ޚަބަރު
އާމްދަނީ މަދު މީހުންނަށް ބިން ލިބޭނެ ގޮތެއް ނެތި، ހުޅުމާލެއިން ބިން ވިއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން – ނަޝީދު

މާލެ ސަރަހައްދުގައި ދިރިއުޅޭ އާމްދަނީ މަދު މީހުންނަށް ބިން ލިބޭނެ ގޮތެއް ނެތި، ހުޅުމާލެއިން ބިން ވިއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ރާއްޖޭގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލެއިން ބީލަމުގެ އުސޫލުން ބިން ވިއްކުމަށް ކުރި އިއުލާނަކާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން އިއްޔެ ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ބިން ލިބޭނެ ގޮތެއް ނެތި ހުޅުމާލެއިން ބިން ވިއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެސިޔާސަތު ބަދަލުކުރުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.

އެޗްޑީސީއިން އިއްޔެ ކުރެއްވި އިއުލާނެއްގައި ބުނެފައިވަނީ، ހުޅުމާލެ ދެވަނަ ފިޔަވަހިން ބީލަމުގެ އުސޫލުން ދިރިއުޅުމަށް ގޯތި ވިއްކުމަށް 1،603.07 އަކަފޫޓާއި 2،633.93 އަކަފޫޓާއި ދެމެދުގެ 60 ބިން ބީލަމުގެ އުސޫލުން ގަތުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!