ރިޕޯޓް
އާއިލާގެ ފިރިހެންދަރީންގެ “ކިންގެ” ކަމުގެ ތާޖު ނަގަންވެއްޖެ

ކޮންމެ އާއިލާއަކުން ވެސް އަންހެން ދަރީންނަށްވުރެ ފިރިހެންދަރީންނަށް ދެވޭ އިސްކަމަކީ ދެބަސްވާނެ ކަމެއް ނޫނެވެ. ބައެއް އާއިލާތަކަކީ ފިރިހެން ދަރީން ލިބުމަށް ނުހަނު އެދި އެދި ތިބޭ ބަޔެކެވެ. މިގޮތުން ގިނަ އާއިލާތަކުން ފެންނަމުންދާ އެއް ހަޤީޤަތަކަށް ވެފައި އޮންނަނީ ފިރިހެންދަރީންނަށް އެދެވޭ ލޯތްބާއި އަޅާލުމެވެ. އަންހެންދަރީންނަށް ވުރެވެސް ބޮޑަށެވެ. ނަތީޖާއަކީ އެ އާއިލާތަކުގައި ފިރިހެން ދަރީން އަބަދުވެސް ރަން ތާޖު އަޅުވައިގެން ތިބޭ ކަމެވެ. މާނައަކީ ގޭތެރޭގެ ކޮންމެ ކަމެއްގައިވެސް ބަދަލެއް ނެތި ފިރިހެންދަރީން އެކުދީންގެ މަޤާމްގައި ތިބޭ ކަމެވެ.

މިގޮތުން ދަރީންނަށް ތަރުބިއްޔަތު ދެވޭ އިރު ގޭތެރޭގެ މަސައްކަތްކުރުމުގައި އަންހެންކުދިން ބައިވެރި ކުރުވައެވެ. ނަމަވެސް ފިރިހެންކުދީން ލައްވައި އެކުދިންނަށް ކުރެވޭ މަސައްކަތްތައް ނުކުރެވެނީ ކީއްވެ ހެއްޔެވެ؟ ފިރިހެންދަރީން ގެއަށް ވަންނަ އިރަށް ލޯބިން ގޮވާލައި ވާހަކަ ދެކެވެއެވެ. އެކުއްޖަކު ލައްވައި ކުޑަ މަސައްކަތެއް ކުރުވަންވެސް ގިނަ ބެލެނިވެރީން ބޭނުން ނުވެއެވެ. މި ދެކެވެނީ އަންހެނުން ކުރާކަހަލަ ބޮޑެތި މަސައްކަތްތަކެއް ކުރުވާ ވާހަކައެއް ނޫނެވެ. ނަމަވެސް އެކުދިންގެ ފެންވަރުން އެކުދިން ލައްވައި މަސައްކަތް ކުރުވަން ޖެހޭ ވާހަކައެވެ.

ތެދުފުޅެކެވެ. ފިރިހެންކުދީންނަކީ އާއިލާގެ ބާރެވެ. އެހެނަސް އެ ބާރަކީ ތަރުބިއްޔަތު ކުރުމުގެ މަރުހަލާއިން އަންހެންކުދިންނާއި ތަފާތު ވާނެ ބާރެއް ނޫނެވެ. ދިރިއުޅުމުގައި ހަރުދަނާ ވުމަށް އެކުދިންނަށް ދަސްކޮށްދޭންޖެހެވެ. ދިރިއުޅުމުގައި ކިތަންމެ ކަމެއް ދަސްކޮށްދޭންޖެހެވެ. ޒިންމާ ނަގަން ދަސްކޮށްދޭންޖެހެވެ. އެހެން ނޫންކަމުގައި ވަނީ ނަމަ ފިރިހެންކުދީންގެ ޒަވާޖީ ހަޔާތުން ނިކުންނާނީ ހިތި ނަތީޖާއެވެ.

ޒަވާޖީ ހަޔާތުގައިވެސް އޭނާގެ ރަން ތާޖުގައި މަޤާމްގައި އޭނާ ދެމިހުންނާނެވެ. މާނައަކީ އަނބިމީހާއަށް އަދާކޮށްދޭންޖެހޭ ހިދުމަތްތަކަށް އެނާއަށް ފަރުވާތެރި ނުވެވޭނެވެ. އަނބިމީހާ ބަލިވިކަމުގައި ވިޔަސް ދޭންޖެހޭ އަޅާލުމެއް ނުދެވޭނެވެ. ގޭތެރޭގެ ކަންތައްތަކުގައި އަނބިމީހާއަށް އެހީތެރި ނުވެވޭނެވެ.
ކޮންމެއަކަސް މިއަދު ތަހްޒީބްމުން އަންނަ ހިނދު ފިރިހެންކުދިން އަންހެންކުދިންނާއި އެއް ފެންވަރެއްގައި ތަރުބިއްޔަތު ކުރުން މުހިންމެވެ.

  1. އަދިއްޔު

    ވަރަށް ރަނގަޅު ލިޔުމެއް.

  2. Evves hageegatheh nei thaakunthaaku nujehey liyumeh… thee kan onna gotheh noon mihaaraku