ޚަބަރު
ކުޑަކުދިންނަށް ހާއްސަ އަދަބީބަސް ފޮތެއް އެސްޓީއޯއިން ނެރެފި

ކުޑަކުދިންނަށް ހާއްސަކޮށްގެން އަދަބީބަސް ފޮތެއް އެސްޓީއޯއިން ނެރެފިއެވެ.

އެސްޓީއޯގެ 2022 ވަނަ އަހަރުގެ ކަލަންޑަރު އިފްތިތާހު ކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި މިފޮތް ނެރެދެއްވީ ދިވެހިބަހުގެ އެކަޑަމީގެ ރައީސް ޑރ އަޝްރަފް އަބްދުއްރަހީމްއެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ. އަޝްރަފް ވިދާޅުވީ، ދައުލަތުގެ ކުންފުނިތަކުން ދިވެހި ބަހަށް ސަމާލުކަންދީގެން މަސައްކަތް ކުރުމަކީ ވަރަށް ދެކެން ބޭނުންވެވަޑައިގެންނެވި ދުވަހެއް ކަމަށާއި، އެހެން ކަމުން މިމަސައްކަތަށްޓަކައި އެސްޓީއޯއަށް ޝުކުރު އަދާކުރާކަމަށެވެ.

ދިވެހި ބަހުގެ އެކަޑަމީއެއް އުފައްދައިގެން އެތަނުގެ މުވައްޒަފުން އެކަނި މަސައްކަތް ކުރިނަމަވެސް ދައުލަތުގެ ކުންފުނި ތަކާއި ދައުލަތުގެ މުއައްސަސާތަކާއި ވުޒާރާތަކުން ދިވެހި ބަހަށް ދޭން ޖެހޭ ސަމާލުކަން ނުދޭހާ ހިނދެއްގައި ދިވެހި ބަސް އެންމެ އެދެވޭ ގޮތެއްގައި ކުރިއަށް ނުދާނެ ކަން ޑރ. އަޝްރަފްގެ ވާހަކައިގައި އަލިއަޅުއްވާފައިވެއެވެ.

އެސްޓީއޯއިން އިސްނަގައިގެން ދިވެހި ބަހުގެ އެކަޑަމީއާ ގުޅިގެން މަސައްކަތް ކުރައްވާ ކަމަކީ، ދިވެހި އަދަބީ ބަސް އިތުރު ހަރުފަތަކަށް ގެންދިއުމަށް ލިބިގެންދާނެ ވަރަށް ބޮޑު އެހީތެރިކަމެއް ކަމަށާއި، މިއީ ދިވެހި ބަހުގެ އެކަޑަމީ އުފަލާއެކު މަރުހަބާ ކިޔާ ކަމެއް ކަމަށްވެސް ޑރ އަޝްރަފް ވިދާޅުވިއެވެ. އަދި ޒަމާނީ ކުރެހުންތަކާއެކު ކުޑަކުދިންނަށް އެފަދަ ފޮތެއް ނެރެދެއްވުމަކީ އުފާކުރާ ކަމެއް ކަމަށްވެސް އެމަނިކުފާނު ފާހަގަކޮށްފައިވެއެވެ.

މި ރަސްމިއްޔާތުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވީ، ދުނިޔޭގެ އެހެން ގައުމުތަކުގެ ބަސްތަކުގައި ވެސް އަދަބީބަސް ބޭނުންކޮށް އުޅޭ ކަމަށާއި އެފަދަ ބަސްތައް އުފެދިފައި ހުންނަނީ ވަރަށް ގިނަ ބައެއްގެ ތަޖުރިބާތަކުގެ ތެރެއިން ކަމަށެވެ.

އެގޮތުން 2022 ވަނަ އަހަރުގެ ކަލަންޑަރު އަދަބީބަހަށް ހާއްސަކޮށްގެން ނެރެން ނިންމާފައިވަނީ، މިހާރު ދިވެހިންގެ ތެރޭގައި ބޭނުން ކުރާ ހަރުބަސްތަކާއި މިސާލުބަސްތަކަކީ ކުރީއްސުރެ އުފެދިގެން އައިސްފައިވާ ބަސްތަކެއް ނަމަވެސް، ދުނިޔެ ބަދަލުވެ އާ ކަންތައްތައް ތައާރަފުވަމުން އަންނައިރު، އަދަބީބަހަކީ ވެސް އާ ވަމުން އަންނަ އެއްޗަކަށް ވުމަކީ މުހިއްމު ކަމެއްގެ ގޮތުގައި ދެކިވަޑައިގަންނަވާތީ ކަމަށެވެ. އަދި އާ މިސާލުބަސްތަކާއި ހަރުބަސްތައް އިތުރަށް އުފައްދަން ޖެހޭ ކަމަށް ވެސް އަމްރު ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!