ޚަބަރު
ފަޅުގޯތި ސާފް ނުކުރާނަމަ ފިޔަވަޅު އަޅާނަން: ކައުންސިލް

ގދ. ގައްދޫގައި ތިބި ފަޅުގޯތިތައް ސާފުނުކުރާނަމަ އެގޯތީގެ ވެރިންނާމެދު ޤަވައިދުން ފިޔަވަޅު އަޅަން ޖެހިދާނެކަމަށް ގައްދޫ ކައުންސިލުން އަންގައިފިއެވެ.

ރަށުގައި ތިބި ފަޅު ގޯތިތައް ސާފްނުކޮށް ދޫކޮށްލާފައި ތިބޭކަމުގެ ޝަކުވާތައް ކައުންސިލަށް ލިބެމުންދާ ކަމަށާއި އެގޮތަށް އަމަލުކުރާނަމަ ގޯތިތަކުގެ ވެރިންނާއި މެދު ޤަވައިދުން ފިޔަވަޅު އަޅަންޖެހިދާނެކަމަށް ގައްދޫ ކައުންސިލުން ވަނީ އަންގާ އިއުލާންކޮށްފައެވެ.

ކައުންސިލުން ބުނާގޮތުގައި އެރަށަކީ އާބާދީގެ ނިސްބަތުން ބަލާލާއިރު ފަޅުގޯތިތައް ގިނަ ރަށެކެވެ. އެހެންކަމުން އެގޯތިތައް ސާފުނުކުރުމުގެ ޝަކުވާތައް ރައްޔިތުންގެ އިތުރުން ސަރުކާރުގެ ބައެއް އިދާރާތަކުންދަނީ ކައުންސިލަށް ހުށަހަޅަމުންނެވެ.

އެހެންކަމުން މިއަދުން ފެށިގެން ކުރިޔަށް އޮތް 30 ދުވަހުގެ ތެރޭގައި އެފަދަ ގޯތިތަކާއި ގޮއްޗާއި ގުޅިފައިވާ މަގު ސާފްކުރުމަށް ކައުންސިލުންވަނީ އަންގާފައެވެ. އެގޮތަށް އަމަލުނުކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެއެވެ.

މީގެއިތުރުން ގައްދޫގެ ވެށި ސާފުކޮށް ބޭއްވުމަށްޓަކައި ކައުންސިލުން ވަރަށް ގިނަ މަސައްކަތްތައް ކުރަމުން ގެންދާކަމަށް އެއިއުލާނުގައި ބުނެފައިވެއެވެ. އެގޮތުން ކައުންސިލުން އިސްނަގައިގެން ރަށުގެ ހޭޅިފަށާއި ގޮނޑުދޮށް އަދި ހުސްބިންތަކާއި މަގުތައް ސާފްކުރުމަށް ހާއްސަ މަޝްރޫއެއް ވަރަށް އަވަހަށް ފަށާނެ ކަމަށް ކައުންސިލުން ވަނީ ހާމަކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!