މީހުން
ދެފުރާނަ އެއް ހަށިގަނޑެއްގައި

ދަރިޔަކު ލިބުމަކީ ކޮންމެ މަޔަކަށްވެސް އަދި ބަފަޔަކަށްވެސް ދިރިއުޅުމުގައި އެންމެ އުފާވެރި އިޙްސާސް ގެނުވާ އެއް ވަގުތުކޮޅެވެ. ނަމަވެސް އެމެރިކާގެ މިންނެސޮތާ އަށް އުފަން ދެމަފިރިއެއް ކަމުގައިވާ ޕެޓީ އަދި މައިކް ހެންސެލް، އަށް ދަރިޔަކު ލިބުން ވެގެން ގޮސްފައިވަނީ ވަރަށް ޚާއްސަ އުފަލެއް ލިބިގެން ގޮސްފައިވާ ހާދިސާއަކަށެވެ.

މިދެމަފިރިންގެ ފުރަތަމަ ދަރިއެއްގެ ގޮތުގައި އުފަންވެ، ދެމަފިރިން މިދުނިޔެއަށް މަރުޙަބާ ކިޔާފައިވަނީ، އެންމެ ކުއްޖެއް ނޫނެވެ. އެއް ހަށިގަނޑެއްގައި ވާ ދެ ކުދިންނެވެ. އެއް ހަށިގަނޑުގައިވާ ދެފުރާނައެވެ. ދިރިއުޅުމުގައި ތަފާތު ދަތިތަކާއި އެކުވެސް، މިދެ ކުދިން ވެގެން ގޮސްފައިވަނީ، އެ ދެމަފިރިންގެ ދިރިއުޅުމަށް އުފާވެރިކަން ގެނެސްދީ، މުޅި ދުނިޔެއަށް އިބުރަތްތެރި ފިލާވަޅެއް ދަސްކޮށްދީފައިވާ ދެފަރާތަށެވެ.

މައިކް ހެންސެލްގެ ދެމަފިރިންނަށް މާރޗް 1990 ގައި ލިބުނު އެއްމާބަނޑު ދެކުދިން ކަމުގައިވާ، އެބީ އަދި ބްރިޓްނީ އަކީ އެއް ހަށިގަނޑެއްގައިވާ ދެފުރާނައެވެ. އެބީ އަދި ބްރިޓްނީ އެއް ހަށިގަނޑެއްގައި ވީނަމަވެސް، އެ ހަށިގަނޑުގައި ދެމީހުންގެ ނޭވާލާ ނިޒާމް 2 ފުއްޕާ މޭ އާއި އެކު ވަކި 2 ހިތް އަދި ދެމީހުންނަށް ވަކިން ކާތަކެތި ހަޖަމް ކުރުމުގެ ނިޒާމް އަދި ގޮހުރު އަދި 03 ކިޑްނީ އުފެދިފައިވެއެވެ. ނަމަވެސް މިދެފަރާތުގެ ގުޅިފައިވާ ހަށިގަނޑުގައި ހިމެނިފައިވަނީ 2 އަތާއި 2 ފައި އެކަންޏެވެ. އަދި ދެމީހުންގެ ދެ މައިބަދަ އުފެދިފައިވާއިރު، މައިބަދަ ނިމޭ ހިސާބުން، މައިބަދަ ގުޅިފައިވުމުގެ އިތުރުން، އުނަގަނޑުން ތިރީގައިވާ ހުރިހާ ގުނަވަނެއް އުފެދިފައިވަނީ އެއް އިންސާނެއްގެ ގޮތުގައެވެ.

އެބީ އަދި ބްރިޓްނީ އާއި ގުޅުވައިގެން ގިނަމީހުން ތަފާތު ސުވާލުތައް އުފައްދައެވެ. މިގޮތުން އެންމެ ގިނަ ފަރާތުން އުފައްދާ އެއް ސުވާލަކީ، އެއީ އެއް ހަށިގަނޑުގައިވާ ދެމީހުން ބާއެވެ؟ ވިސްނުމާއި ފިކުރު އެއްގޮތް ހެއްޔެވެ؟ އެކަކު ވިސްނާ ކަންކަން އަނެކަކަށް އެނގޭ ހެއްޔެވެ؟ މިސުވާލުތަކަށް ވަރަށް ފުރިހަމަޔަށް މިދެފަރާތުން ޖަވާބުދެއެވެ. މިގޮތުން، ދެފަރާތުގެ ވިސްނުމާއި ފިކުރު އަނެކަކަށް ނޭނގޭ ކަމަށާއި، އަދި އެއް ހަށިގަނޑުގައި ގުޅިފައި ވީނަމަވެސް އެބީ އަދި ބްރިޓްނީ އަކީ ދެމީހުންނެވެ.

މިފަދަ ގޮތަކަށް ގޮތަކަށް ދެ އިންސާނުން އެއް ހަށިގަނޑުގައި އުފެދުމަށް މެދުވެރިވާ ބައެއް ސައިންޓިފިކް ސަބަބުތަކަށް ބަލައިލަމެވެ. އަންހެނާގެ އޯވަރީން އުފައްދާ ބިސް، ދަރިމައި ވުމަށްފަހު، އެންމާބަނޑު ކުދިން ކަމުގައިވާނަމަ، ދަރިމައިވެފައިވާ ބިސް ދެބޔަކަށް ބައިވެ ދެދަރިންގެ ގޮތުގައި މާބަނޑުގައި ގަރުބަގަނެ އުފެދެން ފަށައެވެ. އަދި މިކަން ކުރިޔަށްދަނީ މާބަނޑުވުމުގެ ފުރަތަ ދެ ހަފްތާ ތެރޭގައެވެ. ނަމަވެސް މި ދެކުދިންނަށް ކުރިމަތިވެފައިވާ ގޮތަށް ބަލާއިރު، ބިސް ދެބައިވުމުގެ ހަރުފަތް ފެށިފައި ވީނަމަވެސް، މުޅިން އެ ހަރުފަތް ނުނިމި، އެއްކޮށް ބައިނުވެ، ވަކިވަރަކަށް ބައިވުމަށްފަހު، އެގޮތަށް ދެކުދިންގެ ހެދި ބޮޑުވުން ކުރިޔަށް ދިޔައީއެވެ. ނަމަވެސް މިއީ ވަރަށް މަދުން ނޫނީ ކުރިމަތިނުވާ ގޮތެކެވެ. މިފަދަ ގޮތަކަށް އުފެދުމުގައި މައްސަލަޖެހި ދުނިޔަށް އުފަންވަނީ 200000 (ދެލައްކަ) ކުދިންގެ ތެރެއިން 1 ކުއްޖެކެވެ. އަދި މިފަދައިން އުފަންވާ ކުދިންގެ ހަށިގަނޑުގެ ތަފާތު ގުނަވަންތައް އެންމެ ރަނގަޅަށް އުފެދިފައި ނުވާތީ، މިފަދަ ކުދިން ދުނިޔޭގައި ސަލާމަތުން ދިރިތިބުމުގެ ފުރުސަތު އޮންނަނީ 5 އިންސައްތައާއި 25 އިންސައްތައިގެ ފުރުޞަތެވެ.

ފުރަތަމަ ފަހަރަށް ބްރިޓްނީ އަދި އެބީގެ ވާހަކަ ދުނިޔެއަށް އެނގިގެން ގޮސްފައިވަނީ، 90 ގެ މެދު އަހަރުތަކުގައެވެ. މި ދެފަރާތުގެ ރިއަލިޓީ ޝޯވްއެއް 2012 އިން ފެއްޓިގެން އޮޕްރާ ވިންފްރޭ ޝޯވް ނަމަކަށް ކިޔާ ޝޯއަކުން ދައްކައެވެ. މިގޮތުން މިދެފަރާތުގެ ފުރަތަމަ ފެނިލުން ފެނިގެން ދިޔައީ 1996 ވަނަ އަހަރުއެވެ. މިފެނިލުމުގައި ދެފަރާތުގެ ވާހަކަ އާންމުންނަށް އެނގިގެންގޮސް ގިނަބަޔެއްގެ މަޤްބޫލުކަން ހޯދާފައި ވެއެވެ. އަދި އެއަށްފަހު މިދެފަރާތް ލައިފް މެގަޒިނެއްގައި، “ދަ ހެންހެސެލް ސަމަރ” ގެ ނަމުގައި މިދެފަރާތުގެ ފޮޓޯ ޝޫޓެއް ހިމަނައިގެން މިދެފަރާތުގެ ވާހަކަ ދުނިޔެއާއި ހިއްސާކުރުމުގެ ފުރުޞަތު ލިބުނެވެ. އަދި މިފުރުޞަތަށްފަހު، ބްރިޓްނީ އަދި އެބީއަށް ވަރަށް ބޮޑު މަޝްހޫރުކަމެއް ލިބިގެން ދިޔައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!