ޚަބަރު
މިއަދު ތިނަދޫއިން އެއްވެސް ފަރާތެއް ކޮވިޑައް ފައްސި ނުވޭ

މިއަދު ތިނަދޫއިން އެއްވެސް ފަރާތެއް ފައްސި ނުވާކަމަށް ތިނަދޫގައި ހުންނަ ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނެފިއެވެ.

އެ ހޮސްޕިޓަލުން ބުނި ގޮތުގައި މިއަދު ތިނަދޫ އެއްވެސް ފަރާތެއް ކޮވިޑް19 އަށް ފައްސި ނުވާއިރު 13 ފަރާތެއް ވަނީ ބަލިން ރަނގަޅުވެފައެވެ. މިއަދު ނަތީއްޖާ ލިބުނު ސާމްޕަލްތަކުގެ ތެރޭގައި، ރެންޑަމް ސާމްޕަލް ތަކުގެ އިތުރުން ޕެންޑިން ސާމްޕަލް ތައް ވެސް ހިމެނެއެވެ. އެއާއެކު ތިނަދޫގެ އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 153 އަށް ތިރިވެފައެވެ. އިއްޔެ އެ އަދަދު ހުރީ 166 ގައެވެ.

ތިނަދޫގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިއަދާ ހަމައަށް އެރަށުން ކޮވިޑަށް ފައްސި ޖުމްލަ އަދަދކީ 876 އެވެ. އޭގެ ތެރެއިން 721 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ.

ތިނަދޫގައި ކޮވިޑަށް ފައްސިވާ އަދަދު މަދުވުމުން ތިނަދޫގައި އަޅާފައިވާ ބައެއް ފިޔަވަޅުތަކަށްވެސް މިހާރުވަނީ ލުއިތަކެއް ދީފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!