ޚަބަރު
ޝަރީއަތުގެ އަޑުއެހުމަށް ރާއްޖެ އަންނަން އަލީ ވަހީދަށް އަންގައިފި

ޖިންސީ ގޯނާގެ ތުހުމަތުތަކެއް އުފުލިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޝަރީއަތުގެ އަޑުއެހުމުގައި ބައިވެރިވާން އޭނާ ސުޕްރީމް ކޯޓަށް ހާޒިރުވާން އަންގައި، އެ ކޯޓިން ޗިޓު ފޮނުވައިފިއެވެ.

އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވެވޭ ގޮތް އަލީ ވަހީދަށް ހަމަޖައްސައިދޭން ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ނިންމެވި ނިންމެވުން ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުން ވަނީ އެ މައްސަލަ ބެލޭނެ ގާނޫނީ ހަމައެއް ނެތް ކަމަށް ބުނެ މައްސަލަ ކޯޓުން ބޭރުކޮށްލައިފައެވެ.

އި ކޯޓުގެ ނިންމުން ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، އެ ކޯޓުން ވަނީ މައްސަލައިގެ އަޑުއެހުމުގައި ބައިވެރިވާން އަލީ ވަހީދަށް ޗިޓު ހަވާލުކޮށްފައެވެ.

އަލީ ވަހީދު މިވަގުތު ހުންނެވީ ބޭސްފަރުވާއަށް ކަމަށް ވިދާޅުވެ އިނގިރޭސިވިލާތުގައެވެ. ސުޕްރީމް ކޯޓަށް ހާޒިރުވާން އަލީ ވަހީދަށް އެންގީ އަންނަ މަހުގެ ދެ ވަނަ ދުވަހުގެ މެންދުރު 1:00 އަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!