ޚަބަރު
މަސްދުވަހުގެ މެދުކެނޑުމަަކަށް ފަހު ތިނަދޫގައި ހުކުރުނަމާދު ޖަމާއަތުގައި ކޮށްފި

ހުކުރު ނަމާދު ޖަމާޢަތުގައި ކުރުން މަސްދުވަހުގެ މެދުކެޑުމަކަށްފަހު ތިނަދޫގައި ހުކުރު ނަމާދު މިއަދު ކުރަންފަށައިފިއެވެ.

ތިނަދޫގެ ކޮވިޑް ހާލަތު ގޯސްވެ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެރަށުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލަން ނިންމީ ޖޫން މަހުގެ 6 ވަނަ ދުވަހު އެވެ. އަދި ޖޫން މަހުގެ 11 ވަނަ ދުވަހުން ފެށިގެން އެރަށުގައި ހުކުރު ނަމާދު ކުރުންވެސް ވަނީ މެދުކަނޑާލެވިފައެވެ. އޭގެ ފަހުން އައި 5 ހުކުރު ދުވަހުވެސް ތިނަދޫގައި ހުކުރު ނަމާދު ނުކުރެއެވެ.

މިއަދު ހުކުރު ނަމާދު ކޮށްފައިވަނީ ރަށުގެ 5 މިސްކިތެއްގައެވެ. މަސްޖިދުލް އިޙްލާސް، މަސްޖިދުލް ޝެއިޙް ސިދުޤީ (އިސްލާމީ މަރުކަޒު)، މަސޖިދުލް މަރްޔަމް، މަސްޖިދުލް ރިޟްވާން، އަދި މަސްޖިދުލް ސަލާމް ގައެވެ. މިއަދު ހުކުރު ނަމާދުކޮށްފައިވަނީ އެޗްޕީއޭ ގެ ގައިޑްލައިނާއި އެއްގޮތަށް ގައިދުރުކަން ބަހައްޓައިގެން ސަފުތައް ހަދިގެންނެވެ.

ކޮވިޑް ބަލި ރަށުގައި ވަރަށް ހަލުވިކަމާއެކު ފެތުރުމަށްފަހު ކޮންމެވެސް ވަރަކަށް ކޮންޓުރޯލް ވެފައިވާތީވެ ކައުންސިލުން ވަނީ ލުއިތަކެއް ދޭންފަށާފައެވެ. ނާމަދަށް މިސްކިތްތަކަށް ދާއިރު ގެއިން ވުޟޫ ކޮށްގެން، އަދި އަމިއްލަ މުސައްލައެއް ހިފައިގެން ދިޔުމަށް ތިނަދޫ ކައުންސިލުން އިލްތިމާސްކުރެއެވެ.

 

Comment