ޚަބަރު
އިންޑިއާ އައުޓް ހަރަކާތަކީ ބޮޑު ޖަރީމާއެއް – ނާޒިމް

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން އިދިކޮޅު ކޯލިޝަނުން ފަށާފައިވާ “އިންޑިއާ އައުޓް” ކެމްޕެއިން އަކީ ވަކި ބޭފުޅަކު ފައިދާ ހޯދުމަށް ކުރަމުންގެންދާ ބޮޑު ޖަރީމާއެއް ކަމަށާއި، އެމްއެންޕީ އިން އެކަން ބަލައި ނުގަންނަ ކަމަށް އެޕާޓީއިން މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ބުނެފިއެވެ.

އެޕާޓީއިން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން، އެމްއެންޕީގެ ރައީސް އަދި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވީ، ރާއްޖޭގައި ބޭރު ގައުމުތަކުގެ ސިފައިން ތިބުމަށް ދިވެހިން ބޭނުން ނުވާތީ އެމްއެންޕީއިންވެސް ތިބޭނީ އެގޮތުގައި ކަމަށެވެ.

ނަމަވެސް ރައީސް ޔާމީން އިސްވެ ހުންނަވައ، ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ފަށާފައިވާ “އިންޑިއާ އައުޓް” ކެމްޕެއިނަކީ ގައުމަށް ލިބޭ ވަރަށް ބޮޑު ދެރައެއް ކަމަށާއި އެއީ ގައުމީ ކެމްޕެއިނެއް ނޫން ކަމަށްވެސް ކާނަލް ނާޒިމް ވިދާޅުވިއެވެ.

“މިއީ ގައުމީ ކެމްޕެއިނެއް ނޫން. އެމްއެންޕީ ގަބޫލެއް ނުކުރަން އިންޑިއާ އައުޓު ކެމްޕެއިނަކީ ގައުމީ ކެމްޕެއިން ކަމަށް. އެމްއެންޕީން އިލްތިމާސްކުރަން ރައްޔިތުން މީގައި ބައިވެރި ނުވާން،” ޔާމީންގެ ވެރިކަމުގެ ފުރަތަމަ ޑިފެންސް މިނިސްޓަރު ކާނަލް ނާޒިމް ވިދާޅުވި އެވެ.

އިންޑިއާ އައުޓް ކެމްޕެއިންގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށާއި، ރާއްޖެ ފަދަ ކުޑަ ގައުމަކުން އުޅެން ޖެހޭނީ އެހެން ގައުމުތަކާ ގުޅިގެން ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ. އަދި އަމިއްލަ ފަރުދުންގެ ކަންކަން އިސްކުރުމުގެ ފުރުސަތު ދިވެހިން ދީގެން ނުވާނެ ކަމަށްވެސް ނާޒިމް ވަނީ ވިދާޅުވެފައެވެ.

“އެ ގޮތަށް ގައުމަކާ ދޭތެރޭގައި ކަންކަން ކުރެވިގެން ނުވާނެ. އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު، ގައުމެއްގެ ނަން ޖަހައިގެން ނުކުމެ އެ ގޮތަށް ހުންނެވުމަކީ ގަބޫލު ކުރެވިދާނެ ކަމެއް ކަމަށް. ބޭރުގެ އެކިއެކި ޓޫރިސްޓުން އެ ހެދުން އަޅުވައިގެން ނުކުމެ އެ ހިންގާ ހިންގުމަކީ ހަގީގަތުގައި މި ގައުމަށް ދެވޭ ވަރަށް ބޮޑު ދެރައެއް، ނިކަމެތިކަމެއް. ވަރަށް ބޮޑު ޖަރީމާއެއް.” އެމްއެންޕީއިން ވިދާޅުވިއެވެ.

މިއަދު އެމްއެންޕީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޕާޓީގެ ނައިބު ރައީސް، ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ އިންޑިއާ އަދި ޗައިނާއަކީ ވެސް ރާއްޖެ އަށް މުހިއްމު ދެ ގައުމު ކަމަށާއި، ވަކި ގައުމަކަށް ބަރޯސާވަނީ ރައީސަކަށް ހުންނެވި ބޭފުޅާގެ ބަލިކަށިކަމުން ކަމަށާއި އެކަން ބަލައި ނުގަނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

“ހުރިހާ ގައުމަކާ ވެސް ގާތް ގުޅުން ބާއްވައިގެން ރަނގަޅުވާނެ. ގައުމުތަކާ ދިމާކޮށްގެން ރަނގަޅެއް ނުވާނެ،” ކުރީގެ ޕޮލިސް ކޮމިޝަނަރު ރިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންޑިއާ އައި ޗައިނާއަކީ ވެސް ރާއްޖެ އަށް މުހިއްމު ދެ ގައުމު ކަމަށެވެ. އެ ގައުމުތަކާ ބެހިގެން، މަގުމައްޗަށް ނުކުތުމަކީ ބަލައިގަންނަ ކަމެއް ނޫން ކަމަށް ރިޔާޒް ވިާޅުވި އެވެ. އަދި ޕީޕީއެމް ވެރިކަމެއްގައި ޗައިނާއާ ގާތްގުޅުމެއް ބާއްވައި އަދި އެމްޑީޕީގެ ވެރިކަމުގައި އިންޑިއާ ކޮޅަށް ބުރަވެގެން ހާރިޖީ ކަންކަން ކުރިއަކަށް ނުދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރިޔާޒު އިތުރަށް ވިދާޅުވީ، ރައީސް މައުމޫނުގެ ވެރިކަމުގައި ހާރިޖީ ކަންކަން ދިޔައީ ވަރަށް ރަނގަޅަށް ކަމަށާއި، ނޮވްމެބަރ 3، 1988 ގެ އުދުވާނީ ހަމަލާއާ ގުޅިގެން 1989 ގައި ހަތިޔާރު އެޅި ބޭރު ސިފައިން ރާއްޖޭގައި ތިބި ކަމަށެވެ. ނަމަވެސް އެމީހުން ގައުމު ދޫކޮށް ދިޔަ ކަމަށްވެސް ރިޔާޒް ފާހަގަކުރައްވާފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!