ޚަބަރު
ގިނަ ޙަރަކާތްތަކެއް ކެންސަލް ކުރުމަށް ފަހު ހޯނޑެއްދޫ ގައި ޢީދު ފާހަގަ ކުރަނީ

އަންނަ އަޟުޙާ ޢީދު ބޭއްވުމަށް ތައްޔާރުވި ގިނަ ޙަރަކާތްތަކެއް ކެންސަލް ކުރުމަށް ފަހު ހޯނޑެއްދޫ ގައި ޢީދު ފާހަގަ ކުރަން ތައްޔާރު ވަމުންދާކަމަށް ހޯނޑެއްދޫ އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސާ ދީނިޔާ ވަޙީދު ވިދާޅުވެއްޖެއެވެ.

ނިމިދިޔަ އަދި މިދައުރުގެވެސް ރައީސާ ދީނިޔާ ވިދާޅުވީ ކުޅިވަރުތައް އުނި ކުރީ އެޗްޕީއޭ އިން އެންގި އެންގުމަކާއި ގުޅިގެން ކަމަށާއި މިހާރު ވާނީ 4 ޙަރަކާތައް މަދު ކޮއްފައި ކަމަށެވެ. އެގޮތުން މިހާރު ކުރިއަށްދާނީ މަސް ރޭސް, ފުޓްބޯޅަ އަދި ބާބަކިއު ކަމަށްވެސް ދީނިޔާ ވިދާޅުވިއެވެ.

ރައީސާ ވިދާޅުވީ ފުޓްބޯޅަ މެޗް ކުރިޔަށް ދާނީ އަންހެން އަދި ފިރިހެން މެޗް ވަކިން ނަމަވެސް މަސް ރޭހުގައި 2 ޖިންސު އެއްކޮށް ޓީމު ހެދޭ ގޮތަށް ކަމަށެވެ.
ޖުލައި 20 ވަނަ ދުވަހު ގދ ހޯނޑެއްދޫގައި ފަށާ ޢީދު ކުޅިވަރުތައް ކުރިޔަށް ގެންދަނީ އެރަށުގެ ޑަބްލިއުޑީސީ އާއި ކައުންސިލް ގުޅިގެންނެވެ.

Comment