ގދ ތިނަދޫގައި ހުންނަ އެއަތޮޅު ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންދަނިކޮށް މީހަކު ނިޔާވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ކޮވިޑް ބަލީގައި ފަރުވާ ހޯދަމުންދަނިކޮށް މިރޭ ތިނަދޫގައި ނިޔާވެފައިވަނީ އެއަތޮޅު ވާދޫ އަށް ނިސްބަތްވާ އުމުރުން 66 އަހަރުގެ ފިރިހެނެކެވެ.
މިއީ ތިނަދޫ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުންދަނިކޮށް ނިޔާވި 7 ވަނަ މީހާއެވެ. އެއާއެކު ރާއްޖެއިން ކޮވިޑް ޖެހިގެން ނިޔާވި މީހުންގެ އަދަދުވަނީ 261 އަށް އަރާފައެވެ.
ގދ ވާދޫއިން ކޮވިޑްގެ ކޭސްތަކެއްފެނި އެރަށް މޮނިޓަރިންގ އަށް ލާފައިވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ. އެރަށުން މިހާތަނަށް ޖުމްލަ 97 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، އެންމެ ފަހުން ނެރެފައިވާ އަދާހަމައިން ދައްކާގޮތުގައި ވަނީ 7 މީހަކު ފައްސިވެ އެކްޓިވް ކޭސްގެ އަދަދު 90 ގައެވެ.