މިއަދު މިގައުމަށް އިންޑިއާގެ ނުފޫޒު އޮތް މިންވަރުން ވާހަކަ ދައްކަން ޖެހެނީ ތިލަކޮށް ސީދާ ސާދާކޮށް ކަމަށާއި، ރައީސް ޔާމީންގެ ވިސްނުންފުޅަކީ ވަޠަނީ ވިސްނުންފުޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިހެން ވިދާޅުވީ، އިންޑިއާ އައުޓް ހަރަކާތްތަކާ ގުޅިގެން “ދައުރު” ނޫހުގައި ޝާއިއުކޮށްފައިވާ ރިޕޯޓެއް ޓުވިޓާގައި ޝެއަރކޮށްފައެވެ. އެގޮތުން ޝިޔާމްގެ ޓުވީޓުގައި ވިދާޅުވެފައިވަނީ، ބައެއް ގައުމުތައް ސުންނާފަތިވެ އަޅުވެތިވެގެން ދިޔައިރުވެސް އެވިދާޅުވާ ޑިޕްލޮމެޓުން ދިބީ ޑިޕްލޮމެޓިކް ވާހަކަ ދައްކަވަން ކަމަށެވެ.
“މިއަދު މިޤައުމަށް އިންޑިޔާގެ ނުފޫޒު އޮތްމިންވަރުން ވާހަކަ ދައްކަން ޖެހެނީ ތިލަކޮށް ސީދާ ސާދާކޮށް. ރައީސް ޔާމިންގެ ވިސްނުންފުޅަލީ ވަޠަނީ ވިސްނުންފުޅެއް”- ޝިޔާމް ވިދާޅުވިއެވެ.