ވިޔަފާރި
އަހަރުގެ ފަހުކޮޅާއި ދިމާކޮށް ރާއްޖޭގެ ގިނަ ރިސޯޓުތައް ފުރިފައި

ރާއްޖޭގެ ފަތުރުވެރިކަމަށް ބަލާއިރު ކޮންމެ އަހަރަކުވެސް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އަންނަނީ އަހަރުގެ ފަހުކޮޅުގައެވެ. މިއަހަރު މިހާތަނަށް ރާއްޖެއަށް 1.3 މިލިއަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައި ކަމަށް ޓުއަރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ. އަދި ޕީކް ސީޒަނާ ދިމާކޮށް ރާއްޖޭގެ ގިނަ ރިސޯޓުތައައް ފުރިފައިވާކަމަށް ރިސޯޓުތަކުން ބުނެއެވެ.

ޓުއަރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ޑިސެމްބަރު މަހުގެ ކޮންމެ ދުވަހަކު ފަތުރުވެރިން ޒިޔާރަތްކުރާ އެވްރޭޖް މިންވަރު މިހާރުވެސް ހުރީ 5000 އިން މަތީގައެވެ. ހަމައެކަނި 2019ވަނަ އަހަރަށް ބެލިއަސް އެއަހަރު 4500 ގައި ހުރި މިއަދަދު މިއަހަރު މިވަނީ މަތިވެފައެވެ. އެހެން ކަމުން ފަތުރުވެރިން އަންނަ މިންވަރު ވަރަށް ބޮޑުތަނުން މިވަނީ އިތުރުވެފައެވެ.

ކުރިއަށް އޮތް ދެ ހަފްތާ ހާއްސަކޮށް ޑިސެމްބަރުގެ ފަހު ހަފްތާއާއި، އަދި އައު އަހަރު އެއްކޮށްހެން ގިނަ ރިސޯޓުތައް އެއްކޮށް ބުކް ވެފައިވާ ކަމަށެވެ. އަދި މީގެ ތެރެއިން ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރާތް ކުރާނީ ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ކަމަށް އޭނާ ފާހަގަ ކުރިއެވެ. މީގެ އިތުރުން ބައެއް ދުވަސްތައް ކުރިއާލާ އެއްކޮށް ފުލްވެގެން ދިޔަ ކަން ރިޒޯޓްތަކުން ފާހަގަ ކުރައްވައެވެ.

މިފަހަކަށް އައިސް ރާއްޖޭގައި ފަތުރުވެރިން ހޭދަ ޗުއްޓީ ހޭދަ ކުރާ ދުވަސްތައްވެސް ވަނީ އިތުރުވެފައެވެ. ޓުއަރިޒަމް މިނިސްޓްރީން އެންމެ ފަހު އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 15ވަނަ ދުވަހު ރާއްޖޭގެ ޓޫރިސްޓު ބެޑްނައިޓްސްވަނީ 10.7 މިލިއަން ހުރަސްކޮށްފައެވެ. މިއީ ރެކޯޑު އަދަދެކެވެ. އަދި މިއާއިއެކު، ސަރުކާރުން މިއަހަރަށް ކަނޑައެޅި 10 މިލިއަން ބެޑް ނައިޓްސްގެ އަމާޒު މިވަނީ ހާސިލުވެފައެވެ. މިއާއި އެކު ސަރުކާރުން މިހާރު ލަފާ ކުރަނީ އަހަރު ނިމިގެން ދާއިރު 11 މިލިއަން ބެޑްނައިސްޓް ހުރަސް ކުރާނެ ކަމަށެވެ.

ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރަށް ބަލާއިރު، މިހާރު އޮކިޕެންސީ މިހުރީ އެހެން އަހަރުތަކާއި އަޅާ ބަލާއިރު ބޮޑުތަނުން ކުރީގައި ދައިރާގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކުން ޤަބޫލު ކުރެއެވެ.

ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށް އަންނަނީ އިންޑިއާ ފަތުރުވެރިންނެވެ. އަހަރުގެ މިހާތަނަށް އެޤައުމުން ރާއްޖެއަށްވަނީ 278،740 ފަތުރުވެރިން އައިސްފައެވެ. ދެވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަނީ ރަޝިއާއިންނެވެ. އަހަރުގެ މިހާތަނަށް ރަޝިއާއިން ރާއްޖެއަށް 211،367 ފަތުރުވެރިން ވަނީ އައިސްފައެވެ.

ދައިރާގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކުން ބުނާ ގޮތުގައި، ރާއްޖެއަށް މިހާރު ފަތުރުވެރިން ގެނައުމުގައި ދަތިތަކެއް ކުރިމަތިވަނީ އެއާޕޯޓުގެ ތާށި ކަމާއި ހެދީ ކަމަށް ފާހަގަކުރެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!