސަލައާއި، އެއަމުރު ތަންފީޒު ކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކުރަމުން ގެންދާ މައްސަލަ ބައްލަވާ ދެއްވާ ފިޔަވަޅު އަޅުއްވައިދެއްވުމަށް ކަމާބެހޭ މުއައްސަސާތަކަށް ގޮވާލާ ކަމަށްވެސް ޕީޕީއެމް އިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ޕީޕީއެމް އިން މިގޮތަށް ބަޔާނެއް ނެރެފައި މިވަނީ، މިއަދު ހަވީރު މާލޭގައި އިދިކޮޅު ޕާޓީތަކުގައި ހިމެނޭ ޒުވާނުން އިސްނަގައިގެން އިންޑިއާ އައުޓް ހަރަކާތްތަކުގެ ތެރެއިން ސައިކަލު ބުރެއް ޖަހަން ނިންމާފައިވަނިކޮށް އެކަން ފުލުހުން ހުއްޓުވުމާއި ގުޅިގެންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!