ޚަބަރު
މަޑަވެލީ “ކަމަނަ ދޯނީގެ ފަރާތުން” ނަޑެއްލާ ރައްޔިތުންނަށް 300 ކިލޯ މަސް ހަދިޔާކޮށްފި

ގދ މަޑަވެލީގެ ކަމަނަ ދޯނިން ނަޑެއްލާ ރައްޔިތުންނަށް 300 ކިލޯގެ ކަނޑުމަސް ހަދިޔާކޮށްފިއެވެ.

މަޑަވެލީ ކައުންސިލްގެ ރައީސް ފިޔާޒް ހަސަން ވިދާޅުވީ، ކައުންސިލްގެ ފަރާތުން ނަޑެއްލާ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލުމުން އެރަށުގެ މަސްވެރިންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެންދިޔަ ކަމަށާއި، އެގޮތުން މިވަގުތު ކަމަނަ ދޯނީގެ ކެޔޮޅު އަދި ދޯނީގެ ފަރާތުން ނަޑެއްލާ ރައްޔިތުންނަށް 300 ކިލޯގެ މަސް ހަދިޔާކޮށްފައިވާކަމަށެވެ.

މަޑަވެލީ ކައުންސިލުން މިއަދު ވިދާޅުވީ އަވައްޓެރި ނަޑެއްލާއަށް ކުރިމަތިވެފައިވާ ކޯވިޑް 19 ގެ ބަލިމަޑު ކަމުގެ ޙާލަތާ ގުޅިގެން ދިމާވެދާނެ ދަތި ކަންތަކަށް އެހީތެރިކަން ފޯރުކޮށްދޭން މަޑަވެލި ކައުންސިލުން ވަނީ ރައްޔިތުންނަށް ހުޅުވާލާފައެވެ. އެގޮތުން ނަޑެއްލާ އަށް އެހީގެ ތަކެތި ދޭން ބޭނުންވާ ފަރާތްތަކަށް މި ޖުލައި 18 ވަނަ ދުވަހުގެ 12 ޖަހަން ދެން ވަނީ ފުރުޞަތު ހުޅުވާލާފައެވެ. އަދި 7774952 ނަންބަރަށް ގުޅާ ފައިސާ ގެ އެހީ ދިނުމާއި އެހެނިހެން މައުލޫމާތު ސާފުކޮށް ވީހާވެސް އަވަހަކަށް ކުރިޔަށް ގެންދިޔުމަށް ރައްޔިތުންގެ ކިބައިން އެދޭކަމަށެވެ.
ތިނަދޫ ގައި ހުންނަ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ޓެސްޓު ކުރި ގދނަޑެއްލާ މީހަކު ކޮވިޑް-19 އަށް ފައްސިވުމާ ގުޅިގެން ނަޑެއްލާ ވަނީ މޮނީޓަރިންގ ހާލަތަށް ގެނެސްފައެވެ. އެގޮތުން އެމީހާއާއި ގާތުން ބައްދަލުވި ފަރާތްތަކުގެ ތެރެއިން އިއްޔެ ސާމްޕަލް ނެގި 10 މީހުންގެ ތެރެއިން 9 މީހަކު ފައްސިވެފައިވާތީ އެރަށުގައި މިހާރުވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅަފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!