ޚަބަރު
ކިޔުންތެރިންގެ ޚިޔާލާއި އެއްގޮތަށް “ވިއްދެކެ ބޮޑެވަރެ” އަށް ބަދަލެއް!

ތަފާތު އިޖުތިމާޢީ މައްސަލަތަކާއި، ރައްޔިތުންގެ ކަންބޮޑުވުންތައް، މުޖުތަމަޢު އަދި ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމުގެ މަޤްސަދުގައި ހުވަދޫ ނޫހުން ފައްޓާފައިވާ ސިލްސިލާ ސެގްމެންޓެއް ކަމުގައިވާ “ވިއްދެކެ ބޮޑެވަރެ”، ވީޑިއޯ ރިޕޯޓުގެ ފުރަތަމަ ރިޕޯޓް މިނޫހުން ވަނީ ނެރެފައެވެ.
މިވީޑިއޯ ރިޕޯރޓަށް ގިނަ ފަރާތެއްގެ ސަމާލުކަން ހުއްޓި، ގިނައަދަދެއްގެ ކިޔުންތެރިން ހުވަދޫ ނޫސް ގެ މިރިޕޯޓަށް  ދެއްވި ތަރުހީބަށް ނޫހުގެ ފަރާތުން ޝުކުރުވެރިވަމެވެ.

މިފަދަ ރިޕޯރޓްތައް މެދުވެރިކޮށް މުޖުތަމަޢުގެ ހުރި މައްސަލަތައް ހައްލުކޮށް، އާންމުން ހޭލުންތެރިކުރުމަށް ހުވަދޫ ނޫހުން ފައްޓާފައިވާ މި މަސައްކަތް ކުރިޔަށް ގެންދިޔުމަށް ގިނަފަރާތެއް ޚިޔާލާއި މަޝްވަރާ އަބަދުވެސް ލިބެމުންދާކަން މިފުރުޞަތުގައި ނޫހުގެ ފަރާތުން ފާހަގަކޮށްލަމެވެ. ހުވަދޫ ނޫހުގެ މަސައްކަތުގައި ކިޔުންތެރިންގެ ޚިޔާލާއި، ބިނާކުރުވަނިވި ފާޑު ކިޔުންތައް އުފަލާއެކު، ނިއުސްޓީމްގެ ފަރާތުން އަބަދުވެސް ބަލައިގަނެ މަރުޙަބާ ކިޔާނެ ވާހަކަ ދަންނަވަމެ.

ހުވަދޫ  ނޫހުގެ  މިސެގްމެންޓް “ވިއްދެކެ  ބޮޑެވަރެ”ގެ  ޕްރަޑަކްޝަން  މެނޭޖަރ  އަހްމަދު  އަމްރު  އަލީ  ބުނުއްވާގޮތުގައި  ކިޔުންތެރިންގެ  ޚިޔާލުތަކާއި  ކޮމެންޓްތައް  ހުވަދޫ  ނިއުސްގެ  މެނޭޖްމަންޓައް  ހުށަހަޅައި  މަޝްވަރާ  ކުރެވި  ބަދަލުތަކެއް  ގެނައުމަށް  ވަނީ  ނިންމާފައެވެ. އަދި ކިޔުންތެރިންގެ ޚިޔާލާއި އެއްގޮތަށް ހުވަދޫ ނޫހުން ނެރޭ ސިލްސިލާ ވީޑިއޯ ރިޕޯޓް “ވިއްދެކެ ބޮޑެވަރ” ހުވަދޫ ބަހުރުވައިން ގެންނަން ހުވަދޫ ނިއުސް ގެ މެނޭޖްމެންޓުން ވަނީ ނިންމާފައެވެ. މިގޮތުން ކިޔުންތެރިންނަށް ކަމުދާނެފަދަ ވީޑިއޯ ރިޕޯޓްތަކެއް މާތްﷲގެ ވާގިފުޅާއެކު، ކުރިޔަށް އޮތްތަނުގައިވެސް ހުވަދޫ ނިއުސް އިން ނެރެމުން ގެންދާނެ  ކަމަށް  ޕްރޮޑަކްޝަނ  މެނޭޖަރ  އިތުރަށް  ފާހަގަ  ކުރެއްވިއެވެ.

ނޫސް ކިޔުންތެރިންގެ ފަރާތުން މިސިލްސިލާގެ ވީޑިއޯ ރިޕޯޓްތަކަށް އިތުރުކޮށްލަން ބޭނުންވާ، ނުވަތަ ހައްލު ހޯދުމަށް ބޭނުންވާ އިޖްތިމާޢީ، އިޤްތިސާދީ މައްސަލައެއް، ވާނަމަ، ހުވަދު އަތޮޅުގެ ކޮންމެ ރަށަކުންވެސް، އެމަޢުލޫމާތެއް ހުވަދޫ ނިއުސްއާއި ހިއްސާކޮށްދެއްވުމީ މިނޫހުގެ  ވަރަށް  ބޮޑު އެދުމެކެވެ.  އެގޮތުން،  މިނޫހުގެ  ހޮޓްލައިން  ނަންބަރު  9334888  އަށް  ވައިބަރ  މެދުވެރިކޮށް  ނުވަތަ  ފޯނުން  ގުޅުއްވައިގެން  މަޢުލޫމާތު  ހިއްސާކުރެއްވުން  އެދެމެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!