ފެންޑާ
ބޭނުމީ ތަނަވަސް ދިރިއުޅުމެއްތަ؟ ނޫނީ އުފާވެރި ދިރިއުޅުމެއްތަ؟

ތަނަވަސް ދިރިއުޅުމެއް ދިރިއުޅެން ލިބުމަކީ ގިނަބަޔެއް އުމީދާއި ގުޅިފައިވާ ކަމެކެވެ. މާލީތަނަވަސްކަމާއެކު، ކުރަން ބޭނުންވާ ކޮންމެ ކަމެއް ކުރުމަށް އަތުގައި ފައިސާ ހުރުމަށް ނޭދޭނެ ފަރާތެއް ހުންނާނޭ ނުބުނެވޭނެއެވެ. އަހަރަމެން ދިރިއުޅުމުގައި ބުރަމަސައްކަތްކޮށް ފައިސާ ހޯދަނީ ތަނަވަސް ދިރިއުޅުމަކަށް އެދިއެވެ.

ތެދެކެވެ. ފައިސާ އަކީ އެއާއި ނުލައި އިންސާނުންނަށް ދިރިނުއުޅެވޭނެ އެއްޗެކެވެ. ދިރިއުޅުމުގައި އަސާސީ ބޭނުތައްވެސް ފުދެން އަންނަނީ ފައިސާ އަތުގައި ހުރެގެންނެވެ. ފައިސާ އަތުގައި ނެތްނަމަ ބައެއް ފަރާތްތަކުން ޤަބޫލުކުރާ ގޮތުގައި އުފާވެރި ދިރިއުޅުމެއް ނޫޅެވެއެވެ. އުފާވެރި ދިރިއުޅުމެއް އުޅެން ބޭނުންވާ މީހާ، އާމްދަނީ ހޯދާނެ ގޮތެއް ހޯދަން ޖެހެއެވެ. ކޮންމެވެސް ބުރަ މަސައްކަތެއްކޮށް އާމްދަނީ ހޯދުމަށް ޖެހެއެވެ. ނަމަވެސް މިއާ ޚިލާފަށް ތަނަވަސްކަން ލިބިފައިވާނަމަ، އާމްދަނީ ހޯދާނެ މާބޮޑު ގޮތަކާމެދު ވިސްނާކަށް ނުޖެހެއެވެ. ވަޒީފާގައި ނުވަތަ އާމްދަނީ ހޯދުމަށް ހޭދަކުރަންޖެހޭ ވަގުތު އަނބިދަރިންނާއެކު އުފާކޮށް މަޖާކުރުމުގައި ހޭދަކުރެވިދާނެއެވެ. މިގޮތުން ގިނަވަގުތު އާއިލާއާއި އެކު ހޭދަކުރަން ލިބުމަކީ އުފާވެރިކަން އިތުރުވެ، ހަމަޖެހުން ލިބިގެން ދާނެ ކަމެކެވެ.

ފައިސާއިން ވަގުތު ގަނެވިދާނެއެވެ. މިސާލެއްގެ ގޮތުން ބަލާނަމަ، ގޭތެރޭގެ ތަފާތު މަސައްކަތްތަކާއި، ކުދިންގެ ކަންތައްތައް ކުރުމަށް ތަފާތު މުސާރަދީގެން މުވައްޒަފުން ބޭތިއްބިދާނެއެވެ. މިގޮތުން އަނބިމީހާ ކުރަންޖެހޭ ތަފާތު މަސައްކަތަށް ހޭދަވާ ވަގުތު ސަލާމަތް ކުރެވި، ދެމަފިރިން ކުދިންނާއިއެކު ގިނަވަގުތު ހޭދަކުރުމަށް ވަގުތު ސަލާމަތް ކުރެވިދާނެއެވެ. މިއީވެސް ދިރިއުޅުމުގައި އުފާވެރިކަން އިތުރު ކުރެވިދާނެ ކަމެކެވެ.

މާލީ ތަނަވަސްކަން ލިބިފައިވާނަމަ، ލޯބިވާ ފަރާތްތައް ބޭނުންވާ ކޮންމެ އެއްޗެއް ގަނެދިނުމުގެ ހިތްހަމަޖެހުން ލިބިގެން ދާނެއެވެ. އަތުގައި ފައިސާ ވާނަމަ، ދުނިޔޭގެ ބޭނުން ހިސާބަކަށް ދަތުރުކޮށް، ބޭނުންވަރަކަށް ޚަރަދުކޮށް، ފައިސާއިން އަރާމާއި ހިތްހަމަޖެހުން ހޯދިދާނެއެވެ. ބޭނުން ކޮންމެ ކަމެއް ފައިސާގެ އެހީގައި ކުރެވުމަށްވުރެ ދިރިއުޅުމުގައި ހިންހަމަޖެހުން ލިބޭނެ އިތުރުކަމެއް އޮންނާނެ ހެއްޔެވެ؟

މިފަދަ ހުރިހާ ޚިޔާލެއް ނުވަތަ ވިސްނުމަކީ އަހަރަމެން ދިރިއުޅޭ މުޖުތަމަޢު ނުވަތަ މިދުނިޔެއިން ފެންނަ ތަފާތު މަންޒަރަށް ނުވަތަ ތަޖުރިބާއަށް ބުރަވެ އަހަރަމެން ގެންގުޅޭ މައިންޑް ސެޓްތައް ނުވަތަ ވަކިގޮތަކަށް ވިސްނުން ބައްޓަން ވުމުން ޤަބޫލުކުރެވޭ ޤަބޫލުކުރެވުންތަކެކެވެ. ގިނަ ބައެއްގެ ވިސްނުމުން ބަލާނަމަ، ފައިސާގެ ތަނަވަސްކަން ލިބިފައިވާ މީހެއްގެ ދިރިއުޅުމުން އުނިވާނެ އެއްވެސް އެއްޗެއް ނުހުންނާނެއެވެ. ނަމަވެސް މިއީ ވަރަށް ބޮޑު ކުށް ހީއެކެވެ.

ކިތަނަމެ ފައިސާއެއް އަތުގައި ހުރިނަމަވެސް އުފާވެރި ދިރިއުޅުމެއް ލިބިދާނެ ކަން ޔަޤީންކަމާއެކު ބުނަން ނޭނގޭއެވެ. ފައިސާ އަތުގައި ނެތް ފަރާތެއްގެ ދިރިއުޅުމުގައި، ތަފާތު އަމިއްލަ މައްސަލަ ނުވަތަ އާއިލީ މައްސަލަތައް ހުރުމާއެކު ދިރިއުޅުމުން ތަންކޮޅެއް ހަލަބޮލިވެ، މާޔޫސްކަން އިތުރުވެފައި ވެދާނެއެވެ. އުފާވެރިކަން ބިނާވެގެންދާ ތަފާތު ކަންތައްތަކެއް އެކުލެވެއެވެ. ނަމަވެސް މިކަންކަމުގެ ތެރޭގައި ތަނަވަސްކަން ނުވަތަ ފައިސާ އެކުލެވިފައި ނުވެއެވެ.

ގިނަ ބައެއްގެ ދިރިއުޅުމުގެ، ވަރަށް ގިނަ ވަގުތު އާމްދަނީ ހޯދުމަށް އާއިލާއެކު ހޭދަކުރަންޖެހޭ ވަގުތު ނުވަތަ އަމިއްލަ ވަގުތު ހޭދަކުރަން ޖެހިފައިވަނީ އާމްދަނީ ހޯދުމުގެ މަސައްކަތުގައެވެ. އާއިލާށް ދޭންޖެހޭ ވަގުތުން ޤުރުބާން ކުރާ ވަގުތު ފައިސާއަށް ވުރެ މުހިންމުނަމަ، ފައިސާއިން އުފާވެރިކަން ހޯދެއެވެ. އާއިލީ ދިރިއުޅުމުގައި އާއިލާއަށް ދޭ ވަގުތާއި، އާމްދަނީ ހޯދުމަށް ކުރާ މަސައްކަތް ކޮންމެވެސް އުޞޫލަކުން ހަމަހަމަ ކުރަން ޖެހެއެވެ.

ލޯބިވާ ފަރާތްތަށް އިމްޕްރެސް ކުރުމަށް ނުވަތަ، ޝައުޤުވެރިކަން ހޯދައިގަތުމަށް ފައިސާއިން ތަފާތު އަގުބޮޑު ހަދިޔާ ގަނެދިނުމަކީ ދިރިއުޅުން އުފާވެރިވާ ކަމެއް ނޫނެވެ. މިފަދައިން ކަންހިގާނަމަ، އަތުގައި ފައިސާ ނެތް ދުވަހަކުން ތަފާތު މައްސަލަތަށް ކުރިމަތިވެގެންދާނެއެވެ.

އުފާވެރިކަން ދިރިއުޅުމުގައި ހޯދަން ގިނަ އަދަދެއްގެ ފައިސާ އަތުގައި ހުރުމަށްވުރެ ބޮޑަށް މުހިންމީ، ކިތަންމެ މަދު ފައިސާއެއް އަތުގައި ހުރި ނަމަވެސް، ދުރުވިސްނުމާއެކު، ލިބޭ އާމްދަނީ ރަނގަޅުގޮތުގައި ހޭދަކޮށް، ދިރިއުޅުމުގެ ބޭނުންތަށް ފުއްދުމެވެ.

ރަނގަޅު މުސާރައެއް ފޯރުކޮށްދޭ ވަޒީފާއާއި މެދު ހިތްހަމަ ނުޖެހޭނަމަ، ފައިސާ ހޯދަން ހޭދަކުރާ ވަގުތަށްވުރެ، ގިނަވަގުތު އުފާވެރިކަން ލިއްބައިދޭ ތަފާތު ކަންކަން ކުރުމުން މާބޮޑަށް ދިރިއުޅުން އުފާވެރި ވާނެއެވެ. މިފަދަ ހާލަތްތަކުގައި ފައިސާއިން އުފާވެރިކަން ނުހޯދޭނެއެވެ.

ފައިސާ އަތުގައި ހުރެމެ، ދިރިއުޅުމުގައި އެއްވެސް އުފަލެއް ހިތްހަމަޖެހުމެއް ނުލިބި ދިރިއުޅޭ ފާރާތްތަށްވެސް މަދެއްނޫނެވެ. ދުނިޔެވީ ހަޔާތް ބާއްޖަވެރިކޮށް، ދިރިއުޅުމުގައި އުފާވެރިކަމާއި ހިތްހަމަޖެހުން އެދޭފަދައިން އުޚްރަވީ ހަޔާތް ބާއްޖަވެރިކުރުމަށް ވެސް ސަމާލުކަން ދިނުން މުހިންމެވެ.

ފައިސާއާއި ތަނަވަސްކަމަށްވުރެ، އާދައިގެ އުފާވެރި ދިރިއުޅުމެއް މާ ރަނގަޅެވެ. ފައިސާ އާއި ތަނަވަސްކަމަކީ ކިތަންމެ ވަރަކަށް އިތުރުވެ ގިނަވީ ކަމުގައި ވިޔަސް އިންސާނާގެ ހިތް ފުރޭ އެއްޗެއް ނޫނެވެ. ތަނަވަސްކަމާއި، ފައިސާ އަކީ އެންމެ މުހިންމު ދިރިއުޅުމުގައި އެންމެ ބޭނުންތެރި ވަޞީލަތް ކަމުގައި ދެކޭމީހާގެ ދިރިއުޅުމުން އުފާވެރިކަން ގިނަފަހަރު ގެއްލިދެއެވެ. އުފާވެރި ދިރިއުޅުމަށް ބޭނުންވަނީ ފައިސާއެއް ނޫނެވެ. ބޭނުމީ އެކަކު އަނެކަކު ދެކެ ހަޤީޤީ ލޯބިވުމާއި އެކު، ދެގޮތެއް ނުވާ އިތުބާރާއި އެކަކު އަނެކަކަށް އަޅައިލުމާއި އެކު، ވީކޮންމެ ހާލެއްގައި އެކަކު އަނެކަކަށް އެހީތެރިަން ފޯރުކޮށްދިނުމެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!