އދ ގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަބްދުﷲ ޝާހިދު ކޮވިޑް-19 އަށް ފައްސިވެފައިވަނީ، ނިއުޔޯކްގައި ހުންނަވަނިކޮށެވެ.
އަބްދުﷲ ޝާހިދު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، މައުލޫމާތު ލިބިފައިވާ ގޮތުގައި އެމަނިކުފާނު ވަނީ ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށް ބޫސްޓަރ ޑޯޒްވެސް ޖަހައިފައެެވެ.