ޚަބަރު
މާލޭ ރައްޔިތުންގެ ކުރިމަތީގައި ހުއްޓި ހުންނަން ރައީސް ނަޝީދު ލަދުގަންނަން ޖެހޭ – މަލީހް

މާލޭ ރައްޔިތުން ކުރިމަތީގައި ހުއްޓި ހުންނަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ލަދުގަންނަން ޖެހޭނެ ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީޙް ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީޙް މިހެން ވިދާޅުވީ، އެމްޑީޕީއިން މާލެ މީހުންނަށް ހާއްސަކޮށްގެން މިއަދު ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ދެއްކެވި ވާހަކަތަކާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެެވެ. އެމްޑީޕީއިން “މާލެ ސިޓީ ކޯކަސް ބައްދަލުވުން” ނަމުގައި ބޭއްވި ބައްދަލުވުމަކީ މާލެސިޓީގެ ރައްޔިތުނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމަށް ހައްލު ހޯދައި ދިނުމުގެ ގޮތުން ބޭއްވި ބައްދަލުވުމެކެވެ.

އެކަމާ ގުޅިގެން މަލީހް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމްޑީޕީ އަށް ރައްޔިތުންގެ މަޖިލީހުން 65 ގޮނޑި ދިނުމުންވެސް ބަހަނާ ދައްކަމުންދާ ކަމަށާއި، މާލޭ ރައްޔިތުން ކުރިމަތީ ހުއްޓި ހުންނަން ރައީސް ނަޝީދު ލަދުގަންނަން ޖެހޭ ކަމަށެވެ.

“އެމްޑީޕީއަކަށް ފްލެޓެއްވެސް ގޯއްޗެއްވެސް އަދި ޓިނު ގަނޑެެއްހާ މިންވަރުވެސް ރައްޔިތުންނަށް ނުދެވުނު. ހައްލަކީ އެމްޑީޕީގެ ވެރިކަން ނިންމުން.” – މަލީޙް ޖަމާލް

މިސަރުކާރު ގެންނަން މަލީހް ވަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އަދި މިސަރުކާރުގައި އެމަނިކުފާނުވަނީ ކޮމިއުނިކޭޝަން މިނިސްޓަރުގެ މަގާމުވެސް ފުރުއްވާފައެވެ. ނަމަވެސް މިނިސްޓަރު ކަމުން ވަކިކުރި ފަހުން މަލީޙް ފާހަގަކުރެވިފައިވަނީ މިސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ ބޭފުޅެއްގެ ގޮތުގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!