ރިޕޯޓް
އަދުގެ ތަރުބިއްޔަތުގެ ހާލަތް: ނަމާދު ވަގުތު ޖެހުމުން ނަމާދަށް ދިޔުމަށް ދަރިފުޅަށް ހިތްވަރެއް ނުދެވޭ.

އަހަރެމެން މުސްލިމުންގެ ވާޖިބަކީ ނަމާދުކުރުމެވެ. އޭނާ ދިރިހުރުމާއި ނިމުން އެއިގެ މައްޗަށް ބިނާކުރަންޖެހޭ މަތިވެރި އަޅުކަމެކެވެ. ކޮންމެއަކަސް މައިންބަފައިންގެ ވާޖިބަކީ އޭނާގެ ދަރި އެ މަގަށް އަހުލުވެރި ކުރުމެވެ. އެހެންނޫންނަމަ ތަރުބިއްޔަތުގެ ބިންގަލުން ފުރަތަމަވެސް އޭނާ ފެއިލްވީއެވެ.

އަޅުގަނޑުމެންގެ މުޖުތަމަޢުއިން ފެންނަމުންދާ ހަގީގަތަކީ ނަމާދު ވަގުތު ޖެހުމުންވެސް އެހެން ކަންކަމުގައި މަސްޢޫލްވެ ޢާފިލް ކަންމަތީ ތިބެވޭކަމެވެ. ދަރިން ނަމާދު ކުރިތޯ އަހަން ގިނަފަހަރު ނުކުޅެދެއެވެ. ދަރިންނަށް ނަމާދު ހަނދާންކޮށްދޭން ނުކުޅެދެއެވެ. އެހެނަސް ދުނިޔޭގެ އުފަލެއް ހާސިލްކުރަން މައިންބަފައިން ނުހަނު ތައްޔާރެއެވެ. އެފަދަ ކަންތައްތަކަށް ދަރިންނަށް ހިތްވަރުދޭކަމީވެސް ހިތާމަކުރަންޖެހޭ ކަމެކެވެ.

ކޮންމެއަކަސް ނަމަާދަށް ހިތްވަރުނުދެވޭނަމަ އެކަމަކީ މުހިންމު ކަމެއް ކަމުގައި ދަރިފުޅު ނުދެކޭނެއެވެ. ނަމާދުގެ ސަބަބުން އޭނާއަށް ލިބޭ ރޫހީ އުފާ ހޯދައިގަތުމަކީ ދުރުކަމެކެވެ. އޭނާގެ ފިލާވަޅުތައް މުތާލިޔާކުރުމުގައި އޭނާގެ ވިސްނުން ކޮށިވާނެއެވެ. ތަޢުލީމީ ހަޔާތުން އޭނާ ނެރޭ ނަތީޖާ ދަށްވާނެއެވެ. ނަފްސާނީ ގޮތުން ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާނެއެވެ. ކަތްނެތްކަމާއި މާޔޫސްކަމުގައި ދަރިފުޅު ހޭދަކުރާނެއެވެ.

ދީނީ ގޮތުން އޭނާ ތައްޔާރެއް ނުވާނެއެވެ. މައިންބަފައިންނާއި ކުރިމަތިލާނީ ހިތްހަމަނުޖެހުމާއި އެކީގައެވެ.

މިފަދަ ކަމަކަށް ތިޔަ ބެލެނިވެރިން އެދެމު ހެއްޔެވެ؟ ތަރުބިއްޔަތަށް ލޯހުޅުވައިދޭ އެންމެ މުހިންމު ހުޅުބައްތި އަމިއްލައަށް ނިއްވާލުމަކީ އަތުން ހެދޭ ވަރަށް ބޮޑު ގޯހެކެވެ. ތިބާގެ ދަރިންނާއިމެދު ތިބާއާ ސުވާލުކުރެވޭނެކަން ނުދެނަހުރީމު ހެއްޔެވެ؟ ތިބާއަށް ނޭގި ނަމަވެސް الله ގެ އަމުރަކަށް ނުކިޔަމަންތެރިވެވޭކަން ނޭގެނީ ހެއްޔެވެ؟

އާޙިރު ނަތީޖާ ވަރަށް ހިތިވާނެއެވެ. މިއަދު އެންމެ ބާރަށް ދެކެވެމުންދާ ހައްދު ފަހަނައަޅާފައިވާ ފިކުރުތައް އެ ދަރީންގެ ސިކުނޑިތައް ދޮންނާނެއެވެ. ބާރަށް ކުރިއަރަމުން އަންނަ އެ ފިކުރުތަކުން ދަރިފުޅު ކުރިމަތިލާނީ މުޖުތަމަޢިއާއިއެވެ. ހުދު މައިންބަފައިންނާވެސް ކުރިމަތިލާނެއެވެ.

ހެޔޮނުވާނެއެވެ. ޖަޒާ ދެއްވާ ދުވަހުގެ ޖަޒާ ކިތަންމެހާވެސް ބޮޑުވާނެއެވެ. އެހެންކަމުން ހެޔޮ މަގަށް ދަރިފުޅު ރުޖޫޢަކުރާށެއެވެ. اللهގެ ހައްގުގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!