ކ.ގުރައިދޫއިން ގިނަ އަދަދެއްގެ ބިޔަރު ދަޅުތަކެއް ހޯދުމަށްފަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
ފުލުހުން ވިދާޅުވީ ގުރައިދޫ ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހު 28 ވަނަ ދުވަހުގެ ރޭ ހިންގި އެ އޮޕަރޭޝަނެއްގައި އެ ރަށުގެ ހުސްބިމެއް ބަލައި ފާސްކޮށް ގޯނިތަކެއްގައި ފޮރުވާފައިހުރި 177 ބިޔަރު ދަޅު ހޯދާފައިވާ ކަމަށެވެ.
މިމައްސަލަޔާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން މިމައްސަލަ އިތުރަށް ތަހުޤީގު ކުރަމުންގެންދާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
މަސްތުވާތަކެއްޗާއި ބަނގުރާއާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، ފުލުހުން ހިންގާ އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ މަސްތުވާ ތަކެތި އަދި ބަނގުރާ ވަނީ ހޯދާފައެވެ.