ޚަބަރު
އިންޑިއާއިން ފުރަތަމައަށް ކޮވިޑް ޖެހުނު މީހާ އަނެއްކާ ވެސް ފައްސި ވެއްޖެ

އިންޑިއާގައި އެންމެ ފުރަތަމަ ކޮވިޑް-19 ޖެހުނު މީހާއަށް އަނެއްކާ ވެސް އެ ބަލި ޖެހިއްޖެއެވެ.

ކެރަލާގެ ތްރިސޫރްއިން މިއަދު ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ އެންމެ ފުރަތަމަ އިންޑިއާއިން ކޮވިޑް-19އަށް ފައްސިވެފައި ވަނީ އަންހެނެއް ކަމަށެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެމުން ތްރިސޫރް ޑިސްޓްރިކްޓް މެޑިކަލް އޮފިސަރ ޑރ. ކޭ ޖޭ ރީނާ ބުނެފައިވެއެވެ. އެ އަންހެން މީހާ ކޮވިޑް-19އަށް ޓެސްޓު ކުރީ ކިޔަވަން ނިއު ދިއްލީއަށް ދަތުރު ކުރަން ވެގެން ކަމަށެވެ. އަދި ބައްޔަށް ފައްސިކަން ހާމަވުމުން އޭނާ މިހާރު ހުރީ ގޭގައި ކަރަންޓީނު ވެގެން ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށް ވެސް ޑޮކްޓަރު ބުންޏެވެ.

އިންޑިއާގެ އެ އަންހެން މީހާ އެންމެ ފުރަތަމަ ކޮވިޑް-19އަށް ފައްސި ވެފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުގައެވެ. އޭރު އޭނާ ހުރީ މި ބަލި އެންމެ ގަދަޔަށް އެންމެ ފުރަތަމަ ފެތުރުނު ޗައިނާގެ ވުހާންގައި، މެޑިސިން ކިޔަވަން ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!