ރިޕޯޓް
ނަމުން ފަންސާސް ޕަސެންޓް ޑިސްކައުންޓް ސޭލް!

އަހަރުގެ ފަހުކޮޅެވެ. މަހުގެ ވެސް ފަހުކޮޅު ކަމުން، ގެއަށް ބޭނުންވާ ބައެއް ތަކެތި ހުސްވެފައި ހުރުމުން، ރޭގަނޑުގެ ހުސްވަގުތެއްގައި އަންހެނުންނާއި އެކު ވިޔަފާރި ކޮށްލުމަށް ފިހާރަތަކަށް ނިކުމެއްޖައީމެވެ. މަސް ނިމޭކޮޅު ނަމަވެސް، ފިހާރަތަކަށް ބަލާލުމުން ކަސްޓަމަރުން  ގިނައެވެ. ހުރިހާ ފިހާރަތަކެއްގެ ވިޔަފާރިވެސް ރަނގަޅު ކަމަށް ފެންނަމުންދެއެވެ.

ގެއަށް ބޭނުންވާ ބައެއް ތަކެތި ގަތުމުގައި ފިހާރަތަކަށް ވަންނަމުން ގެއަށް ބޭނުންވާ ސާމާނު ގަންނަމުން ދިޔައީމެވެ. ދެތިން ހަތަރު ފިހާރައަކަށް ވަދެލާާފައި، ބަނދަރުމަތިން ދުއްވަމުން ދިޔަ އިރު އަންހެނުންނާއި އެކު އަހަރެން އިނީ ވަރަށް ވެސް އޮލަ ވާހަކައެއްގައެވެ. ކުއްލިއަކަށް ލޮލުގައި އަޅައިގަތީ ކުލަކުލައިގެ ނިވިދިލި ބޮކި އަޅުވާފައި ހުރި ފިހާރައެކެވެ. ރަށަށްވެސް މަޝްހޫރު މި ފިހާރާ އަކީ ފަރުނީޗަރަށް ޚާއްސަ ބޮޑު ފިހާރައެކެވެ.

މި ފިހާރަ ކުރިމަތިން ހުރަސް ކޮށްލި ތަނުން، ބޭއިޚްތިޔާރުގައި އަހަންނަށް ބަލާލެވުނީ ފިހާރަ ބޭރުގައި އެލުވާލާފައި އޮތް 8 ފޫޓް 4 ފޫޓްގެ ސަތަރި ކެންވަސް އަކަށެވެ. ބޮޑުއަކުރުން “އިޔާރ އެންޑް ސޭލްސް 50 ޕަސެންޓް ޑިސްކައުންޓް” ޖަހާފައި އޮތުމުން ޒާތެއްގެ ހިންޏެއް އައިސް ސައިކަލް އެފިހާރާ ކައިރިއަށް ކުއްލި އަކަށް މަޑުކޮށްލީމެވެ.

ސައިކަލުން ފައިބަމުން އަންހެނުން ކައިރީގަައި، މިއޮތީ ރަނުގެ ފުރުސަތެކޭ ބުނީމެވެ. އެހެންޏާއެވެ. އަހަރު ނިމޭތީ ފަރުނީޗަރު ތަކުން 50 ޕަސެންޓް ޑިސްކައުންޓް ލިބެނީއެވެ. އަނެއްކޮޅުން ގޭގައި ހުރި އިސްތިރިކުރާ މޭޒާއި، ފައިފުހިތައް ބަދަލު ކުރަން އަންހެނުން ކިޔާތާވެސް ދުވަސްތަކެއް ވެއްޖެއެވެ. ފައިސާ ގިނަވެގެން ނޫޅުނެއްކަމަކު، 50 ޕަސެންޓު ޑިސްކައުންޓް ލިބޭ ތަނަކުން ބޭނުން އެއްޗެއް ގަތުމުގެ ނިޔަތުގައި ފިހާރަތެރެއަށް ދެމިގަތީމެވެ.

ފުރަތަމަވެސް ލޮލުގައި އަޅައިގަތީ، އެއްޗިސް ބަހައްޓާ ކަބަޑެކެވެ. ގެއަށްވެސް ބޭނުންތެރި އެއްޗެއް ކަމުން، އޭގެ އިން އަގު ބަލައިފީމެވެ. 4،950 ރުފިޔާ ލިޔެފައި އޮތުމުން ފިހާރާގައި މަސައްކަތް ކުރަން ހުރި ބިދޭސީ މީހާ ގެނެސް، އޭގެ އެއިނީ އަސްލު އަގު ދޯ އޭ އަހާލައިފީމެވެ. އަދި ސޭލްސްގެ ދަށުން 2،475 ރުފިޔާ އަށް ލިބޭނެ ދޯވެސް އޭނަ ކުރެން އަހާލީ ހެވިދިއްލިފަ ހުރެގެންނެވެ. އެކަމުގެ އޭނަގެ ޖަވާބު އައިގޮތުން އަހަރެން ހުއްޓުނެވެ. އެ ބިދޭސީ މީހާ ބުނާގޮތުން އެ ކަބަޑުގެ ސޭލްސް އަގެއް ނުލިބެއެވެ. އެކަމަކު ވަގުތުން ފައިސާ ދައްކައިގެން ނަގާނަމަ 4،900 އަށް ދެވިދާނެ ކަމަށް ބުންޏެވެ.

50 ޕަސެންޓް ސޭލް އަޅުވާފައި އޮތް ފިހާރައިން އެއްޗެއްގަނެލަން އައުމުން 50 ކުޑަކޮށްލައިފިއެވެ. ދެން އޮތީ ކަބަޑުގެ ހަގީގަތެވެ. އެ ކަބަޑަކީ ކުޑިފިލާއިން އަތުރާފައި ހުރި ދިގު މިނުގައި 3 ފޫޓް ވަރު ހުރި އަތު ފުޅާ މިނުގައި ދޮޅު ފޫޓު ހުރި ކަބަޑެކެވެ. އުސް މިނުގައި 3 ފޫޓް ހުރެދާނެހެން ހިޔެއް ނުވެއެވެ. ބަދިގޭގައި ބަހައްޓަން ރަނގަޅުވާނެއެވެ. ހަމަ އޭގެ ކަބަޑު މާލެއިން ހާހެއްހާ ރުފިޔާ އަށް ލިބެއެވެ. ދެން ވިޔަފާރަވެރިން ބުނާހެން ބޯޓު ނާލާއި، އެހެނިހެން ޚަރަދުތައް ކުރިޔަސް މާލެއިން ހާހަކަށް ވިއްކާ އެއްޗެއް ތިނަދޫ އިން 5000 އަށް ދިނީމަ ބުނެފަ ނުބުނަންވި އެއްޗެއްވެސް ނޭނގޭނެވެ.

ކޮންމެއަކަށް ބިދޭސީ މީހާ މިހެން ބުނުމުން، އަނެއްކާ ފިހާރައިން ނުކުމެ އެއްކަލަ ސަތަރި ކެންވަސް އަށް ރަނގަޅަށް ބަލައިލީމެވެ. ފިހާރައިގެ ނަމާއި، އަހަރު ނީމޭކޮޅު ކަމާއި، 50 ޕަސެންޓްގެ ޑިސްކައުންޓްގެ ވާހަކަ ފިޔަވައި އިތުރު އެއްވެސް އެއްޗެއް ނެތެވެ. ތަކުރާރުކޮށް އެ ލިޔުން ކޮޅު ކިޔާލީ އޭގައި، “50 ޕަސެންޓާއި ހަމަޔަށް ޑިސްކައުންޓް” އިންތޯ ފެނޭތޯއެވެ. އިތުރު އެއްޗެއް ލިޔެފައި އޮތް ތަން ނުފެނުމުން ފިހާރަތެރެއަށް ވަދެ އަނެއްކާވެސް، އެއްކަލަ ބިދޭސީ މީހާ ކުރެން 50 ޕަސެންޓް ޑިސްކައުންޓް ލިބޭ އެއްޗިއްސަކީ ކޮބައިތޯ އަހާލީމެވެ. އޭނާގެ ޖަވާބުން އަހަންނަށް ހީކުރެވުނީ ނުބައި ސުވާލެއް ކުރެވުނީ ކަމަށެވެ.

ލަދުރަކި ގޮތަކަށް ހެމުން އޭނާ ބުނެލީ މިހެންނެވެ. “50 ޕަސަންޓް ޑިސްކައުންޓް ނުދެނީ ބާއި…” އަޖައިބެއް ނުވާނެހެއްޔެވެ. އޭނަ އެހެން ބުނުމާއިއެކު ބޭރުގައި އިން އިސްތިހާރުގެ ވާހަކަ އޭނަ ކައިރީގައި ބުނެފީމެވެ. އޭގައި ލިޔެފައި އޮތީ މިހެންނޭވެސް ބުނެފީމެވެ. އެއާއިކު، ފިހާރަތެރެއަށް ނަޒަރު ހިންގަމުނެ އޭނަ ބުނީ “ހުންނަނީ.. ކުޑަ އެއްޗާ ހުންނަނީ…” މިހެންނެވެ. ރަނގަޅެވެ. 50 ޕަސެންޓު ޑިސްކައުންޓްދޭ އެއްޗެއް އެބަހުއްޓެވެ. އެކަމަކު ދެރަކަމަކީ، އެ އެއްޗަކީ ކޯއްޗެއްކަން ޚުދު އޭނާ އަކަށްވެސް ނޭނގޭތީއެވެ.

ފިހާރާ ބޭރުގައި ބޮޑު ސިންގާ އިސްތިހާރު އަޅުވާލާފައި، ނަމެއްގައި ޑިސްކައުންޓް ދެނީއެވެ. ބޭކާރުވި ވަގުތަށް އައީ ރުޅިއެއް ކަމެއް ނުވަތަ ބޭނުންވި ގޮތަށް ކަން ނުވުމުން ވީ ދެރައެއް ކަމެއް ނޭނގުނެވެ. ނަމަވެސް ޔަގީންވާ ކަމަކީ، ދެވަނަ ފަހަރަށް އެ ފިހާރަޔަށް ވަންނަން ބޭނުން ނުވާ ވަރަށް ފޫހިވެއްޖެ ކަމެވެ. ނަމަވެސް، ކަރުކަނޑާލާފައި ނުކުތުމުގެ ކުރިން ފިހާރަތެރޭގައި ހުރި ބައެއް މުދާ ތަކަށް ބަލާލައި އަގުތައް ބަލައިލީމެވެ. އަގު ވަރަށް ވެސް ފަލައެވެ. ތަކެތީ އަގު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުންނަވަރު ބަލާ ހޯދާ، އިނގޭ މީހެއްގެ ހައިސިއްޔަތުން އެފިހާރާއިގެ މުދަލުގެ އަގު އިންތިހާ އަށްބޮޑެވެ. ހަމަ އެކަނި ތިނަދޫގެ އެތެރެއިންވެސް ބޮޑެވެ. ބޮޑުވީ ވިހި ފަންސާހަކަށް ރުފިޔާއެއް ނޫނެވެ. ހަމަ އެއްބްރޭންޑެއްގެ އެކައްޗެއް ތިނަދޫގައި ހުރި ދެފިހާރައެއްގައި ދެ އަގުގައި އެބަ ވިއްކައެވެ. އެއްފިހާރައިން 720 އަށް ދޭ އިރު، އަނެއް ފިހާރަ އިން 190 އަށް އެބަ ދެއެވެ.

އަގުބޮޑުކޮށް ތަކެތި ވިއްކާ ވިޔަފާރަވެރިންގެ މައިގަނޑު ބަހަނާއަކަށް ވެފައި އޮންނަނީ ބޯޓު ނާލެވެ. މާލެއިން ތިނަދޫ އަށް ގެންނަން ނަގާ އަގުގެ ވާހަކައެވެ. އެހެން ނަމަވެސް، ހަމަ އެއް ގައުމަކުން، އެއް ފެކްޓްރީއަކުން ގެނެސްގެން މާލޭ އާއި ތިނަދޫގައި ވިއްކާ މުދަލުގެ އަގުގެ ފަރަގު ވަރަށް ވެސް ބޮޑެވެ. ތިނަދޫ އަށް ގެންނަ މުދަލަށް ބޯޓު ނާލު އިތުރުވާ އިރު، ވިޔަފާރި ކުރަނީ އަމިއްލަ ބިމެއްގައެވެ. ނޫނީ ކުލީ ބިމެއްގައި ނުވަތަ އިމާރާތެއްގައި ކުރި ނަމަވެސް، މާލޭގެ ވިޔަފާރަވެރިން ދައްކަން ޖެހޭ ކުއްޔަށް ވުރެ އެތައް ގުނައެއް ކުޑައެވެ. މުވައްޒަފުންގެ މުސާރަ މަލޭގައި ބޮޑު އިރު، ތިނަދޫ ފިހާރަތަކުގެ ކޭޝިޔަރުންނަށް ތިބޭ ކުދިންނަށް 4000 ވުރެ ބޮޑު އަދަދެއްވެސް ދެނީ ވަރަށް މަދު ތަނަކުންނެވެ.

ފާހަގަ ކޮށްލަންޖެހޭ ކަމަކީ، ތިނަދޫގައި 70 އަށް ވުރެ ގިނަ ވިޔަފާރި ކުރާތަންތަން އިކޮނޮމިކް މިނިސްޓްރީގައި ރެޖިސްޓްރީ ކޮށްފައި ހުރި އިރު، އެއް ފިހާރައާއި އަނެއް ފިހާރާއިގެ އަގުގެ ފަރަގު ބޮޑު ވި ނަމަވެސް، ގިނަ ފިހާރަތަކުން ރަނގަޅު އަގުތަކެއްގައި މުދާ ވިއްކާ ކަމެވެ. މަދުން ނަމަވެސް، ބައެއް ފިހާރަތަކުން ސޭލްސްގެ ނަމުގައި އޮޅުވާލައިގެން ވިޔަފާރި ކުރުމާއި، ފޭކް ޕްރޮޑަކްޓްސް އަކީ އޮރިޖިނަލް ކަމަށް ބުނެ ނުއަގުގައި ވިއްކުންފަދަ ކަންތައް ކުރުމަކީ، ވަރަށް ވެސް ހިތާމަ ހުރި ކަމެކެވެ. ވިޔަފާރީގައި މުދާ ގަންނަ މީހާ އަށް ނޭނގުނަސް، އެކަން އިނގޭނެ ފަރާތެއްވާކަން ގަބޫލު ކުރަންޖެހެއެވެ. އަދި އެ ފަރާތަކީ، ވިޔަފާރީ އާއި މުދަލުގައި ވެސް ބަރަކާތް ލައްވާ ފަރާތެވެ.

  1. ވަރަށް ވެސް ރަގަޅު ވާހަކައެއް. ތިވާހަކަ މިގޮތަށް ލިޔުމުން ތިކަން ކަން ރަގަޅު ވާނެ ކަމަށް އުއްމީދު ކުރަން

  2. އައިޝާ

    ލިޔުމާއި ކިޔާހައި ކިޔަންނެއި އިތިރި އެއްތެކެ ނެތި. ވަރަން ފުރިހަމަ.

  3. ފަރަހަ

    ލިޔުން ޖުމްލަ ގޮތެއްގައި ކަމުދިޔަ. އެހެން ނަމަވެސް ކުށްބަސް މަދުން ނަމަވެސް ލިޔުމުން ފެނިގެން ދިޔައިމަ ކުޱަކޮށް އުދަގޫ ވި. މިސާލު: “އެއްޗިސް”، “އިނގޭނެ” މިފަދަ ބަސްތައް ހުރުމުން ދެރަވި. މިފަދަ ކުށްބަސް ތައް ތަކުރާރު ވިޔަ ނުދިނުމަށް ބަހުގެ ހަމަތަކާއި ޤަވާއިދު ތަކަށް ކުރިއަށް އޮތްތަނުގައި ސަމާލުކަން ދިނުން ވަރަށް މުހިންމު. ޝުކުރިއްޔާ!😊