ޚަބަރު
ފޮރިން މިނިސްޓްރީ ހިންގި އިމާރާތަށް އަރަބިއްޔާ ސްކޫލް ބަދަލުކޮށްފި

އަރަބިއްޔާ ސްކޫލަށް ދިމާވެފައިވާ މައްސަލަތަކަށް ދާއިމީ ހައްލެއް ލިބެންދެން ފޮރިން މިނިސްޓްރީ ހިންގި ވަގުތީ އިމާރާތަށް އަރަބިއްޔާ ސްކޫލް ބަދަލުކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވަނީ ބާޖަމާލުއްދީން ސްކޫލުގެ ބިމުގައި އަރަބިއްޔާ ސްކޫލްގެ އާ އިމާރާތެއް އެޅުމަށެވެ. އެއިމާރާތް ނިމެންދެން އަރަބިއްޔާ ސްކޫލްގެ ދަރިވަރުން ވަގުތީ ގޮތުން ބަދަލުކުރަން ހަމަޖެއްސީ އެމްޓީސީސީ ސޯމިލް ނުވަތަ އެންމެފަހުން ފޮރިން މިނިސްޓްރީ ހިންގި ވަގުތީ ޢިމާރާތެވެ.

އެހެންކަމުން ރަސްމީކޮށް މިނިސްޓްރީން މިކަން ހާމަނުކުރުނިކަމުގައިވިޔަސް މިހާރު އެޑިއުކޭޝަން މިނިސްޓްރީން ވަނީ މި ޢިމާރާތް ކުދިންނަށް ކިޔައިވޭން އެކަށީގެންވާގޮތަށް ބައެއް ބަދަލު ގެނެސް ކްލާސްރޫމްތައް ހެދުމުގެ މަސައްކަތް ފަށާފައެވެ.

އަރަބިއްޔާ ސްކޫލްގެ އިމާރާތް ހަލާކުވެ ބެލެނެވެރިން ކަންބޮޑުވަމުން ފާޅުކުރަމުންދާތީ މިދިޔަ ހޯމަ ދުވަހު ރައީސް ސޯލިހު ވަނީ އެކަމަށް ދާއިމީ ހައްލެއް ހޯދައިދޭނެ ކަމަށް ވިދާޅުވެފައެވެ. ބެލެނެވެރިންގެ ޝަކުވާއަކީ އެސްކޫލުގެ ޢިމާރާތުގެ ޙާލަތަށް ބަލާއިރު އެއީ ކިޔަވައިދޭން އެންމެ ރައްކާތެރި ތަނެއް ނޫންކަމަށެވެ. މިމައްސަލައާއި ގުޅިގެން ސޯޝަލް މީޑީޔާގައި ގިނަބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!