ކުނިގަނޑެއް ކަމަށް ހީކޮށް މެލޭޝިޔާގެ އަންހެނަކު އެއްލާލަން އުޅެފިއެވެ.
ރިޕޯޓްތަކުގައި ބުނާގޮތުގައި މެލޭޝިޔާގެ މަސްވެރި ސަރަހައްދެއްގައި ދިރިއުޅެމުންދާ އަންހެނަކު ކުނިގަނޑެއް ކަމަށް ހީކޮށް އެއްލާލަން އުޅުނީ ބޮޑު މާވަހަރެކެވެ. އައިދާ ޒުރީނާ ލޯންގް ނަމަކަށް ކިޔާ މިއަންހެންމީހާއަށް މާވަހަރު ފެނުނީ މޫދުންނެވެ.
އައިދާއާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން މޫދުގައި އޮޔާ ދަނިކޮށް ފެނުނު ކުނިގަނޑެއް ކަހަލައެއްޗެއް ނަގާ އެއްގަމަށް އެއްލާލާފައި އައިދާ ދިޔައީ ގެޔަށެވެ. ރޭގަނޑުގެ ވަގުތެއް ކަމުން އޭތި އެއްގަމަށް ލާފައި އައިދާ ދިޔައީ ގެޔަށެވެ. ހެދުނު ހޭލައިގެން އައިސް ބަލާލިއިރު އޭތި އެތާނގައި އޮތްވާ ފެނުމުން ނަގައިގެން ގެޔަށް ގެންދިޔުމުން އައިދާގެ ބައްޕަ ވަނީ އެއި މާވަހަރެއް ކަމަށް ބުނެފައެވެ.
އައިދާގެ ބައްޕަ އެމާވަހަރު އަންދާލުމުން މީރުވަހެއް އޭގެން ދުވި ކަމަށް ރިޕޯޓްކޮށްފައިވެއެވެ.
އެމާވަހަރުގެ ބަރުދަނުގައި 5 ކިލޯ ހުރި ކަމަށާއި އެއީ މާވަހަރެއްކަން ކަށަވަރުކުރުމަށް ކަމާބެހޭ އިދާރާތަކާ ގުޅޭތޯ އައިދާ ދަނީ މަސައްކަތް ކުރަމުން ކަމަށް ރިޕޯޓްތަކުގައި ބުނެފައިވެއެވެ.
އަދި މިއީ އަސްލުވެސް މާވަހަރެއް ކަމުގައިވާ ނަމަ އައިދާއަށް މިލިއަނަރަކަށްވާނެ ކަމަށްވެސް މެލޭޝިއާގެ ނޫސްތަކުގައިވެއެވެ.