މަޢުލޫމާތު
ޣައިރު މުސްލިމުންގެ ޝިއާރުތަކުގައި ބައިވެރިވުމަކީ ޝިރުކުގެ ޢަމަލެއް- ޚުޠުބާ

ޣައިރު މުސްލިމުންގެ ޝިއާރުތަކުގައި ބައިވެރިވުމަކީވެސް މުސްލިމުންނަށް ހުއްދަކަމެއް ނޫންކަމަށާއި އެއީ ޝިރުކުގެ ޢަމަލެއްކަމުގައި މިއަދުގެ ޚުޠުބާގައި ބަޔާންކުރެއެވެ.

އިންސާނާހެ ހަޔާތުން ދުވަސްތައް މާޟީވަމުން ދާއިރު އަޅުގަނޑުމެން ދަނެގަންނަންޖެހޭ ވަރަށް މުހިންމު ފިލާވަޅުތަކެއް ވާކަމުގައި ޚުޠުބާގައި ބުނެއެވެ. މިގޮތުން ހަނދާން ކުރަންޖެހޭ އެއް ކަމަކީ، ފާއިތުވެދާ އެއްވެސް ވަގުތެއް ދެން އަބުރާ ނާންނާނެ ކަމެވެ.

މުހިންމު ކަމެއްގެ ގޮތުގައި ﷲ سُبْحَانَهُ وَتَعَالَى‎، އެއްލައްކަ ސައުވީސް ހާސް ނަބިއްޔުން ފޮނުއްވި މަޤްޞަދުގެ މަތިން އަޅުގަނޑުމެން ހަނދާން ކުރުން މުހިންމު ކަމުގައި ޚުޠުބާގައި ބަޔާންވެގެން ވެއެވެ،  އެއީ ﷲ سُبْحَانَهُ وَتَعَالَى‎ ގެ އެއްކައުވަންތަކަން ބިންމަތީގައި ޤާއިމް ކުރުމެވެ. ހައްޤުވެގެން އަޅުކަން ވެވޭނެ ފަރާތަކީ ހަމައެކަނި މާތްﷲ ކަން ސާބިރުކުރުމެވެ. އެކަލާނގެ އެއްލައްކަ ސައުވީސް ހާސް ނަބިއްޔުން ފޮނުއްވެވީ މިމަތިވެރި ވާޖިބު އަދާކުރެއްވުމަށްޓަކައި ކަމުގައި ޚުޠުބާގައި ބުނެވިފައި ވެއެވެ.

ކީރިތި ޤުރުޢާނުގައި އެކަލާނގެ ވަހީކުރައްވާފައިވާ އާޔާތެއްގެ މާނައިގައި ވަނީ “ހަމަކަށަވަރުން، ތިމަން ރަސްކަލާނގެ މެނުވީ އިކާހަކު ނުވާކަމަށް އެބޭކަލަކަށް ވަޙީ ނުކުރައްވަވާ އެއްވެސް ރަސޫލަކު، ކަލޭގެފާނުގެ ކުރިންވެސް ތިމަންރަސްކަލާނގެ ނުފޮނުއްވަމެވެ. ފަހެ، ތިޔަބައިމީހުން (ހަމައެކަނި) ތިމަން ރަސްކަލާނގެއަށް އަޅުކަން ކުރާށެވެ.”

ޖިންނީންނާއި އިންސީން ޚަލްޤުކުރެވުނު ސަބަބު އަދި ފޮތްތައް ބާވައިލެއްވެވުނު މަތިވެރި މަޤްޞަދަކީވެސް އެކަލާނގެއަށް އަޅުކަން ކުރުން ކަމުގައި ޚުޠުބާގައި ބުނެވިފައިވެއެވެ. މިމަތިވެރި މަޤްޞަދު ގެއްލޭފަދަ އެއްވެސް ކަމެއް ކުރުމަކީ މުއުމިނަކަށް ކުރުން ހުއްދަވާނެ ކަމެއް ނޫންކަން ޚުޠުބާގައި ބުނެފައިވެއެވެ. އެހެންކަމުން ﷲ ސުسُبْحَانَهُ وَتَعَالَى‎ ގެ އެއްކައުވަންތަކަން ނަފީކުރާފަދަ ކަމެއްގައި ބައިވެރިވުމަކީ މުއުމިނަކަށް ހުއްދަވާނެ ކަމެއް ނޫންކަމުގައި ޚުޠުބާގައި ބުނެވިފައި ވެއެވެ. އެގޮތުން ޣައިރު މުސްލިމުންގެ ޝިއާރުތަކުގައި ބައިވެރިވުމަކީވެސް މުސްލިމުންނަށް ހުއްދަކަމެއް ނޫންކަމުގައި ޚުޠުބާގައި ބުނެވިފައިވެއެވެ. އަދި އެއީ ޝިރުކުގެ ޢަމަލެއް ކަމަށާއި، އެފަދަ ކަންކަމުން ދުރުހެލުވުން ލާޒިމްކަމުގައި ޚުޠުބާގައި ބުނެވިފައި ވެއެވެ.

އަޅުގަނޑުމެން މުސްލިމުން އަބދުވެސް ނަމޫނާއަކަށް ބަލަންޖެހޭނީ އަޅުގަނޑުމެންގެ ލޮބުވެތި ނަބިއްޔާކަމުގައި ޚުޠުބާގައި ބުނެވިފައި ވެއވެ. ﷲ ވަހީ ބަސްފުޅުން އެނގިގެން ދާގޮތުގައި، ދިރިއުޅުމުގައި ކުރިމަތިވާ ކޮންމެ ކަމެއްގައިވެސް ކަންކުރަންވީ ގޮތުގެ ފުރިހަމަ ނަމޫނާ ލިބިގަންނަންޖެހެނީ ލޮބުވެތި ނަބިއްޔާގެ ޙަޔާތްޕުޅުންނެވެ. އެއީ ކާމިޔާބީގެ އަސްލުކަމުގައި ޚުޠުބާ ބަޔާން ކުރެއެވެ.

ރެއާއި ދުވާލަކީ، އިންސާނާ ގޮވައިގެން އޭނާގެ އަޖަލާ ދިމާލަށް ދަތުރުކުރާ އުޅަނދެކެވެ. މިދަތުގައި، ދުރުގައިވާ ކޮންމެ އެއްޗެއް ކައިރިވަމުން ދިޔުމާއި އެކު، އާކޮންމެ އެއްޗެއް ބާވެދެއެވެ.

އަޅުގަނޑުމެން މުސްލިމުން ހަނދާންކުރަން ޖެހޭ ކަންކަމުގެ ތެރޭގައި، ލިބޭ ފުރުޞަތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމާއި، ހެޔޮ ޢަމަލުތައް ގިނަ ކުރުމާއިއެކު، ނުބައި ކަންތައްތަކުން ދުރުހެލިވުން ހިމެނެއެވެ. އަދި ލޮބުވެތި ނަބިއްޔާ ދެއްވާފައިވާ އިރުޝާދާއި އެއްގޮތަށް ޢަމަލު ބެހެއްޓުން މުހިންމު ކަމުގައި ޚުޠުބާގައި ބުނެވިފައި ވެއެވެ.

ކީރިތި ރަސޫލާގެ ހަދީޘް ބަސްފުޅެއްގެ މާނާގައި ވެއެވެ. 5 ކަމެއް ތިބާއާއި ކުރިމަތިލުމުގެ ކުރިން 5 ކަމެއްގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ. އެއީ މުސްކުޅި ވުމުގެ ކުރިން ޒުވާންކަމުގެ ފައިދާ، ބަލިވުމުގެ ކުރިން ދުޅަހެޔޮކަމުގެ ފައިދާ، ފަޤީރުވުމުގެ ކުރިން މުއްސަނދިކަމުގެ ފައިދާ، މަޝްޣޫލްވުމުގެ ކުރިން ހުސްވަގުތުގެ ފައިދާ އަދި މަރުވުމުގެ ޖުރިން ޙަޔާތުގެ ފައިދާ، މި 5 ކަމެވެ.

އިސްވެދިޔަ ނަބަވީ އިރުޝާދުގެ ބޭނުމަކީ، ޙަޔާތުގެ އެއްވެސް ވަގުތެއް ބޭކާރު ވިޔަނުދީ، ﷲ سُبْحَانَهُ وَتَعَالَى‎ ގެ ރުއްސެވުމާއި، ފުއްސެވުން ލިބިގަތުމަށްޓަކައި ގަދައަޅައި މަސައްކަތް ކުރުމެވެ. ފާއިތުވެދާ ވަގުތަކީ އަނބުރާ ލިބޭނެ ވަގުތެއް ނޫންކަމަށާއި، މާދަމާގެ ދިރިއުޅުން ބާއްޖަވެރި ކުރުމަށް ވެވުނު މިންވަރަކުން މަސައްކަތް ކުރަންޖެހޭނެ ކަމުގައި ޚުޠުބާގައި ބުނެވިފައި ވެއެވެ.

ޣާފިލުކަމުގެ ނިދިން ހޭއަރައި، ފާފަތަކުން ތަޢުބާވެ ﷲގެ ހަޒްރަތަށް އެނބުރި ރުޖޫޢަ ވުމަށް ޚުޠުބާގައި ގޮވާލާފައި ވެއެވެ. އަދި ކޮންމެ ވަގުތެއްގައިވެސް މަރު އަތުވެދާނެކަމަށްޓަކައި، މާތްﷲ އަށް ބިރިވެތިވެ، ހެޔޮޢަމަލު ގިނަކުރުމަށް ޚުޠުބާގައި ބާރުއަޅުއްވާފައި ވެއެވެ.

  1. ހުވަދޫ މީހެއް

    ލިޔުންތެރިޔާއަށް
    މި އާރޓިކަލްއާ އެއްކޮށް ބޭނުންކޮށްފައި ހުރި ފޮޓޯއަކީ ގުޅޭ ފޮޓޯއެއް ނޫން—