ޚަބަރު
މާލެ ރައްޔިތުން ނިކަމެތިކުރުން ހުއްޓާލުމަށް ސަރުކާރަށް ގޮވާލަން – މުއިއްޒު

މާލެ ރައްޔިތުން ނިކަމެތިކުރުން ހުއްޓާލުމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރ ޑރ މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

މުއިއްޒު މިހެން ވިދާޅުވެފައިވަނީ، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ހުޅުމާލެ ދެވަނަ ފިޔަވަހިން ދިރިއުޅުމަށް ބީލަމުގެ އުސޫލުން ގޯތި ދޫކުރުމަށް ކުރި އިއުލާނަކާ ގުޅިގެންނެވެ.

އެގޮތުން މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މާލެ ސިޓީ ކައުންސިލގް އިހްތިސާސްގެ ތެރޭގައި ހިމެނޭ ހުޅުމާލެ 2 ވަނަ ފިޔަވަހިން، މާލޭ ރައްޔިތުންނަށް ގޯތި ލިބޭނެގޮތް ފަހިކޮށްދިނުމަށްވުރެ ސަރުކާރުން އިސްކަންދެނީ ކުންފުންޏެއްގެ އާމްދަނީ އިތުރު ކުރުމަށް ކަމަށެވެ. އަދި މާލެ ރައްޔިތުން ނިކަމެތި ކުރުން ހުއްޓާލުމަށް ސަރުކާރަށް ގޮވާލާ ކަމަށްވެސް މުއިއްޒު ކުރެއްވި ޓުވީޓުގައި ވަނީ ވިދާޅުވެފައެވެ.

އެޗްޑީސީއިން އިއްޔެ ކުރެއްވި އިއުލާނެއްގައި ބުނެފައިވަނީ، ހުޅުމާލެ ދެވަނަ ފިޔަވަހިން ބީލަމުގެ އުސޫލުން ދިރިއުޅުމަށް ގޯތި ވިއްކުމަށް 1،603.07 އަކަފޫޓާއި 2،633.93 އަކަފޫޓާއި ދެމެދުގެ 60 ބިން ބީލަމުގެ އުސޫލުން ގަތުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!