ޚަބަރު
ަރައީސް ޔާމީން ކެމްޕެއިން ކުރައްވާނެ ގޮތް ރައީސް ނަޝީދަކަށް ނޭނގޭނެ – ޖަމީލް

އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކެމްޕެއިން ކުރައްވާނެ ގޮތް ރައީސް ނަޝީދުއާއި ފުލުހުންނަކަށް ނޭނގޭނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިހެން ވިދާޅުވީ، އެމްޑީޕީއިން މާލޭގައި މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ރައީސް ޔާމީންއަށް ޓީޝާޓުގައި އިންޑިއާ އައުޓް ޖަހައިގެން އެހެން ނުގޮވޭނެ ކަމަށާއި، ދިވެހި ފުލުހުން ނުކުމެ އެކަން ހުއްޓުވަން ޖެހޭ ކަމަށް ވިދާޅުވުމާއި ގުޅިގެންނެެވެ.

ޖަމީލް ކުރެއްވި ޓުވީޓުގައި ވިދާޅުވީ، ރައީސް ޔާމީން ކެމްޕެއިން ކުރައްވާނެ ގޮތް ރ. ނަޝީދާއި ފުލުހުންނަކަށް ނޭނގޭނެކަމަށާއި، އުނދަގޫވެގެން އަރިމަތީގާ/ފުރަގަހުގަ އިންޑިއާ އައުޓް ޖަހަން ނަޝީދު ލަފާދޭނެެ ކަމެއް ނެތް ކަމަށެވެ.

“އަދި ތަޅާނެ ކުދިންކޮޅެއް ހޯދަން އުޅޭގޮތަށް ފުލުހުންނަށް މިއަދު ނަޝީދު އަމުރުކުރުން ހުއްޓާލަންޖެހޭ.” ޖަމީލް ވިދާޅުވިއެވެ.

ޖަމީލް މިހެން ވިދާޅުވެފައިވާއިރު، މިއަދު އެމްޑީޕީއިން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދުގެ އިތުރުން މެމްބަރު ފަލާހްވެސް ވަނީ އިންޑިއާ އައުޓް ނުގޮވޭނެ ކަމަށާއި، އެހެން ގޮވާ ނަމަ ކަންފަތްމަތީ ޖަހަން ޖެހޭ ކަމަށް ބުނެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!