ރިޕޯޓް
ލޯންޗެއް ކުއްޔަށް ހިފީތަ؟ ނޫނީ ސީޓެއް ގަތީތަ؟

އާއިލީ މެމްބަރަކު މާލެއިން އަންނާތީ, ބަލައި ކާޑެއްދޫ އެއާޕޯޓަށް ދިޔުމަށް ދިޔުމަށް ލޯންޗެއް ކުއްޔަށް ހިފުމަށް ލޯންޗް ދުއްވާ ފަރާތަކަށް ގުޅީމެވެ. ކާޑެއްދޫ އަދި ތިނަދޫ ދެމެދުގައި ފެރީއެއް ދަތުރު ނުކުރާތީ އެންމެ މީހަކު ފުރަން ޖެހުނަސް ޖެހެނީ ލޯންޗެއް ކުއްޔަށް ހިފައިގެން ދަތުރު ކުރާށެވެ.

ލޯންޗް ދުއްވާ ފަރާތަކަށް ގުޅައި، ކާޑެއްދޫ ދަތުރެއް ކޮށްދޭ އަގެއް ސާފުކުރީމެވެ. އެކޮޅުން އަންނަ މީހަކު ހޯދަން ދާންވެގެން ކަމަށް ބުނުމުން، ތިނަދޫން މީހަކު ދޭތޯ ސުވާލު ކުރިއެވެ. ޖަވާބުގައި އަހަރެން ދާނަމޭ ބުނީމެވެ. މީހަކު އެކޮޅަށް ދާނަމަ އެވާނީ އިތުރު ދަތުރަކަށް ކަމުގައި ލޯންޗު ވެރިފަރާތް ބުންޏެވެ. ތިނަދޫއިން ކާޑެއްދޫއަށް އެއްކޮޅަށް ދަތުރެއް އުޅެނީ -/350 ރ އަށް، އެކަމަމު ގާތް ރައްޓެއްސެއް ވީމަ -/600 ރ އަށް ދެކޮޅަށް އަގު ހަދާދީފާނެކަމަށް ލޯންޗް ވެރިފަރާތް ބުންޏެވެ.

ކޮންމެ އަގެއް ކިޔަސް، އެކޮޅުން އަންނަނީ، ކުޑަކުއްޖެއް ގޮވައިގެން އަންނަ އަންހެނެއް ކަމުން ނުގޮސް ވާކަށް ނެތެވެ. ކޮންމެއަކަސް އިތުރު ގޮތެއް ނުފެންނާތީ، ލޯންޗްގެ ވެރިފަރާތް ބުނި އަގަށް އެއްބަސްވެ ދަތުރު ކުރުމަށް ނިންމީމެވެ. މޫސުން ކުޑަކޮށް ގޯސްކޮށް އުޅޭތީ، ކުޑަކޮށް އަވަހަށް ފުރަން ލޯންޗް ވެރިފަރާތް އެދުނެވެ. އަދި އެފަރާތް ބުނިގޮތަށް ފްލައިޓް ޖެއްސުމުގެ 1 ގަޑި އިރު ކުރިން ތިނަދޫއިން ކާޑެއްދޫއަށް ދިޔުމަށް އެއްބަސްވީމެވެ.

އެކަނި ގޮސް އެއާޕޯޓުގައި 1 ގަޑިއިރު ހުންނަން ޖެހުމުން ވާނޭ ފޫހި ހިތަށް އަރާފައި، ރައްޓެއްސަކަށް ގުޅައި، ވަރަށް މަސައްކަތުން އެއާޕޯޓަށް ގޮސް އެކުގައި ކޮފީއެއް ބޯލާނެ ރައްޓެއްސަކު ހަމަޖެއްސީމެވެ. ތިނަދޫއިން ފުރަން ބުނި ގަޑިޔަށް ތައްޔާރުވެގެން، ފާލަމަށް ދިޔައީމެވެ. ފޯނުން ގުޅައި ދަތުރު ހަމަޖެއްސި ލޯންޗް ފާލަމަށް ކައިރި ކޮށްފައި އޮތެވެ. ރަޙްމަތްތެރިޔާ އަދިފެންނަން ނެތުމުން އަވަހަށް ފޯނު ނަގައި ގުޅީމެވެ. އެކުވެރިޔާ ކައިރިކޮށްލަނީ ކަމުގައި ބުންޏެވެ. އިރުކޮޅަކުން ދެކާރެއް އައިސް ފާލަމަށް ކައިރި ކުރިއެވެ. ރަހްމަތްތެރިޔާ އަދިވެސް ނާންނާތީ، އޭނަ ފެނޭތޯ ދެކޮޅު ބަލާލަ ބަލާލާ އަހަރެން ހުރީމެވެ. ދެކާރުގައި މަޑުކުރިމީހުން ލަގެޖާއި މީހުން ލޯންޗަށް އަރާތަން ފެނުނެވެ. އަހަރެންނަށް ހުރެވުނީ ޝައްކެއްގެ މަތީގައެވެ. މީ އަނެއްކާ އަހަރެން ކުއްޔަށް ހިފި ލޯންޗް ބާވައޭ ހިތައް އެރިއެވެ. ޔަޤީނުންވެސް ލޯންޗްގެ ނަމަކަށް އޮތީ އަހަރެން ހަމަޖެއްސި ލޯންޗްގެ ނަމެވެ.

ރަހްމަތްތެރިޔާވެސް މަޑުކޮށްލިތަނާ، ލޯންޗްގެ ކައްޕި އަހަންނަށް ގޮވިއެވެ. ކޮބާ ނުދަންހޭ އެހިއެވެ. ހިތް ހަމަ ނުޖެހިފައި ހުރި ނަމަވެސް ނޫން މިއަންނަނީ އަހަރެން ބުނެލީމެވެ. ދެ އެކުވެރިން އައިސް އަރަން ދިމާކޮށްލުމުން، އެނިގިފައި އޮތްގޮތުން ތިނަދޫން އެކޮޅަށް ދަނީ އެންމެ މީހަކު ކަމުގައި ކައްޕި ބުންޏެވެ. ލޯންޗް އޮތީ އެއްކޮށްހެން ފުރިފައެވެ. ބުނާނޭ އެއްޗެއް އަހަންނަށް ނޭނގިގެން ރަޙްމަތްތެރިޔާ ކައިރީގައި މަނޑުކޮށްލަން ބުނީމެވެ. އަހަރެން ލޯންޗަށް އެރީމެވެ. ކައްޕި ވަރަށް ލާނެތް ގޮތަކަށް ޖާގައެއް ހޯދާލައިގެން އިށީންނަށް ބުންޏެވެ. ނަމަވެސް އަންހެންންނާއި ކުޑަކުދިން ލޯންޗުގައި ގިނައިން ތިބުމުން، އެމީހުންގެ ތެރޭގައި އިށިންނަށް އަހަންނަށް ނުކެރުނެވެ. މާބޮޑު ކަމަކަށް ނުހަދައި ކައްޕި ކައިރީގައި އަހަރެން ކޮޅަށް މަނޑުކޮށްލީމެވެ.

ދަތުރަކީ 10 ވަރަކަށް މިނެޓްގެ ކުރު ދަތުރެއްކަމުން، މާގިނަ އިރެއް ނުވިއެވެ. ލޯންޗް ކާޑެއްދޫ ފާލަމާއި ކައިރި ވުމުން ފެންޑަރު ތިރިކޮށްލައި ވާއައްސާލަން ކައްޕި ބުންޏެވެ. އަހަރެން އެންމެ ފަހުން ފަޅުވެރިޔަކަށްވެސް ހެދީއޭ ހިތަށް އެރިއެވެ. ވާނީވެސް އެހެންތާއެވެ. މިއޮތް ގަދައިރު ލޯންޗްގައި ދަތުރު ކުރަނީވެސް ފަޅުވެރިއަކާއި ނުލައި އެކަންޏެވެ. އަހަރެން ވެސް ނޫން ގޮތަކަށް ކައްޕިއަށް ބަހަކުން ޖެހީމެވެ. މިއޮތް ގަދަ އިރުވެސް އެކަނިތަ ތި ދަތުރު ކުރަނީ؟ ސުވާލެއް ކޮށްލީމެވެ. ޖަވާބުގައި ކުއްޖަކު ހަމަޖައްސާފައި ހުރި ކަމަށާއި އަދި ފަހު ވަގުތު ނާދެވޭނެ ކަމަށް ބުނީކަމުގައި ކައްޕި ބުންޏެވެ. ފެންޑަރު ތިރިކޮށް ވާވެސް އައްސާފައި، ފުރަން އައި މީހުންގެ ތެރޭގައިވެސް ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމުން، އެމީހުންގެ ލަގެޖާއި ސާމާނު ލޯންޗުން ބޭލުމުގައި އެހީތެރި ވީމެވެ.

ލޯންޗް އަޅާފައި އެއްގަމަށް ޖެޓީމައްޗަށް ފޭބުމާއެކު، “މާ އަވަހަށް ދޯ މިއާދެވުނީ؟ ހިގާ ދެން ކޮފީއެއް ދެން.” ލާނެތް ގޮތަކަށް ކައްޕި ބުންޏެވެ. އަދި މިހުރިހާ މަސެއްކަތެއް ކުރީމަ ކޮފީވެސް ދޭން މިޖެހުނީ އަހަންނަށް. އަހަރެންގެ ހިތަށް އެރިއެވެ. ނަމަވެސް އެއްޗެކޭ ނުބުނެ ކައްޕި އެކުގައި އެއްގަމަށް ހިގައި ގަތީމެވެ.

އަހަރަމެން އައި ލޯންޗުން، ފުރަން އައި 3 އާއިލާއެއް އަހަރެން ނުލާ އައެވެ. ކޮންމެ އާއިލާއެއްއް އަތުން -/350 ރުފިޔާ ކައްޕި ނެގިއެވެ. -/350 ރުފިޔާ އަށް އެއްކޮޅަށް ކުރެވޭ ދަތުރަކުން، އަހަރެން ނުލާ 3 އާއިލާ އަތުން، -/1050 ރުފިޔާ ލޯންޗުން އެބަނަގައެވެ.

ކޮފީ ބޮއި ރަނގަޅަށް ހަމަޖެހިލީތަނާ، ފްލައިޓް ޖައްސައިފިއެވެ. އަވަހަށް ހޯދަން އައި ފަރާތް ގޮވައިގެން ޓްރޮލީއަށް ސާމާނު ލައިގެން ފުރުމަށް ޖެޓީއަށް ދިޔައީމެވެ. އަހަރެން ހީކުރީ ތިނަދޫއިން އައި އިރު ޖާގައެއް ނެތިގެން ކޮޅަށް ހުންނަންޖެހުނަސް މިފަހަރު، ހަމަޖެހިލައިގެން އިށީދެގެން އިނދެ ދަތުރު ކުރެވޭނެ ކަމަށެވެ. ނަމަވެސް ކަންދިމާވީ ހީކުރިގޮތާއި މުޅިން ތަފާތުކޮށެވެ. މިފަހަރު ދަތުރުގައި އަހަރެން ހިމެނޭހެން ދެމީހުން ލޯންޗުގައި ކޮޅަށް ތިބެން ޖެހުނެވެ.

ލޯންޗް ގޮސް ތިނަދޫ ފާލަމަށް ލެފުމުން، ދަތުރު ކުރި އެންމެންގެ ލަގެޖްވެސް ބާލަން ކައްޕިއަށް އަހަރެން އެހީތެރިވެމެވެ. އެ ދަތުރުގައި 4 އާއިލާ އައެވެ. ކޮންމެ އާއިލާއެއް އަތުން -/350 ކައްޕި ނެގިއެވެ. ކުރާނީ ކީއްހެއްޔެވެ. ބުނި ކޮންމެ އަގެއް ދީފައިވެސް ދަތުރު ނުކޮށް ވާކަށް ނެތެވެ. ފެރީގަޑެއްވެސް އޮންނަނީއެއް ނޫނެވެ. އެހެން ކަސްޓަމަރުންނެކޭ އެއްފަދައިން އަހަރެންވެސް ކިހާވަރެއްހޭ ކައްޕި ކައިރިން އެހީމެވެ. އަހަންނަށް ބޮޑުމީހާ ބުނެގެން ޑިސްކައުންޓް ރޭޓެއް ދީފައިވާ ކަމުގައި ކައްޕި ބުންޏެވެ. ދެކޮޅަށް -/600 ރުފިޔާ ކަމުގައި ކައްޕި ބުންޏެވެ.

އެއްޗެއް ނުބުނެ ލޯންޗް ކުލި ދިނުމަށްފަހު ގެއަށް ދާން، ގެނައި އާއިލީ މެމްބަރު ގޮވައިގެން އަވަސް ވެގަތީމެވެ. ލޯންޗް ފަޅިވެރިއަކަށް ވެގެން ދަތުރު ކުރީމަ، -/100 ރުފިޔާގެ ޑިސްކައުންޓް އަހަންނަން، މުޅިޔަކުން ގޯހެއް ނޫނެވެ.

ނަމަވެސް އަހަންނަށް އެއްކަމެއް ސާފު ނުވެއެވެ. އަހަރެން ކުއްޔަށް ނެގީ ލޯންޗް ތޯ ނޫނީ، ގަނެވުނީ ސީޓެއްތޯ މުޅިޔަކުން ޔަޤީން ނުވެވުނެވެ. ޔަޤީނުންވެސް ލޯންޗް ކުއްޔަށް ހިފިނަމަ، ލޯންޗްގައި ދަތުރު ކުރާނީ، އަހަރެން ގެންދާ ފަރާތެކެވެ. އަހަރެން ނުވެސް ދަންނަ އިތުރު މީހަކު އަހަރެން ކުއްޔަށް ހިފާފައިވާ ލޯންޗަކުން ދަތުރު ނުކުރެވޭނެއެވެ.

ދެން އުފެދޭ ސުވާލަކީ، ސީޓެއް -/350 ރުފިޔާ އަށް ފެރީ އުސޫލުން ދަތުރުކުރީ ބާވައެވެ. ނަމަވެސް ހިތާމަޔަކީ މިހެންވެސް ނިންމާލެވެން ނެތްކަމެވެ. އާއިލާއަކުން ދެމަފިރިންނާއި ކުޑަކުއްޖަކު ދަތުރު ކުރުމުންވެސް މިދައްކަނީ -/350 ރުފިޔާއެވެ. ފަޅުވެރިޔަކަށްވެގެން ކޮޅަށް ހުރެގެން ދަތުރުކުރުމުންވެސް އަހަންނަށް އެއްކޮޅަށް -/300 ރުފިޔާ ޑިސްކައުންޓާއި އެކު ދައްކަން ޖެހުނެވެ. ކޮފީ ބިލު ހިމެނުނު ނަމަވެސް، ކޮފީ ބިލު ނުލައިވެސް ދެ ދަތުރަށް -/600 ރުފިޔާ ދެކޮޅަށް އަހަރެން ދައްކަން ޖެހުނެވެ.

ކަން މިދެންނެވި ބީދައިން އޮތް ނަމަވެސް، މިއީ ހަމަމަގަށް އަޅުވަންޖެހޭ ކަމެކެވެ. ކުއްޔަށް ދޫކުރާ ނަމަ، ކުއްޔަށް ހިފާ ފަރާތް ނޫން އެހެން ފަރާތެއް އެލޯންޗުގައި ދަތުރުވެވިގެން ނުވާނެއެވެ. ކޮންމެ ކަސްޓަމަރަކީ، މިފަދަ ކަންކަމުގައި ލޯންޗްގެ ވެރިފަރާތަށް އައުގުރާނަ ގޮވައި ޒުވާބު ކުރާނެ ފަރާތެއް ނޫނެވެ. ނަމަވެސް ކަސްޓަމަރު އެއްޗެކޭ ނުބުނުމަކީ އެކަމާއި ރުހުން ކަމުގައިވެސް ނުބެލެވޭނެއެވެ.

ލޯންޗު ފުލްކޮށްގެން ދަތުރު ކުރަން ބޭނުންނަމަ، ޓިކެޓް ވިއްކައިގެން، ފެރީ އުސޫލުން ދަތުރުކުރުން ބުއްދިވެރިކަމުގައި ދެކެމެވެ. އެއިރުން އެކަން ކަސްޓަމަރަށްވެސް ސާފުވެފައި، އެއްވެސް ހިތްހަމަ ނުޖެހުމެއް ނޯންނާނެ ކަމުގައި ފެނެއެވެ.

ނޯޓް: މިއީ ގާތް ރައްޓެއްސަކަށް ދިމާވި މިފަދަ ހާދިސާއެއް އަސްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ. މިލިޔުމުގެ މަޤްސަދަކީ، ތަފާތު ގިނަ އަދަދެއްގެ މީހުންނާއި ގުޅިފައިވާ މިފަދަ މައްސަލަތައް ގިނަބައެއްގެ ސަމާލުކަމަށް ގެނެސް، މީހުން ހޭލުންތެރިކޮށް، މުޖުތަމަޢުގައި ހުރި މިފަދަ މައްސަލަތައް މަދުކުރުމެވެ.

  1. ތިއީ ވަރަށް ބޮޑު މައްސަލައެއެދޯ އަސްލު؟ ރަނގަޅު ފެރީ ނިޒާމެއް އިންނަން ޖެހޭއެބަ. އަހަރުން އެއްގަޑިއިރާއި ތިރީސް މިނުޓުގެ ދަތުރުކުރަން އެބަ 300 ރުފިޔާއައް ކިޔާހަ.

  2. ފަރަހަ

    މި ލިޔުން ވަރަށް ރަނގަޅު. ތީ އެތައް ބަޔަކު ކަންބޮޑުވާ އަދި އަވަސް ހައްލެއް ހޯދަން ޖެހިފައި އޮތް ކަމެއް. 👍

  3. ދިވެހިން

    ވަރަށް ފުރިހަމަ އާޓިކަލްއެއް… ސަރުކާރުން އެބަޖެހޭ ރަގަނޅު ފެރީނިޒާމެއް މިސަރަހައްދުގައި ގާއިމްކުރަން ، އަތޮޅުގެ ރަށްތަކަށް ފެރީއޮތުމަކުން މިކަމެއް ހައްލެެއް އޮތްކަމަކަށް ނުފުދޭނެ..

  4. ތީ މިހާރު ތިނަދޫ ހުރިހާ ލާންޗަކުންވެސް ހަދާގޮތް ޓިކެޓައްވުރެ ލާންޗު ދަތުރުގެ އަގުބޮޑު ކީއްކުރާނީ ކައުންސިލެއް ވެސް އެބައޮތް ވިއްޔަ