ރިޕޯޓް
ޗައިނާގެ ފުރަތަމަ ދިވެހި ޓީޗަރުގެ، ފުރަތަމަ ދިވެހި މުދައްރިސް – ފަޚުރުވެރި ހުވަދޫ ދަރިއެއް

ޗައިނާގެ ބެއިޖީންގެ ފޮރިން ސްޓަޑީޒް ޔުނިވާސިޓީ (ބީއެފްއެސްޔޫ) ގައި ވަރަށް ފަހުން އަލަށް ދިވެހި ބަސް ކިޔަވައި ދޭން ވަނީ ފަށާފައެވެ. އެ ޔުނިވާސިޓީ އިން ދިވެހި ބަހުގެ ކޯސްތައް ވަނީ ފަށާފައެވެ.

މިއީ ދިވެހި ޤައުމު ނޫން އެހެން ގައުމެއްގެ ޔުނިވާސިޓީއެއްގައި ދިވެހި ބަހުގެ ކޯހެއް ރަސްމީކޮށް ހިންގަން ފެއްޓި ފުރަތަމަ ފަހަރުކަންވެސް ފާހަގަކޮށްލެވެއެވެ. މި ކޯސް ފެށުމުގެ ގޮތުން ބީއެފްއެސްޔޫގައި ބޭއްވުނު ޚާއްސަ ހަފްލާއެއްގައި އެ ޔުނިވާސިޓީގެ އިސް ބޭފުޅުންނާއި ޗައިނާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ އޮފިޝަލުންވެސް ބައިވެރިވެވަޑައިގެންފައި ވެއެވެ.

މިހާ ހިސާބުން އުފެދޭ ސުވާލަކީ، ބެއިޖިންގެ ބީއެފްއެސްޔޫ ޔުނިވާސިޓީގައި ދިވެހި ބަސް ކިޔަވާދެއްވަނީ ދިވެއްސެއް ހެއްޔެވެ؟ މިސުވާލުގެ ޖަވާބުގައި ބުނެލަން އޮތީ، އެ ޔުނިވާސިޓީގައި ދިވެހިބަސް ކިޔަވައި ދެއްވަނީ ދިވެއްސެއް ނޫނެވެ. ޗައިނާގެ ބޭފުޅެއް ކަމެވެ. ދެން ގިނަ ބަޔެއްގެ ހިތަށް ވެރިވާނެ ސުވާލަކީ، ޗައިނާ މީހަކު ދިވެހި ބަސް ދަސްކުރީ ކިހިނެއްބާއެވެ؟ ޗައިނާގެ ފުރަތަމަ ދިވެހި މުދައްރިސާ އަށް ދިވެހި ދަސްކޮށްދެއްވީ، މި ހުވަދު އަތޮޅަށް އުފަން ފަޚުރުވެރި ފަރާތެކެވެ.

ޗައިނާއަށް އުފަން ޗޫ ފަންގް ފަންގް ނަމަކަށް ކިޔާ ފަރާތަކީ ޗައިނާގެ ފުރަތަމަ ދިވެހި ޓީޗަރެވެ. ފަންގް އޭނާގެ ޓްވިޓާގައި ދިވެހި ބަހުން ޓްވީޓް ކޮށްފައިވާ ގޮތުގައި، ދިވެހި ބަސް ދަސްކުރުމުގެ މަރުޙަލާގައި، އޭނާގެ އެންމެ ފުރަތަމަ މުދައްރިސަކީ، ގދ. ތިނަދޫ އަށް އުފަން އަދި ވަރަށް ފަހުން ބެއިޖިން އިން ޕީއެޗްޑީ ހާޞިލްކުރެއްވި، އަދި މިހާރު، ހުވަދޫ ސްކޫލްގެ ޕްރިންސިޕަލެއްގެ ވަޒީފާ އަދާކުރަމުން އަންނަ، ޑރ. ޝައިސްތާ އަލީއެވެ. ފަންގް ހާމަކޮށްފައިވާ ގޮތުގައި، ދިވެހި ބަހުގެ އަކުރުގެ ރާގާއި، މަޚްރަޖުން ފެށިގެން އަކުރު ލިޔާނެ ގޮތްވެސް އެންމެ ފުރަތަމަ އޭނާއަށް ދަސްކޮށްދެއްވީވެސް ޑރ. ޝައިސްތާއެވެ.

ފަންގް ސޯޝަލް މީޑިޔާގައި ދިވެހި ބަހުން ހާމަކޮށްފައިވާ ގޮތުގައި، އޭނާ ދިވެހި ދަސްކުރުމުގެ މަސައްކަތް ފަށާފައިވަނީ 2018 ވަނަ އަހަރުގައެވެ. އަދި ދިވެހި ބަސް ދަސްކުރުމަށް އިތުރަށް ރާއްޖެ އައިސް، ރާއްޖޭގައި ހޭދަކުރި ދުވަސްތަކަކީ އުފާވެރި ދުވަސްތަކެއް ކަމުގައެވެ.

ދިވެހި ބަސް ކިޔަވައި ދިނުން ފެއްޓުމަށް، ދިވެހި އެމްބަސީގެ ބޭފުޅުންނާއި އެކު ބޭއްވި ޚާއްސަ ރަސްމިއްޔާތު

ދިވެހި ބަސް ކިޔަވައި ދިނުމުގައި ލިބިފައިވާ ކާމިޔާބީ ފާހަގަކުރުން

ޔުނިވާސިޓީގައި ދިވެހި ކިޔަވައިދޭ ވީޑިއޯއެއް

ޔުނިވާސިޓީގައި ދިވެހި ބަހުގެ ކޯހުގައި ކިޔަވައިދޭ މަންޒަރު

ޑރ. ޝައިސްތާ އަލީ ހުވަދޫ ނޫހަށް މަޢުލޫމާތު ދެއްވިގޮތުގައި ފަންގް އާއި ޝައިސްތާ އާއި ފުރަތަމަ ބައްދަލުވީ ބެއިޖިންގް ގައި އޭނާ ތަޢުލީމު ހާޞިލް ކުރެއްވި ޔުނިވަރސިޓީ އިން ކަމަށެވެ. އެ ޔުނިވާސިޓީ އަކީ ތަފާތު ބަސްތަކުގެ ދިރާސާކޮށް ބަސް ދަސްކޮށްދޭ ޔުނިވާސިޓީ އަކަށް ވެފައި، ޔުނިވާސިޓީގެ ފަރާތުން ދިވެހި ބަސް ދަސްކުރުމަށް ފަންގް އަށް ހުށަހެޅުމުން، އެހުށަހެޅުން ޤަބޫލުކޮށް، ދިވެހި ބަސް ދަސްކުރުމަށް އޭނަ ނިންމި ކަމަށެވެ. އަދި ދިވެހި ދަރިވަރަކު އެޔުނިވާސިޓީގައި ތަޢުލީމް ހާޞިލްކުރާކަން އެނގިގެން ފަންގް އޭނާ އާއި ބައްދަލު ކުރި ކަމަށެވެ.

ފަންގް ދިވެހި ބަސް ދަސްކުރުމަށް ހުރި ޝައުޤުވެރިކަމުގެ ބޮޑުކަމުން، ދިވެހި ބަހުގައި އެކުލެވިފައިވާ ފޮނެޓިކް (އަޑުތަކާއި)، ދިވެހި އަކުރުތައް އަދި ބަސް ބޭނުންކުރާ ގޮތް ފަންގް އަށް ދަސްކޮށްދިނުމުގެ މަސައްކަތް ކޮށްދެއްވި ކަމަށެވެ. ޑރ. ޝައިސްތާ ބުނުއްވާ ގޮތުގައި މިއީ އޭނާއަށް ކުރެވުނު ފަޚުރުވެރި މަސައްކަތެވެ. އަމިއްލަ ބަސް ދިރުވައި އާލާކުރުމަށް މިފަދަ ފުރުޞަތެއް ލިބުނީތީ އުފާކުރާ ކަމަށެވެ.

ޑރ. ޝައިސްތާ އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، ފަންގް އަކީ ވަރަށް ގާތް ރައްޓެއްސެއް ކަމަށާއި، ދިވެހި ބަސް އިތުރަށް ދަސްކޮށް ކިޔެވުމަށް، ފަންގް ރާއްޖެ އައުމަށް ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދީފައި ވާނެކަމަށެވެ. އަދި އެމްއެންޔޫ އިން ހިންގާ ދިވެހި ބަހުގެ މާސްޓާސް ކޯހުގައި ފަންގް ބައިވެރިވުމަށް އެހީތެރިކަން ފޯރުކޮށްދީފައި ވާނެ ކަމަށެވެ. ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވާސިޓީ އިން ދިވެހި ބަހުގެ މާސްޓާރސް ހެއްދެވުމަށްފަހު، ފަންގް އަންނަނީ ޗައިނާގެ ބެއިޖިންގްގެ ބީއެފްއެސްޔޫ ޔުނިވާސިޓީގައި ދިވެހި ޓީޗަރެއްގެ ގޮތުގައި، ދިވެހިބަހުގެ ތަފާތު ކޯސްތައް ހިންގަމުންނެވެ.

ރާއްޖެ އާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ބާއްވަމުން އަންނަތާ 50 އަހަރު ވާން ގާތްވެފައި ވާއިރު ޗައިނާ އަކީ ރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށް ދެމުން އަންނަ ގައުމެކެވެ. އުމްރާނީ ތަރައްގީއާއި އެކި ތަރައްގީގެ މަޝްރޫއުތަކުގައި ޗައިނާއިން އަންނަނީ މެދުކެނޑުމެއް ނެތި ރާއްޖެއަށް އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.

ދިވެހި ބަސް ޗައިނާގެ ޔުނިވާސިޓީއެއްގައި ފަށާފައިވާ އިރު، ކޮވިޑް ބަލިމަޑުކަން ފެތުރުމުގެ ކުރިން ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން ވެސް އަންނަ ގައުމުތަކުގެ ތެރޭގައި ޗައިނާ ހިމެނެއެވެ.

ދިވެހި ބަހަކީ، ކޮންމެ ޤައުމެއްގެ މީހަކަށްވެސް ދަސްކުރެވިދާނެ ބަހެއްކަން ފަންގް މިވަނީ ސާބިތު ކޮށް ދީފައެވެ. ދިވެހި ބަހަކީ މުހިންމު ބަހެއްކަމުގައިވެ، ދުނިޔޭގެ ތަފާތު ޤައުމުތަކުގައި ދިވެހި ބަސް ކިޔަވައިދިނުމަކީ، ދިވެހި ބަހަށް ލިބިގެންދާނެ ކުރިއެރުމެކެވެ.

މުސްތަޤްބަލުގައި ޗައިނާ އިން އަންނަ ފަތުރުވެރިން، އަހަރަމެން ދިވެހިންނެކޭ އެއްފަދައިން ދިވެހި ބަހުން ވާހަކަ ދެއްކުމަކީ ދުރުގައި އޮތްކަމެއް ނޫނެވެ.

ހުވަދު އަތޮޅުގެ ދަރިއެއްކަމުގައިވާ، ޑރ. ޝައިސްތާ އަލީ، ދިވެހި ބަސް ކުރިއެރުވުމަށް ކޮށްދީފައިވާ މިމަސައްކަތަށް ހުވަދޫނިއުސްގެ ފަރާތުން ޑރ. ޝައިސްތާ އަލީ އަށް ޝުކުރު އަދާކުރަމެވެ.

ދިވެހި ބަހަކީ އަދުގެ ދިވެހި ޒުވާން ޖީލު، ބަލައިގަންނަ، އެބަހަކަށް ލޯބިކުރާ، އަދި އެބަހުން ވާހަކަދައްކަން ފަޚުރުވެރިވާ ބަހަކަށް ހެދުމަކީ އަހަރަމެން ދިވެހިންގެ ކޮނޑުގައި އެޅިފައިވާ މަސައޫލިއްޔަތެކެވެ.

  1. Al hamdulillahi emmefahun dhivehi bas ves ufa Dadi thraggee kurumugai beyru gaumeh. Beyrumeehun thikanves maagayaa vagothah kuriah gendaanekamy shakkeh oh kameh noon.