ޚަބަރު
މަންމަގެ ލޯބިވާ ދަރިފުޅާއެވެ. މަންމަގެ ހައްޤު އަދާކުރަން ތައްޔާރު ހެއްޔެވެ؟

މަންމައަކު ދަރިއަކާއި މުޙާތަބްކޮށް ބުންޏެވެ. ” ދަރިފުޅު ވިހެއުމަށްޓަކައި މަންމަ މަރާއި ކުރިމަތިލީމެވެ. ދަރިފުޅު ހުން އައިސް އޮންނަ އިރު ނިދިން މަޙްރޫމްވީމެވެ. ތިބާއަށް ކާންނުދީ މި އަރުތެރެއަށް އެއްޗެއް ނުވަދެއެވެ. ހަރުދަނާ އިންސާނަކަށް ހެދުމަށް މަންމަ އެތައް ޤުރުބާނީތަކެއް ވިމެވެ. ދަރިފުޅު މީގެ އަގު އަދާކުރާނީ ކިހިނެތް ހެއްޔެވެ؟

ދަރިފުޅު ބުންޏެވެ. އަޅުގަނޑު ރަނގަޅު ވަޒީފާއެއް ހޯދައި މަންމައަށް މުއްސަދި ދިރިއުޅުމެއްއްގައި ގެންގުޅޭނަމެވެ. އެހިނދު މަންމަ ބުންޏެވެ.  ދަރިފުޅުގެ ކިބައިން ތިޔަކަމަކަށް މަންމަ ނޭދެމެވެ. ދަރިފުޅު އާމްދަނީ ހޯދާ ދުވަހަކު މަންމަ ހުންނާނީ މުއްސަދި ދިރިއުޅުމެއްގައި އުޅުމަށްވުރެ މުސްކުޅިވެފައިއެވެ. ދަރިފުޅު ބުންޏެވެ. މަންމައަށްޓަކައި މަންމައަށް އަޅާލާނެ ހެޔޮ އަންބެއް ހޯދައިދޭނަމެވެ. މަންމަ ބުންޏެވެ. ދަރިފުޅާއެވެ. އެއީ އޭނަގެ މަސައްކަތެއް ނޫނެވެ. ދަރިފުޅު ރަނގަޅު އަންބަކު ހޯދުމުގެ މަޤްސަދަކީ ރަގަޅު ދިރިއުޅުމެއް ހޯދުމަށެވެ. އެހިނދު ދަރިފުޅު ބުންޏެވެ. މަންމާއޭ. ދެން ކިހިނަކުން ހެއްޔެވެ؟”

މަންމަގެ ލޮލުން ކަރުނަ އައިސް ބުންޏެވެ. މަންމައަށް ގުޅައި ނުވަތަ ޒިޔާރަތް ކުރާށެވެ. މިމަންމަ ދުނިޔޭގައި ހުރިހާ ދުވަހަކު ބޭނުން ވަނީ އެވަރުކަމެކެވެ. އަދި މަންމަ މަރުވެގެންދާއިރު ތި ދަރިފުޅުގެ ކޮޑުމައްޗަށް އަރުވައިގެން ވަޅުލާށެވެ. ކޮންމެ ނަމާދަކަށްފަހު މިމަންމައަށް ދުޢާކުރާށެވެ. އަދި މަންމައަށްޓަކައި ސަދަޤާތް ކޮށްދޭށެވެ. ދަރިފުޅު ބޮޑުކޮށްދިނުމަށްޓަކައި މަންމަ އެޅި ވޭން ދަރިފުޅަށް އަދައެއް ނުކޮށްދެވޭނެވެ. އެކަމަކު ﷲ އަށްޓަކައި މަންމަގެ ހައްޤު އަދާކޮށްދޭށެވެ. އަބަދުވެސް މާތް ﷲ އަށްޓަކައި ހެޔޮ އަމަލްކުރާށެވެ. އެހިނދު ދަރިފުޅުގެ ލޮލުން ކަރުނަ އޮހި އަގަ ބަންދުވީއެވެ.

އެންމެހާ ދަރީންނޭވެ. މައިންބަފައިންނަށްޓަކައި ހެޔޮ ދުޢާ ކޮށްދޭށެވެ. މައިބަފައި ކަމުގެ ކުލުނަކީ ވަރަށް ބޮޑު ނަސީބެކެވެ. މައިންބަފައިން ދަރިން ގާތުގައި ވުމަކީ ހާދަހާ ބޮޑު ނަސީބެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!