ފެންޑާ
ދަރިފުޅަކީ ވިސްނުން ތޫނު ކުއްޖަކަށް ހެދުމަށް ކުރެވިދާނެ 6 ކަމެއް

ތިމާގެ އަމިއްލަ ދަރިފުޅަކީ ވިސްނުން ތޫނު ކުއްޖަކަށް ހެދުމަކީ ކޮންމެ މަންމަ އެއް އަދި ބައްޕައެއްވެސް ދެކޭނެ ހުވަފެނެކެވެ. ތުއްތު ތުއްތު ދަރިފުޅު އެ ކުއްޖާގެ ފުރަތަމަ ބަސް ބުނުމުން ހިތަށް ވެރިވެގެންދާ އިހްސާސްތަކަކީ ބުނެދޭން ނޭނގޭ ހާވެސް އުފާވެރި އިޙްސާސްތަކެކެވެ. އެންމެ ފުރަތަމަ އަޅާ ފިޔަވަޅަކީވެސް ހަނދާނުން ފޮހެ ނުލެވޭނެ އިހުސާސް ތަކެއް މަންމަ އާއި ބައްޕަ އަށް ކުރާ ވަގުތެކެވެ.

ދަރިފުޅަކީ ސިއްޙަތު ރަނގަޅު ވިސްނުން ތޫނު ބަސްއަހާ ދަރިއަކަށް ހެދުމަށް މައިންބަފައިން ވަރަށް ވެސް މަސައްކަތް ކުރެއެވެ. އެގޮތުން، ރަނގަޅު ކާނާއާއި އުނގެނެން ބޭނުންވާ ޒާތުގެ ކުޅޭ އެއްޗިސް އެންމެ ތުއްތު އިރުން ފެށިގެން ދެއެވެ. މިިގޮތަށް އަމަލު ކުރުމުގެ އިތުރުން ދަރިފުޅުގެ ވިސްނުން ރަނގަޅު ކުރުމަށް ކުރެވިދާނެ ބައެއްކަންތައް ތިރީގައި ހިމަނާލަނަމެވެ.

1- ދަރިފުޅު ބޭނުންވާ ގޮތެއް ހިޔާރު ކުރުމުގެ ފުރުސަތު ދިނުން

މައިންބަފައިން އެދޭނީ ދަރިފުޅަށް އަބަދުވެސް އެންމެ ރަނގަޅުގޮތެވެ. އަދި އެކުދިންނަށް އެންމެ ރަނގަޅު ނިންމުން ނަގައިދޭން އަބަދުވެސް މަސައްކަތްކުރެއެވެ. ނަމަވެސް ބައެއް ފަހަރު ދަރިފުޅު ބޭނުންވާ ގޮތެއް ހިޔާރުކުރުމުގެ ފުރުސަތު ދިނުމުން އެކުއްޖާގެ ވިސްނުން ތަނަވަސްވެއެވެ. ލާ ހެދުމުގެ ކުލަ ކަނޑައެޅުން، ނުވަތަ ކާނެ އެއްޗެއް ނިންމުން ފަދަ ކަންކަން ކުއްޖާއަށް ދޫކޮށްލުމުން ކުޑައިރުންސުރެ ރަނގަޅު ނިންމުން ނެގުމުގެ އާދަ ގައުގައި ހަރުލައެވެ.

2- ދަރިފުޅަކީ މީހުންނާ ރައްޓެހި ކުއްޖަކަށް ހެދުން

ކުޑަ ކުއްޖާ އަބަދުވެސް އޭނާ ވަށައިގެންވާ މާހައުލުން ކަންކަން ނަގައިގަނެ އާ އެއްޗެހި ދަސްކުރެއެވެ. އާއިލާ އާއި ރައްޓެހިންގެ މެދުގައި ދަރިފުޅު ގެންގުޅުމުން ތަފާތު މީހުންނާ ދިމާވެ ދަސް ވާ އެއްޗެހީގެ މިންވަރު އިތުރުވެއެވެ.

3- ދަރިފުޅު ހަރަކާތް ކުރާ މިންވަރު އިތުރުކުރުން

ހަރަކާތް ކުރާ މިންވަރު އިތުރުވުމުން ސިކުނޑި އާއި އެހެން ގުނަވަންތަކަށް ލޭ ދައުރުވާ މިންވަރު އިތުރުވެއެވެ. އަދި ހަނދާން ވަރުގަދަކޮށްދީ އުނގެނުމުގެ ޤާބިލިއްޔަތުކަން އިތުރުކޮށްދެއެވެ. ކުޑަ ދަރިފުޅަށް މަދުވެގެން ދުވާލަކު އެއް ގަޑިއިރަށް ވާވަރަށް ހަރަކާތް ކުރެވޭތޯ މައިންބަފައިން ޔަޤީން ކުރަންވާނެއެވެ. ދަރިފުޅާއެކު ކުޅެ ހެދުމުން މިކަން ވަރަށް ފަސޭހައިން ހާސިލްވާނެއެވެ.

4- ދަރިފުޅުގެ ނިދި ހަލާކުނުކުރުން

ދިރާސާއަކުން ދެއްކި ގޮތުގައި ރެއަކު އެންމެ ގަޑި އިރެއްގެ ނިދި މަދުވި ނަމަވެސް ކުއްޖާގެ ސިކުނޑިއަށް އޭގެ އަސަރު ވަރަށް ބޮޑަށް ކުރެއެވެ. ކުޑަ ދަރިފުޅު ނިދާ ގަޑީގައި އެ ކުއްޖާގެ ސިކުނޑި ފުރިހަމައަށް ބޮޑުވެ އުފެދެއެވެ. ނިދާ ވަގުތު ކޮޅަކީ ސިކުނޑީގެ ދެ ފަރާތުގެ ގުޅުން ވަރުގަދަ ކުރާ ވަގުތު ކޮޅެވެ. ނިދި ބޭނުންވާ މިންވަރަށް ކުޑަ ދަރިފުޅަށް ލިބޭނަމަ އެކުއްޖާގެ ވާހަކަ ދެއްކުމާއި، ސަމާލުކަން ދޭ މިންވަރު އަދި އަމަލުތައް ކޮންޓުރޯލު ކުރުމުގެ ކުޅަދާނަކަން އިތުރުވެއެވެ.

5- ދަރިފުޅު ނިދާ ވަގުތު ވާހަކަ ކިޔައިދިނުން

ދަރިފުޅު ނިންދަވާއިރު ވާހަކަ އާއި ލަވަ ކިޔައި ދިނުމަކީ ވަރަށް އާއްމު އާދައެކެވެ. އަދި ރަނގަޅުވެސް އާދައެކެވެ. މިގޮތަށް ކަންތައް ކުރުމުން ކުއްޖާއާ މައިންބަފައިންނާ އޮންނަ ގުޅުން ރަނގަޅުވުމުގެ އިތުރުން އައު ކަންކަން އަވަހަށް ނަގައިގަންނަން ސިކުނޑި ހޭނެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ނިދާގަޑީގައި އެކުދިންނަށް ވާހަކަ ކިޔަދީ ހަދާ ކުދިންގެ ސިކުނޑީ މަސައްކަތް ކުރާ މިންވަރު އެގޮތަށް ވާހަކަ ކިޔާނުދޭ ކުދިންނާ އަޅާ ބަލާއިރު މާ ފުރިހަމައެވެ.

6- ޤުދުރަތީ ރީތިކަން ފެންނާނެ ތަންތަނަށް ނެރުން

ގަސްތަކުތެރޭގަ އާއި މޫދު ކައިރީ ފަދަ ޤުދުރަތީ ތަންތަނުގައި ގިނައިން ވަޤުތު ހޭދަކުރާނަމަ ވިސްނުން ތޫނުކަން އިތުރުކޮށްދެއެވެ. ޤުދުރަތީ ރީތިކަން ކުއްޖާއަށް ހިތްހަމަ ޖެހުން ގެނުވާ ސިކުނޑި ތާޒާ ކުރުވައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!