ޚަބަރު
އަރަބިއްޔާ ސްކޫލު ކުދިން ގަނަތަޅުވަން އުޅޭ އުޅުން ހުއްޓާލާ : ޒައިދު

ރަބިއްޔާ ސްކޫލް ކުދިން ގަނަތަޅުވަން އުޅޭ އުޅުން ހުއްޓާލުމަށް ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަލީ ޒައިދު ސަރުކާރަށް ގޮވާލައްވައިފިއެވެ.

ޒައިދު މިހެން ވިދާޅުވެފައި މިވަނީ، ޢަރަބިއްޔާ ސްކޫލްގެ ޢިމަރާތުގައި ރެނދުލައި އެތަނަކީ ދަރިވަރުން ކިޔެވުމަށް ރާއްކާތެރި ތަނަކަށް ނުވާތީ ޢަރަބިއްޔާ ސްކޫލްގެ ދަރިވަރުންގެ ކިޔެވުން ވަގުތީ ގޮތުން ޢިއްޒުއްދީން ސްކޫލަށް ބަދަލުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމުމާއި ގުޅިގެންނެވެ. ނަމަވެސް ޢަރަބިއްޔާގެ ބެލެނިވެރިން ވަނީ އެކަމާއި ދެކޮޅު ހަދާފައެވެ.

ޝައިޚް ޒައިދު ވިދާލުވީ، އަރަބިއްޔާ ސްކޫލު ކުދިން ގަނަތަޅުވަން އުޅޭ އުޅުން ހުއްޓާލުމަށް ސަރުކާރަށް އަދި ޚާއްޞަކޮށް އެޑިޔުކޭޝަން މިނިސްޓްރީއަށް ގޮވާލާކަމަށެވެ. އަދި މިކަން ކޮޅެއްގައި ޖެހެންޖެހޭކަމަށާއި، އެޑިޔުކޭޝަންގެ ނިންމުންތަކުން ދޭހަވަނީ އަވަސް ނިންމުންތައް ނިންމާލަނީ ހަމައެއްވަރަކަށްވެސް ނުވިސްނާހެންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޢަރަބިއްޔާ ޢިމާރާތުގައި ރެނދުލައިގެން ބެލެނިވެރިން އަންނަނީ ކުދިންގެ ރައްކާތެރިކަމާމެދު ސުވާލު އުފައްދާ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިގޮތުން ޢަރަބިއްޔާގެ ބެލެނިވެރިން ވަނީ ބައްދަލުވުމެއް ބާއްވާފައެވެ. ޢަރަބިއްޔާގެ ބެލެނިވެރިން ބޭއްވި ބައްދަލުވުމުގައި ހުރިހާ ބެލެނިވެރިން އިއްތިފާޤުވެފައިވަނީ، ޝެއަރ ކުރާ ގޮތަށް ޢިއްޒުއްދީނުގެ އިމާރާތަށް ދަރިވަރުން ބަދަލުނުކުރުމަށެވެ. އެގޮތަށް ޝެއަރ ކުރުމުގެ ސަބަބުން ދަރިވަރުންގެ ކިޔެވުމާއި އުޅުމާއި އަޚްލާޤު އެއްކޮށް ހަލާކުވާނެ ކަމަށް ބެލެނިވެރިން ފާހަގަކުރެއެވެ.

ނަމަވެސް ޢަރަބިއްޔާ ސްކޫލްގެ ދަރިވަރުން ޢިއްޒުއްދީން ސްކޫލަށް ބަދަލުކުރުމަށް ނިންމާ އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ވަނީ ޢަރަބިއްޔާ ސްކޫލް ޢިމާރާތަކީ ކުދިންނަށް ކިޔަވައިދިނުމަށް އެންމެ ރައްކާތެރިތަނަކަށްނުވާތީ ވަގުތީގޮތުން އެކަމަށް ޙައްލެއް ގެނައުމަށް އެމިނިސްޓްރީއިން ނިންމަވާފައިވާކަމަށެވެ. އަދި އެޑިއުކޭޝަންގެ އެ ނިންމުން ކުށްވެރިކޮށް ޢަރަބިއްޔާ ސްކޫލްގެ ބެލެނިވެރިން ނެރުނު ބަޔާނުގައި ވަނީ، ޢަރަބިއްޔާ ސްކޫލުގެ ދަރިވަރުންގެ ކިޔެވުމުގެ ޙައްޤައް ހުރަސް އެޅި، އެކުދިންގެ ޢަރަބި އިސްލާމީ މަންޙަޖުގެ ތަޢުލީމު އެކީއެކަށް ފުނޑުފުނޑު ވެގެން ދާނެހެން އެޑިއުކޭޝަނުން ނިންމާފައިވާ ނިންމެވުން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރާކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!