ޚަބަރު
ސޯޝަލް މީޑިޔާ މެދުވެރިކޮށް މަސްތުވާ ތަކެތި ވިއްކި މީހަކު މަރަން ހުކުމް ކޮށްފި

ސޯޝަލް މީޑީޔާ މެދުވެރިކޮށް މަސްތުވާތަކެތި ވިއްކި ކަމަށް ސާބިތުވެ ޕާކިސްތާނު މީހަކު މެރުމަށް އަބުދާބީގެ ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ވިޔަފާރީގެ ނިޔަތުގައި ވަޓްސްއެޕް މެދުވެރިކޮށް މަސްތުވާތަކެއްޗާއި ސައިކޯޓްރޮޕިކް މާއްދާތައް ގެންގުޅުނު ކަމުގެ ކުށް ސާބިތުވުމާއި ގުޅިގެން ޕާކިސްތާނު މީހަކު މެރުމަށް އަބޫދާބީ ކްރިމިނަލް ކޯޓުން މިވަނީ ހުކުމްކޮށްފައެވެ. އަދި އަތުލައިގަނެވުނު ތަކެތި ނައްތާލުމުގެ އިތުރުން، އެ ޖަރީމާގައި ބޭނުންކުރި ކާރާއި ފޯނު އަތުލުމަށްވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އަބޫދާބީގެ ފުލުހުންނާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން އަބޫދާބީގެ އެންޓި ނާކޮޓިކްސް ސެކްޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ކުރި ތަހުޤިގުން އެގުނު ގޮތުގައި ތުހުމަތު ކުރެވޭ މީހާ އަކީ އެ ޤައުމުން ބޭރުގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހަކާ މުއާމަލާތްކޮށް، މަސްތުވާތަކެއްޗާއި ސައިކޯޓްރޮޕިކް މާއްދާތައް ޕްރޮމޯޓް ކުރުމުގައި އަމަލީ ގޮތުން ބައިވެރިވި މީހެއް ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުގައި ޑްރަގް ޓްރެފިކް ކުރާ މީހާ ޔޫއޭއީގައި ދިރިއުޅޭ އެހެން މީހުން މެދުވެރިކޮށް އޭނާއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި ޑެލިވަރީ ކުރަމުން އަންނަ ކަމަށާއި، އެ ތަކެތި ވަޓްސްއެޕް މެދުވެރިކޮށް އެހެން މީހުންނަށް ފޮނުވާނީ ޑީލަރަށް ފޮޓޯ އާއި ކޮންޓެކްޓް ޑީޓެއިލް ފޮނުވުމުގެ ކުރިން އެކި ތަންތަނުގައި ގަވާއިދާ ހިލާފަށް ހުރި ތަކެތި ފޮރުވައިގެން ކަމަށް ކަމާބެހޭ ފަރާތްތަކަށް މައުލޫމާތު ލިބިފައިވާ ކަމަށް އަބޫދާބީ ފުލުހުން ވަނީ ހާމަކޮށްފައެވެ.

އެހެންކަމުން ޤާނޫނީ ހުއްދަޔަކާއެކު ތުހުމަތުކުރެވޭ މީހާގެ ގެއާއި ވެހިކަލް ބަލާ ފާސްކުރުމުން ޝައްކު ކުރެވޭ ކްރިސްޓަލައިން މާއްދާއެއް އެ މީހާގެ ގައިން ވަނީ ފެނިފައެވެ. އެ މާއްދާ އަކީ މަނާ ސައިކޯޓްރޮޕިކް މާއްދާއެކެވެ. އަދި ސޯޝަލް މީޑިއާގައި މަސްތުވާތަކެތި ޕްރޮމޯޓް ކުރުމަށް އޭނާ ބޭނުން ކުރަމުން ދިޔަ ފޯނެއް ވެސް ކަމާބެހޭ ފަރާތްތަކަށް ވަނީ ފެނިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!