ވިޔަފާރި
ފަރެސްމާތޮޑާ އެއަރޕޯޓް ރަންވޭގެ ތާރައެޅުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ދަނީ ވަމުން: އެމްޓީސީސީ

ފަރެސްމާތޮޑާ އެއަރޕޯޓުގެ ރަންވޭގައި ތާރުއެޅުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް އެކުންފުނިން މިހާރު ދަނީ ވަމުން ކަމަށް އެ މަޝްރޫޢުގެ ކޮންޓްރެކްޓަރ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީން ވިދާޅުވެއްޖެއެވެ.

އެމްޓީސީސީން ވިދާޅުވީ، ފަރެސްމާތޮޑާ އެއަރޕޯޓް ރަންވޭގައި ތާރައެޅުމުގެ ކުރިން އަޅަންޖެހޭ އޭ.ބީ.ސީ ފަށަލައެޅުމުގެ މަސައްކަތް ނިމުމަކާއި ގާތަށްގޮސްފައިވާކަމަށެވެ.

ރަންވޭ، ޓަރނިންގ ޕެޑް، ޓެކްސީވޭ، އެޕްރޮން، ފަޔަރ ރޯޑް އަދި ފަޔަރ ޕެޑްގެ 83 އިންސައްތަ މަސައްކަތާއި، ޓެކްސީވޭއާއި އެޕްރޮންގެ 66 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އެމްޓީސީއިން ބުނެއެވެ. އަދި މި ތަންތަނުގައި ސަބްބޭސްގެ ފުރަތަމަ 2 ލޭޔަރާއި ބޭސް ކޯސް އެޅުމުގެ މަސައްކަތްތައްވެސް މިހާރު ނިމިފައިވާކަމަށް އެ ކުންފުނިން ވިދާޅުވެފައިވެއެވެ.

ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްޤީކުރަނީ ކައިރީގައި ހުރި ކުދި ރަށްތަކެއް ހިއްކައިގެންނެވެ. މިރަށްތައް ހިމެނޭހެން ޖުމުލަ 19.9 ހެކްޓަރުގެ ބިންވަނީ ހިއްކާފައެވެ. އަދި ހިއްކި ސަރަޙައްދު ޙިމާޔަތްކުރުމަށް 888 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލަ ޖަހާފައިވެއެވެ. މިއީ އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެން ތަރައްޤީކުރާ އެއަރޕޯޓެކެވެ.

މި މަޝްރޫޢަކީ 144.8 މިލިއަން ރުފިޔާގެ މަސައްކަތެކެވެ. މަސައްކަތް މުޅިން ނިންމުމަށް އެމްޓީސީއާ ޙަވާލުކޮށްފައިވަނީ 1 އަހަރާ 8 މަސް ދުވަހުހެ މުއްދަތެކެވެ. ނަމަވެސް ކޯވިޑް-19އާއެކު ކުރިމަތިވި ގޮންޖެހުންތަކާއެކު އެކުންފުނިން މިހާރު މަސައްކަތް ކުރަމުންދަނީ އަންނަ އަހަރުގެ ކުރީކޮޅު އެއަރޕޯޓުގެ ހުރިހާ މަސައްކަތްތަކެއް ނިންމާ ސަރުކާރާ ޙަވާލުކުރުމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!