ފެންޑާ
ވަޒީފާ އަދާނުކުރާ އަނބިން އަދާކުރާ 3 ވަޒީފާ

ބައެއް ފިރިންނަކީ، ރަށުން ބޭރުގައި ވަޒީފާ އަދާކުރަންޖެހުމުގެ ސަބަބުން އަނބިން ކައިރީ ދިރިއުޅުމުގެ ފުރުޞަތު ލިބިފައި ނުވާ ފަރާތްތަކެވެ. ޚާއްސަކޮށް  ރިސޯޓް ދާއިރާގެ ވަޒީފާތަކުގައި އުޅޭ ފަރާތްތަށް ފާހަގަކޮށްލެވެއެވެ. މިފަދަ ބައެއް ފަރާތްތަކުގެ އަނބިންނަކީ ގިނަފަހަރަށް “ހައުސް ވައިފުން” ނުވަތަ އެއްވެސް ވަޒީފާއެއް އަދާ ނުކޮށް ގޭގައި ތިބޭ އަންހެން ބޭފުޅުންގެ ގޮތުގައި ފާހަގަކުރެވެއެވެ. ނަމަވެސް ހައުސް ވައިފުންގެ ގޮތުގައި ތިބޭ، އެއްވެސް ވަޒީފާއެއް އަދާނުކުރާ އަންހެން ކަނަބލުން، ވަރަށް މުހިންމު 3 ވަޒީފާއެއް އަދާކުރެއެވެ.

ދިރިއުޅުމުގެ ތަފާތު ބޭނުންތަކާއި، ޚަރަދުތައް ހަމަޖެއްސުމަށް އާމްދަނީ ލިބޭ ކޮންމެވެސް މަސައްކަތެއް ނުވަތަ ވަޒީފާއަކަށް ބަރޯސާވާން މަޖުބޫރުވެއެވެ. އާމްދަނީ ލިބޭނެ މަސައްކަތެއް ނުވަތަ ވަޒީފާއެއް އަދާކުރުމަކީ އާއިލާގެ އެންމެ އިސްފަރާތުގެ ހައިސިއްޔަތުން ފިރިމީހާގެ ޒިންމާއެކެވެ. ނަމަވެސް މިޒަމާނުގެ ހާލަތަށް ބަލާއިރު، ދެމަފިރިންގެ ތެރެއިން ހަމައެކަކު ވަޒީފާ އަދާކޮށްގެން ލިބޭ އާމްދަނީއަކުން ދެކޮޅު ނުޖެހެއެވެ. ދެމަފިރިން ވަޒީފާއަށް ގޮސްގެން އާމްދަނީ ހޯދާފަރާތްތަށްވެސް މިމުޖުތަމަޢުގައި މަދެއް ނޫނެވެ.

ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި މުހިންމު އެއް ދާއިރާ ކަމުގައިވާ ފަތުރުވެރިކަމުގެ ދާއިރާގައި ވަޒީފާ އަދާކުރާ ގިނަ ފަރާތްތަށް ވަޒީފާއަދާކުރަން ޖެހިފައިވަނީ އާއިލާތަކާއި ދުރުގައިކަން ފާހަގަކޮށްލެވެއެވެ. ފިރިމީހާ ރަށުން ބޭރުގައި ވަޒީފާ އަދާކުރާ ގިނަ ފަރާތްތަކުގެ އަނބިންނަކީ، ހައުސް ވައިފުންގެ ގޮތުގައި ދިރިއުޅެމުން އަންނަ ފަރާތްތަކެވެ. ވަޒީފާގެ ސަބަބުން ފިރިން ރަށުގައި ނެތްނަމަވެސް، އަދި އަމިއްލަޔަށް ވަޒީފާ އަދާ ނުކުރާ އަންހެން ބޭކަނބަލުން ވަރަށް މުހިންމު 3 ވަޒީފާއެއް އަދާކުރެއެވެ. މި މުހިންމު 3 ވަޒީފާއަށް މިލިޔުމުގައި ބަލާލެވިފައި ވާނެއެވެ.

ދަރިން ތަރުބިއްޔަތުކުރުން

ދަރިން ތަރުބިއްޔަތު ކުރުމަކީ ދީނީގޮތުންވެސް ދެމަފިރިންގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތެކެވެ. ކާވެންޏަށް ލިބޭ ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތެއްދީ ރަނގަޅު ދަރިފަސްކޮޅެއް ބިނާކުރުމަކީ، ކައިވެނީގެ މަޤްޞަދުގެ ތެރޭގައި ހިމެނޭކަމެއްވެސް މެއެވެ. ދަރިން ތަރުބިއްޔަތު ކުރުމުގެ ޒިންމާއަކީ ދުނިތޭގައިވާ ހުރިހާ މައިން އަދާކުރަން ޖެހިފައިވާ އަނގު ނުކުރެވޭ ވަޒީފާއެކެވެ. ޚާއްސަކޮށް ފިރިމީހާ ރަށުން ބޭރުގައި ވަޒީފާ އަދާކުރާނަމަ، އަނބިންގެ މިޒިންމާ ބޮޑުތަނުން އިތުރުވެގެން ދެއެވެ.

ފިރިމީހާގެ ގެދޮރު ރައްކާތެރިކުރުން

ދިވެހި މިސާލު ބަސްތަކުގައި، ގޭގެ މައިއޮޅީގެ ގޮތުގައި އަނބިން ސިފަކުރާއިރު، ދިރިއުޅުމުގައި ގެއެއް ގެއަކަށް ހަދަނީ އަނބިމީހާއެވެ. ފިރީމީހާގެ ގެދޮރު ނުވަތަ ދިރިއުޅޭތަނަކާއި، ހޯދާ މުދާ ބެލެހެއްޓުމުގެ ޒިންމާވެސް އުފުލަންޖެހޭ ފަރާތަކީ އަނބިމީހާއެވެ. ދިރިއުޅޭތަން ސާފުތާހިރުކޮށް، އެއީ ދިރިއުޅެން އާއިލާއަށް ރައްކާތެރި ތަނަކަށް ހެދުމަކީ، ވަޒީފާއެއް އަދާ ނުކުރިކަމުގައި ވިޔަސް، އަނބިން އަދާކުރަންޖެހޭ ބުރަ ވަޒީފާއެކެވެ.

ފިރިމީހާއަށްޓަކައި ވަފާތެރިކަމާއެކު އިންތިޒާރުކުރުން

ދެމަފިރިން އެކަކު އަނެކަކަށް ވަފާތެރިވުމަކީ، އަނބިފިރިކަމުގެ ގުޅުން ހަރުދަނާވެގެން، އެ ގުޅުމެއް ބަދަހިވެގެންދާ އެއް ސަބަބުވެސް މެއެވެ. ވަޒީފާގެ ގޮތުން ދެމަފިރިން ދުރުގައި އުޅުމަކީ ބައެއްފަރާތްތަކަށް ކުރިމަތިލާންޖެހިފައިވާ އިމްތިހާނެކެވެ. ފިރިމީހާ އަނބުރާ ކައިރިޔަށް އަންނަން ދެން ވަފާތެރިކަމާއެކު އިންތިޒާރު ކުރުމަކީވެސް އަނބިންނަށް އަދާކުރަންޖެހިފައިވާ ބުރަ ވަޒީފާއެކެވެ. ފިރިމީހާ ބޭރުން ގެއަށް އަނބުރާ އަންނަ އިރަކަށް ޒީނަތްތެރިވެ، އިންތިޒާރުކޮށް، އުފާވެރިކަމާއި، ހިނިތުންވުމާއެކު މަރުހަބާ ކިޔުމަކީ ދީނީގޮތުންވެސް އަނބިންނަށް ވާޖިބު ކަމެކެވެ.

ވަޒީފާ އަދާނުކުރާ ބައެއް އަންހެނުން، ބައެއް ފަރާތްތަކުން ދަށްކޮށް ވާހަކަ ދައްކާއިރު، އެފަރާތްތަށް އަދާކުރާ މިފަދަ މުހިންމު ވަޒީފާތަށް ގިނަބަޔަކަށް ނުފެނެއެވެ. ދަރިން ތަރުބިއްޔަތު ކުރުން، ފިރިމީހާގެ ގެއާއި ގެދޮރު ބެލެހެއްޓުން އަދި ފިރިމީހާއަށްޓަކައި ވަފާތެރިކަމާއެކު އިންތިޒާރުކުރުމަކީ ވަޒީފާ އަދާކުރިޔަސް ނުކުރިޔަސް އަނބިން އަދާކުރަންޖެހިފައިވާ ބުރަ ވަޒީފާއެކެވެ.

އަންހެން ކަނބަލުން ޒީނަތްތެރިވެ، މޭކަޕްކޮށް، މީރުވަސްދުވާ ތަފާތު ބާވަތްތައް ބޭނުންކުރަންޖެހެނީ، ހިލޭ ފިރިހެނުން ކުރިމައްޗަށް ގެއިން ބޭރަށް ނުކުންނައިރު އެކަނި ނޫނެވެ. ނަމަވެސް މިއާ ޚިލާފަށް ކަނބަލުން ޒީނަތްތެރިވެ، އެ ކަނބަލުންގެ ހަޤީޤީ ރީތިސިފަ ދައްކައި އިންތިޒާރު ކުރަންވީ އެކަނަބަލުންގެ ފިރީންނަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!