ޚަބަރު
ކޮވިޑް ބަލީގައި އިތުރު މީހަކު ނިޔާވެއްޖެ

ކޯވިޑް-19އަށް ޕޮޒިޓިވް ވެގެން ފަރުވާދެމުން ގެންދިޔަ 49 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެއްޖެ އެވެ.

މި މީހާއަށް ފަރުވާދެމުން ދިޔައީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައެވެ. މިއީ ރައްޖެއިން މި ބަލީގައި މަރުވި 216 ވަނަ މީހާއެވެ. މިއީ 18 ބިދޭސީންނާއި 198 ދިވެހިންނެވެ. މިހާރު މި ބަލި ފެތުރުން ވަރަށް ބޮޑަށް ކޮންޓްރޯލް ވެފައިވާއިރު، ނިމިދިޔަ މެއި އަދި ޖޫން މަަހު ކޭސްތަށް ވަރަށް ބޮޑަށް އިތުރުވެ ބަލީގައި މަރުވާ މީހުންގެ އަދަދުވެސް ގިނަވިއެވެ.

ފާއިތުވީ 24 ގަޑިއިރަށް ބަލާއިރު، މާލެ ސަރަހައްދުން ޕޮޒިޓިވްވީ 31 މީހެކެވެ. މީގެ އިތުރުން އަތޮޅުތަކުގެ ރަށްރަށުން 88 މީހުން އަދި ތަރައްޤީކުރަމުންދާ ރަށްރަށުން 92 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ. އެހެންކަމުން އިއްޔެ ޖުމްލަ 217 މީހުން އަލަށް ޕޮޒިޓިވްވިއެވެ. މި ބަލީގައި އެންމެ ފަހުން މީހަކު މަރުވެފައި ވަނީ މީގެ ދެ ދުވަސް ކުރިންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!