ޚަބަރު
ކޮވިޑް ވެކްސިން ފުރިހަމަ ކުރި މީހުންގެ އަދަދު 250،000 އިން މައްޗަށް

ރާއްޖޭގައި ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރި މީހުންގެ އަދަދު 250،000 އިން މައްޗަށް އަރައިފި އެވެ.

އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ފާއިތުވި 48 ގަޑިއިރު ތެރޭގައި ދެވަނަޑޯޒް ޖަހާފައިވަނީ 4،391 މީހުންނެވެ. އެއީ ގްރޭޓާ މާލެ ސަރަހައްދުން ވެކްސިންގެ ދެވަނަ ޑޯޒް ޖެހި 1،458 މީހުންނާއި އަތޮޅުތެރޭގެ ރަށްތަކުން ދެވަނަ ޑޯޒް ޖެހި 2،933 މީހުންނެވެ. މި އަދަދުތަކާއި އެކު ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިިވަނީ 251،232 މީހުންނެވެ.

ފާއިތުވި 48 ގަޑިއިރު ތެރޭގައި އިތުރު 347 މީހަކުވަނީ ވެކްސިންގެ ފުރަތަމަ ޑޯޒްވެސް ޖަހާފައެވެ. މިއީ ގްރޭޓާ މާލެ ސަރަހައްދުން 122 މީހުންނާއި އަތޮޅުތެރޭގެ ރަށްތަކުން 225 މީހުންނެވެ.

ރާއްޖޭގައި މައިގަނޑު ގޮތެއްގައި ޖަހަނީ ސިނޯފާމް ވެކްސިނާއި ކޯވިޝީލްޑް ވެކްސިނެވެ. ކޮވިޝިލްޑް ވެކްސިން ހުސްވުމުން މެދުކަނޑާލުމަށްފަހު މިހާރުވަނީ ކޮވިޝިލްޑް ވެކްސިންވެސް ޖަހައިދޭން ފަށާފައެވެ. ވެކްސިން ޖެހުމުގެ އިންތިޒާމު ފަސޭހަ ކޮށްދިނުމަށް އޮންލައިންކޮށް އެޕޮއިންޓްމަންޓު ހެދޭގޮތަށް އެޗްޕީއޭއިން ވަނީ ހަމަޖައްސާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!