ޚަބަރު
ފަރެސްމާތޮޑާ އިން ވެސް ނަޑެއްލާ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީފި

ގދ. ނަޑެއްލާއިން ކޮވިޑް ކޭސްތަކެއް ފެނި ރަށް މޮނިޓަރިންނަށް ލާފައިވާ މި ހާލަތުގައި ފަރެސްމާތޮޑާގެ ކައުންސިލާއި އަންހެނުންގެ ކޮމެޓީ ގުޅިގެން ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފިއެވެ.

މި މަހުގެ 13 ވަނަ ދުވަހު ނަޑެއްލާ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ތިނަދޫއަށް ގޮސް ޑޮކްޓަރަށް ދެއްކި އެރަށު މީހަކު ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެންނެވެ. ނަޑެއްލާ މޮނިޓަރިންގެ މި ހާލަތުގައި ރަށުގެ ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ މުދާތަށް އެތެރެ ކުރުމުގައި ވަނީ ވަރަށް ބޮޑެތި އުނދަގޫތަކަކާއި ކުރިމަތިވެފައެވެ.

މިގޮތުން ނަޑެއްލާގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ލުޔެއް ހޯދައި ދިނުމަށްޓަކާއި ފަރެސްމާތޮޑާއިން އިން ނަޑެއްލާ އަށް 180 ކޭސް ފެންވަނީ ހަދިޔާކޮށްފައެވެ. އެއީ 1.5 ލީޓަރު ގެ 135 ކެހާއި، 5 ލީޓަރު 20 ކޭސް ފެނުގެ އިތުރަށް 500 އެމްއެލްގެ 25 ކޭސް ފެނެވެ. އަދި 10 ކޭސް މަސް ވަނީ ހަދިޔާކޮށްފައެވެ. މީގެ އިތުރުން 197 ސެނަޓައިޒާ ފުޅިއާއި 30 މާސްކު ފޮށި ވަނީ ހަދިޔާކޮށްފައެވެ.

ކޮވިޑް ގެ މި ޙާލަތުގައި ގދ. ފަރެސް މާތޮޑާ ރައްޔިތުންގެ ފަރާތުން ރަށުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެއްވި ކަމަށްޓަކައި ފަރެސްމާތޮޑާ ރައްޔިތުންނާއި ފަރެސްމާތޮޑާ ކައުންސިލަށާއި ފަރެސްމާތޮޑާ ވިޔަފާރިވެރީންނާއި ފަަރެސްމާތޮޑާ މަސްވެރިންނަށް ނަޑެއްލާ ކައުންސިލުންވަނީ ޝުކުރު އަދާކޮށްފައެވެ.
Comment

  1. ރައްޔިތުން

    ރައްޔިތުން ތި ލިޔުމުގައި މާނަ ކުރަނީ ކަރަންޓީނުގައިވާ ރައްޔިތުން. ރައްޔިތުންނަށޭ ކިޔާފައި ލިޔާއިރު މަސްތަކާއި ފެންތައް އަދި އެހެނިހެން ހަދިޔާތައް ލިބެނީ ކަރަންޓީނުގައިވާ ރައްޔިތުންނަށް. އެހެންވީމާ ރައްޔިތުންނަށޭ ނުކިޔަމާ ތިހާލަތުގައި

    • ލޅނޫސްކިޔާމީހާ

      މިލިޔުން ކިޔާފަ ކޮމެންޓް ކުރިމީހަކު ތަންދޮރު ނުބަލާ ކޮމެންޓް ކޮއްފަވާކަން ހިތާމަޔާއެކު ބުނެލަން ހުރިހާގޭ ބިސީތަކަށް ފެން ފޯރުކޮއްދިން